ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދިރިއުޅެން އެންމެ ރަނގަޅު ތަނަކަށް ސިންގަޕޫރު

ސިންގަޕޫރުގެ މަގުމަތީގައި އާއްމުން މާސްކު އަޅައިގެން.-- ފޮޓޯ: ގެޓީ އިމޭޖަޒް

ސިންގަޕޫރުގެ މަގުމަތީގައި އާއްމުން މާސްކު އަޅައިގެން.-- ފޮޓޯ: ގެޓީ އިމޭޖަޒް

ގިނަ ގައުމުތަކެއްގައި ކުއްލިއަކަށް ކޮވިޑު ކޭސްތައް އިތުރުވެ، ހާލަތު ގޯސްފައިވާ މި ދަނޑިވަޅުގައި އޭޝިއާގައި ހިމެނޭ ކުޑަ ސިންގަޕޫރަކީ މި ބަލިމަޑުކަމުގައި ދިރިއުޅެން އެންމެ ރަނގަޅު ގައުމަކަށް ވެއްޖެ އެވެ.

ބްލޫމްބާގް ކޮވިޑް ރެޒިލިއެންސް ރޭންކިން މި ހަފްތާގައި ނެރުނު އިރު، ނިއުޒީލެންޑު ވައްޓާލުމަށް ފަހު އެއް ވަނަ ހޯދީ ސިންގަޕޫރެވެ. ކޮވިޑުގައި އުޅެން އެންމެ ރަނގަޅު ތަންތަން ހިމެނޭ މި ލިސްޓުގައި ބަލަނީ ކޮވިޑުގެ އަދަދުތަކުން ފެށިގެން ގޮސް، ދަތުރު ކުރުމުގެ މިނިވަންކަން އޮތް މިންވަރު ފަދަ ކަންކަމަށެވެ.

ބްލޫމްބާގް މަޖައްލާއިން ބުނީ ސިންގަޕޫރަށް އެއް ވަނަ ލިބުނީ ވެކްސިން ޕްރޮގްރާމުގެ ކާމިޔާބު ކަމުގެ ސަބަބުން ކަމަށެވެ. އެއާ ހިލާފަށް ނިއުޒީލެންޑުގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގަ އެވެ.

ސިންގަޕޫރުގެ ގިނަ ކަންކަން ކޮވިޑުގެ ކުރިން އޮތް އާއްމު ހާލަތަށް ރުޖޫއަވެފައިވި ނަމަވެސް ދޭތެރެއަކުން ބައެއް ކޭސްތައް ފެނެ އެވެ. ނަމަވެސް ވަރަށް އަވަހަށް ކޮންޓްރޯލް ކުރާ މަންޒަރު ވެސް އެ ގައުމުން ފެނެ އެވެ.

ކޮމިއުނިޓީ ސްޕްރެޑް ވަރަށް ކުޑަކޮށް އޮތް ސިންގަޕޫރުގައި މިހާރު ވަނީ އަނެއްކާވެސް ކޮންމެވެސް ވަރަކަށް ފިޔަވަޅު ހަރުކަށިކޮށްފަ އެވެ. އެގޮތުން ބޯޑަރު ސެކިއުރިޓީ ވަރުގަދަކޮށް، ދަތުރު ކުރުމުގެ ހުރަސްތައް އެބަ ހުއްޓެވެ. އޭގެ އިތުރުން ގައުމަށް އެތެރެވާ މީހުން ވަގުތުން އައިސޮލޭޝަނަށް ބަދަލު ކުރެ އެވެ.

މިދިޔަ އަހަރު ދެ މަސް ދުވަހަށް ސިންގަޕޫރު ލޮކްޑައުން ކުރި އެވެ. އޭގެ ފަހުން އިޖުތިމާއީ އަދި އިގުތިސާދީ ހަރަކާތްތަކަށް އަދި އެއްވެސް ހުއްޓުމެއް ނާދެ އެވެ.

ބޭރަށް ނިކުންނަ އިރު މާސްކު އަޅަން މަޖުބޫރުވި ނަމަވެސް ވިޔަފާރިތަކަށް ހުރަހެއް ނެތެވެ. ބޭރުގައި ކައިބޮއި ހަދާއިރު އަދި ކަސްރަތު ކުރާއިރު މާސްކު ނެގުމުގެ ހުއްދަ އޮވެ އެވެ.

ގައިދުރުކަން ބެހެއްޓުމަކީ ސިންގަޕޫރުގައި ވަނީ އާދައަކަށް ހަދާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
ގައިދުރުކަން ބެހެއްޓުމަކީ ސިންގަޕޫރުގައި ވަނީ އާދައަކަށް ހަދާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ގައިދުރުކަން ބެހެއްޓުމަކީ ސިންގަޕޫރުގައި ވަނީ އާދައަކަށް ހަދާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ސިންގަޕޫރުގެ އޮފީސްތައް ހުޅުވާފައިވަނީ ގައިދުރުކޮށް މުވައްޒަފުންނަށް ތިބެވޭނެ ގޮތަށެވެ. މާސްކު އެޅުމުގެ އިތުރުން ކޮންޓެކްޓް ޓްރޭސިން އެޕް ބަރާބަރަށް އަޕްޑޭޓް ކުރާ ނަމަ އެއްވެސް ކަމަކަށް ހުރަހެއް ނެތެވެ.

އެ ގައުމުގެ ހަ މިލިއަން މީހުންގެ އާބާދީގެ 15 ޕަސެންޓު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އެ ގައުމުގައި މިހާތަނަށް ކޮވިޑު ޖެހުނީ 61،121 މީހުންނަށެވެ. އަދި މަރުވެފައި ވަނީ 30 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox