އިންޑިއާ އަށް ފަހު ކޮވިޑް ކޮންޓްރޯލުން ނެއްޓުމުގެ ބިރުވެރިކަން ނޭޕާލަށް!

ނޭޕާލުގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަށިތައް ވަޅުލުމަށް ފަހު ސިފައިން އަތް ސެނިޓައިޒް ކުރަނީ.--ފޮޓޯ: އޭޕީ

ނޭޕާލުގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަށިތައް ވަޅުލުމަށް ފަހު ސިފައިން އަތް ސެނިޓައިޒް ކުރަނީ.--ފޮޓޯ: އޭޕީ

އަވައްޓެރި އިންޑިއާއަށް ދިމާވެފައިވާ ފަދަ ކޮވިޑުގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ އިންޒާރު ނޭޕާލުގެ ޑޮކްޓަރުން ދީފި އެވެ.

ނޭޕާލާއި އިންޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި މިހާރު ވެސް ކޭސްތަކަށް ވަނީ ކުއްލި އިތުރުވުމެއް އައިސްފަ އެވެ. އެއާއެކު އެ ހިސާބުތަކުގައި އޮކްސިޖަނުގެ ދަތިކަން ވެސް އެބަ އޮތެވެ.

ބޯޑަރު ސަރަހައްދުގައިވާ ބަންކޭ ޑިސްޓްރިކްޓުގެ ބޭރީ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ އެއީ "ކުޑަ އިންޑިއާ" އަކަށް ވެފައިވާ ކަމަށާއި ވައިރަސް ފެތުރެނީ ކޮންޓްރޯލެއް ނެތި ކަމަށެވެ.

"ހާލަތު މި ވަނީ ކޮންޓްރޯލުން ނެއްޓިފައި. އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ފަރުވާ ދޭނެ މުވައްޒަފުން ވެސް ނެތް،" އެ ހޮސްޕިޓަލުގެ ޗީފް ކޮންޒަލްޓަންޓް ފިޒިޝަން ރާޖަން ޕާންޑޭ ވިދާޅުވި އެވެ.

ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެ ހޮސްޕިޓަލުގެ 80 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެރިރަށް ކަތްމަންޑޫ ވަނީ ދެ ހަފްތާއަށް ލޮކްޑައުންކޮށްފަ އެވެ.

ހެލްތު މިނިސްޓަރު ހްރީދަޔޭޝް ޓްރިޕަތީ ވިދާޅުވީ ކޮވިޑުގެ ދެ ވަނަ ރާޅުގެ ނުރައްކާ ބޮޑުވެފައި މާ ހަލުވިކޮށް ބަލި ފެތުރެމުންދާ ކަމަށެވެ. ނޭޕާލީ ޓައިމްސްއަށް އޭނާ ވިދާޅުވީ ސިއްހީ ނިޒާމަށް މިކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

ކަތްމަންޑޫއަށް ފަހު އެންމެ ބޮޑަށް ބަލީގެ އަސަރުކޮށްފައި ވަނީ ބަންކޭއަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ތަނުން 12 މީހުން މަރުވި އެވެ. މިހާތަނަށް ނޭޕާލުގައި ޖުމްލަ 323،187 މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، މަރުވީ 3279 މީހުންނެވެ. މިހާރު ދުވާލަކު ގާތްގަނޑަކަށް 6000 މީހުން ޕޮޒިޓިވްވެ އެވެ.

ނޭޕާލުގެ ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގައި މިހާރު ފެތުރެމުން ދަނީ އިންޑިއާއިން ފެނުނު އާ ވޭރިއެންޓެވެ. އެހެންކަމުން ދެ ވަނަ ރާޅުގައި ޒުވާނުންނާއި ކުޑަކުދިން ވެސް ދަނީ ބަލިވަމުންނެވެ. ޑޮކްޓަރުން އެހެން ބުނި ނަމަވެސް އެކަން ޔަގީން ކުރެވޭނެ ސައިންޓިފިކް މައުލޫމާތު ހޯދިފައެއް ނުވެ އެވެ.

ނޭޕާލްގެ އާބާދީގެ ތެރެއިން މިހާތަނަށް ވެކްސިން ޖެހީ އެންމެ ހަތް ޕަސެންޓު މީހުންނެވެ. އެ ގައުމަށް ވެކްސިން ލިބުނީ އިންޑިއާއިން 100،000 ޑޯޒް ހަދިޔާ ކުރުމުންނެވެ. އިންޑިއާއަށް ވެކްސިނުގެ ދަތިކަން ދިމާވެ އެކްސްޕޯޓް ކުރުން ހުއްޓާލުމުން މިހާރު ނޭޕާލުން ވެކްސިން ހޯދަން މަސައްކަތް ކުރަނީ ޗައިނާއިންނެވެ.

ނޭޕާލުގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓްއާ ހަމައަށް ކޮވިޑް ފޯރާފައިވާ ކަމަށް ފެތުރުނު ހަބަރު ނޭޕާލް ސަރުކާރުން ދޮގު ކުރެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެ ފަރުބަދައަށް އެރި ނޯވޭގެ އާލަންޑް ނެސް ނަމަކަށް ކިޔާ މީހަކަށް ކޮވިޑް ޖެހިގެން ހެލިކޮޕްޓަރުގައި ފަރުވާ ދޭން ގެންދަން ޖެހުނު ކަމަށް ބޭރުގެ ނޫސްތަކުގައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox