ދުނިޔޭގެ އެންމެ އުސް ފަރުބަދައާ ހަމައަށް ކޮވިޑް ފޯރައިފި

މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕް. މި ތަނުން ކޮވިޑް ކޭސްތައް ދަނީ ފެންނަމުން.-- ފޮޓޯ: ލޫކަސް ފާޓަންބެކް

މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕް. މި ތަނުން ކޮވިޑް ކޭސްތައް ދަނީ ފެންނަމުން.-- ފޮޓޯ: ލޫކަސް ފާޓަންބެކް

ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓަށް އެރުމުގެ ކުރިން ނޭޕާލުގައި މަޑު ކުރަން ޖެހޭ ބޭސް ކޭމްޕުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރުމުގެ ބިރު އުފެދިއްޖެ އެވެ.

ބޭސް ކޭމްޕުގެ އޮފިޝަލުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް 17 މީހަކު ޕޮޒިޓިވްވުމުން ވެރިރަށް ކަތްމަންޑޫގެ ހޮސްޕިޓަލްތަކަށް ފަރުވާ ދިނުމަށް ފޮނުވާފައި ވެ އެވެ.

ނަމަވެސް އެވަރެސްޓަށް އަރާ މީހުންގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ނޭޕާލް ސަރުކާރުން ބުނެ އެވެ.

މައުންޓް އެވަރެސްޓަށް އަރަން އެ ގައުމަށް ޒިޔާރަތް ކުރާ މީހުންގެ ފަރާތުން ލިބޭ އާމްދަނީއަކީ ނޭޕާލުގެ އިގްތިސާދަށް މުހިއްމު އެއްޗެކެވެ. މިދިޔަ އަހަރު ބަލިމަޑުކަން ފެތުރެން ފެށުމުން ފަރުބަދައަށް އެރުން މަނާ ކުރުމުން ވެސް ބޮޑެތި ގެއްލުންތައް ވި އެވެ.

އެހެންކަމުން ފަރުބަދައަށް އަރަން ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ނުވާ ކަމަށް ސަރުކާރުން ބުނަނީ، ފަރުބަދައަށް އެރުން މަނާކޮށް އާމްދަނީގެ މަގު ބަންދު ކުރަން ޖެހިދާނެތީ ކަމަށް ބެލެވެ އެވެ.

އެ ގައުމުގެ ޓޫރިޒަމް ޑިޕާޓްމަންޓުގެ ވެބްސައިޓުގައިވާ ގޮތުން އޭޕްރިލް 26 ގެ ނިޔަލަށް 394 މީހަކަށް ވަނީ ފަރުބަދައަށް އެރުމުގެ ހުއްދަ ދޫކޮށްފަ އެވެ. އެމީހުންގެ ސަޕޯޓް ސްޓާފުންނާއެކު ޖުމްލަ 1500 މީހުން ފަރުބަދައަށް އަރާނެ އެވެ.

މި ވަގުތު ނޭޕާލުގެ ކޮވިޑުގެ ހާލަތު ވަނީ ބޮޑަށް ގޯސްވެފަ އެވެ. އެހެންވެ ފަރުބަދައަށް އަރަން ބޭސް ކޭމްޕަށް ދިޔުމުގެ ކުރިން ދެ ހަފްތާ ވަންދެން ކަރަންޓީނު ވާން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox