ޑަބްލިއުއެޗްއޯއިން މޮޑާނާ ވެކްސިނަށް ހުއްދަ ދީފި

މޮޑާނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން ބައެއް ގައުމުތަކުގައި އަންނަނީ ބޭނުން ކުރަމުން.-- ފޮޓޯ: ގެޓީ އިމޭޖަޒް

މޮޑާނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން ބައެއް ގައުމުތަކުގައި އަންނަނީ ބޭނުން ކުރަމުން.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކުއްލި ހާލަތްތަކުގައި މޮޑާނާގެ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.

މިއީ ކޮވިޑާ ދެކޮޅަށް ހަދާފައިވާ ވެކްސިނުތަކުގެ ތެރެއިން ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުނު ފަސް ވަނަ ވެކްސިނެވެ. އެ ޖަމިއްޔާގެ ހުއްދަ ނުލިބެނީސް ބައެއް ގައުމުތަކުގައި އަންނަނީ ވެކްސިން ދެމުންނެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު އެންމެ މުހިއްމީ ވީ އެންމެ އަވަހަކަށް ބޭހާއި، ވެކްސިން އަދި ޓެސްޓު ކުރެވޭނެ ގޮތްތައް މަގުފަހިވުން ކަމަށެވެ.

އެ ޖަމިއްޔާގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް މަރިއެންޖެލާ ސިމާއޯ ވިދާޅުވީ ބައެއް ގައުމުތަކަށް ވެކްސިން ސަޕްލައިގެ ދަތިކަން ދިމާވެފައި ވާތީ، ގިނަ ބްރޭންޑުގެ ވެކްސިނަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ހިންގާ ކޯވެކްސް ފެސިލިޓީއަށް އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިއާއަށް ވެސް ވަނީ ވެކްސިންގެ ދަތިކަން ކުރިމަތިވެފަ އެވެ.

އޭގެ ސަބަބުން ވެކްސިން އެކްސްޕޯޓް ކުރުން މަނާކޮށް، އިންޑިއާ ރައްޔިތުންނަށް ވެކްސިން ދޭން އިސްކަން ދިނުމުގެ ވިސްނުން މިހާރު އެ ގައުމުގައި އެބަ އޮތެވެ.

މި ހަފްތާގައި މޮޑާނާއިން ބުނީ ޕްރޮޑަކްޝަން އިތުރުކޮށް 2022 ގެ ކުރިން ތިން ބިލިއަން ޑޯޒް އުފެއްދޭ ވަރު ކުރާނެ ކަމަށެވެ. މީގެ ކުރިން ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަނުން ވަނީ 18 އަހަރުން މަތީގެ އެންމެންނަށް މި ވެކްސިން ދެވޭނެ ކަމަށް ބުނެފަ އެވެ.

މޮޑާނާގެ އިތުރުން ފައިޒާ ވެކްސިނާއި، އެސްޓްރަޒެނެކާ ވެކްސިނާއި، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑާއި ޖޯންސަން އެންޑް ޖޯންސަން ވެކްސިނަށް ވެސް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައި ވެއެވެ.

ޗައިނާގެ ސިނޮފާމާއި ސިނޮވެކް ވެކްސިނަށް ހުއްދަ ދިނުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox