ކޮވިޑުގެ ރިސްކު ބޮޑު ނަމަވެސް ނުރައްކާތެރި ކުށްވެރިން ގޭ ބަންދަށް ބަދަލެއް ނުކުރާނެ

ޖަލު އޮފިސަރުންތަކެއް: ކޮވިޑަށް ނުރައްކާތެރި ކުށްވެރިން ގެ ބަންދަށް ބަދަލު ކުރަނީ-- ފޮޓޯ: ކަރެކްޝަންސް

ޖަލު އޮފިސަރުންތަކެއް: ކޮވިޑަށް ނުރައްކާތެރި ކުށްވެރިން ގެ ބަންދަށް ބަދަލު ކުރަނީ-- ފޮޓޯ: ކަރެކްޝަންސް

ކޮވިޑްގެ ނުރައްކާ ބޮޑު ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރިނަމަވެސް އޭގެ ތެރޭގައި ނުރައްކާތެރި ކުށްވެރިން ނުހިމެނޭނެ ކަމަށް، ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދު ފުޅު މިއަދު ވިދާޅުވި އެވެ.

ޖަލުގައި ކޮވިޑް ފެތުރިދާނެތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮވިޑަށް ހައި ރިސްކް ގައިދީން ގޭ ބަންދަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު "އަދަދު" އަށް ވިދާޅުވީ ކޮވިޑަށް ހައި ރިސްކް މީހުންގެ ތެރޭގައި ނުރައްކާތެރި ކުށްވެރިއެއް ހިމެނޭނަމަ އޭނާ ބަލަހައްޓާނީ ޖަލުގެ ތެރޭގައި ކަމަށެވެ. ޕޮޒިޓިވް ވިޔަސް ފަރުވާ ދެވޭނެ އިންތިޒާމު ޖަލުތަކުގައި ވެސް ގާއިމު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޖުތަމައުގެ ރައްކާތެރިކަން މާ މުހިންމު. ގޭ ބަންދަށް ބަދަލު ކުރާއިރު އަޅުގަނޑުމެން ބަލާނީ ނުރައްކާތެރި ނޫން ކުށްވެރިން ބަދަލު ކުރުމަށް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭ ބަންދަށް ބަދަލު ކުރާނީ އާއިލާއިން ހަވާލުވާ ގައިދީން އެކަނި ކަމަށެވެ. އެ މީހުން ބަންދުގައި ތިބޭތޯ ކަރެކްޝަންސްއިން ބަލައި މޮނީޓާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިރިސްކް މީހުން ކަނޑައެޅުމުގައި ދިގު މުއްދަތަކަށް ބޭސް ކާ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށް ބަލަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދު ފުޅު: ނުރައްކާތެރި ކުށްވެރިން ގެ ބަންދަށް ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ޕްރިޒަންސް
ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދު ފުޅު: ނުރައްކާތެރި ކުށްވެރިން ގެ ބަންދަށް ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ޕްރިޒަންސް

ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދު ފުޅު: ނުރައްކާތެރި ކުށްވެރިން ގެ ބަންދަށް ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ޕްރިޒަންސް

އަހުމަދު ވިދާޅުވީ ޖަލުތަކުގައި ތިބި ހައި ރިސްކް މީހުން ކަނޑައެޅުމުގެ މަސައްކަތް ޑޮކްޓަރުން ކުރަމުން އަންނަ ކަމަށެވެ. ފެށޭ ހަފްތާގެ ތެރޭގައި ހައި ރިސްކް މީހުން ކަނޑައަޅައި ގޭ ބަންދަށް ބަދަލު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

މާފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި ޖަލު އޮފިސަރުންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މާލެ އާއި އަތޮޅުތެރޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox