އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފި

May 2, 2021, 3:05 PM
އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފި

މިލާން (މެއި 2) - އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތް އެޓަލަންޓާ މިރޭ ކުޅުނު މެޗުން ސަސުއޯލޯއާ 1-1 އިން އެއްވަރުވުމާ އެކު ބާކީ ހަތަރު މެޗު އޮއްވައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފި އެވެ.

އިންޓަ އަށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ލީގުގެ ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް ބާކީ ހަތަރު މެޗުން މޮޅުވެގެން ވެސް އިންޓައާ ހަމަނުކުރެވޭނެތީ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 34 މެޗުން 69 ޕޮއިންޓެވެ.

އިންޓަ އިން ރޭ ވަނީ ރެލިގޭޝަނުގައި އޮތް ކްރޮޓޯނޭ ބަލިކޮށްފަ އެވެ. އެޓަަލަންޓާ މިރޭ މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ އެއްވަރުވިއިރު، މެޗުގެ ބޮޑުބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 23 ވަނަ މިނިޓްގައި އެޓަލަންޓާގެ ކީޕަރު ޕެރްލުއީޖީ ގޮލީނީ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެޓަލަންޓާ އިން ވަނީ ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ލީޑުނަގައިފަ އެވެ. 32 ވަނަ މިނިޓްގައި އެޓަލަންޓާގެ ގޯލު ޖެހީ ރޮބިން ގޮސެން އެވެ. ސަސުއޯލޯ އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދިނީ ޑޮމެނީކޯ ބެރާޑީ އެވެ.

އެންމެ ފަހުން ނުވަ ފަހަރު އިޓާލިއަން ލީގުގެ ތަށި އުފުލާލީ ޔުވެންޓަސް އިންނެވެ. މި ފަހަރު އިންޓަ އިން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި މިދިޔަ ދެ އަހަރު އިންޓަ އިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ޔުވެންޓަސް އިން 2012 އިން 2014 އާ ހަމައަށް ޖެހިޖެހިގެން ތިން އަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގެ ކޯޗަކަށް ހުރީ ކޮންޓޭ އެވެ. އޭގެ ފަހުން ކޮންޓޭ ވަނީ ޗެލްސީއާ ހަވާލުވެ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އިންޓައާ ހަވާލުވެ މިދިޔަ ސީޒަނުގައި އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނެވެ.

މިއީ އިންޓަ އިން އެ ކްލަބްގެ ތާރީހުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އިންޓަ އިން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުގެ ކޯޗަކަށް ހުރީ ހޯސޭ މޮރީނިއޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox