ބާރުބޮޑުކަމުން ރޯދަ ނުވީއްލައި ވެކްސިން ކިޔޫ އަށް

ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔޫ ޖެހިފައި: މިއަދު 5:30 ގައި ކިޔޫ ހަދަން ވަނީ ފަށައިިފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު

ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔޫ ޖެހިފައި: މިއަދު 5:30 ގައި ކިޔޫ ހަދަން ވަނީ ފަށައިިފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު

ކޮވިޝީލްޑް ކޮވިޑް ވެކްސިން ޖެހުމަށް މިއަދު 5:30 އިން ފެށިގެން ސޯޝަލް ސެންޓާ ކައިރި ގިނަ ބަޔަކު ކިޔު ހަދައިފި އެވެ.

ރޯދަ މަހު ވެކްސިން ޖަހަން ހާއްސަކޮށްފައި އޮންނަނީ ތިން ގަޑިއިރެވެ. އެއީ ރޭގަނޑު 9:00 އިން ފެށިގެން 11:45 އަށެވެ. ރެއިން ފެށިގެން ގިނަ ބަޔަކު ކިޔޫއަށް އަރަން ފެށީ އޮންލައިންކޮށް ޓޯކަން ދޫކުރުން ހުއްޓާލުމާ ގުޅިގެންނެވެ.

މިއަދު 5:30 ގައި ކިޔޫ ހަދަން ފެށިއިރު 7:30 ވިއިރު ވެސް ދިވެހިން ތިބި ކިޔޫ އޮތީ ސޯޝަލް ސެންޓަރުން ފެށިގެން ގޮސް ކަނބާއައިސާ ރަނި ހިނގުމުން ސޯޝަލް ސެންޓަރު ނިމޭ ހިސާބަށެވެ.

ބިދޭސީންގެ ކިޔޫ ސޯޝަލް ސެންޓަރުން ފެށިގެން ގޮސް ބޮޑުތަކުރުފާނު މަގުން ޕެވީލިއަނަށް އަރަން ހަދާފައިވާ ބްރިޖާ ހަމައަށް އޮތެވެ.

ވެކްސިން ޖެހުމަށް ގިނަ ބަޔަކު ކިޔޫގައި: ރޯދަ ނުވިއްލާ ގިނަ ބަޔަކު ވަނީ ކިޔޫ ހަދައިފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު
ވެކްސިން ޖެހުމަށް ގިނަ ބަޔަކު ކިޔޫގައި: ރޯދަ ނުވިއްލާ ގިނަ ބަޔަކު ވަނީ ކިޔޫ ހަދައިފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު

ވެކްސިން ޖެހުމަށް ގިނަ ބަޔަކު ކިޔޫގައި: ރޯދަ ނުވިއްލާ ގިނަ ބަޔަކު ވަނީ ކިޔޫ ހަދައިފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު

ދިވެހީންގެ ކިޔޫގެ އެންމެ ކުރީގައި ހުރި މީހާ "އަދަދު" އަށް ބުނީ އެ މީހުން ކިޔޫ ޖެހުނީ ރޯދަ ވިއްލުމަށް އެއްޗެހި ހިފައިގެން ކަމަށެވެ. ވެކްސިން ޖަހަން ފެށުމުގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން ކިޔޫ ޖެހެން ޖެހުނީ ޓޯކަން ނަމްބަރު ނުލިބޭތީ ކަމަށް އޭނާ ބުންޏެވެ.

"މިތާ ފިހާރައަކުން އެއްޗެއް ގަނެގެން ރޯދަ ވިއްލީ ވެސް. ނަމްބަރެއް ނުލިބޭ ވިއްޔަ އެހެން ނޫނީ،" އޭނާ ބުންޏެވެ.

ރޯދަ މަހެއްގެ ހަވީރުން ފެށިގެން ކިޔޫގައި ތިބި މީހުންގެ ތެރެއިން ދެ ޖިންސުގެ އެކި އުމުރު ފުރައިގެ މީހުން ހިމެނެ އެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ވެކްސިން ޖަހަން މިހާ އުނދަގޫ އިންތިޒާމެއް އޮތުމުންނެވެ.

"މިއީ ދެން ކިހާ އުނދަގޫ ކަމެއް. ރޯދަ މަހެއްގައި އަޅުކަމާ ވެސް ނޫޅެވި މިހާލެއްގައި. މިވަރުން ވެސް މިކަން ކުރަން ޖެހޭތީ މިއިނީ އައިސް،" ނަން ނުޖަހަން ޝަރުތުކޮށް ވެކްސިން ޖަހަން ގޮސް ހުރި މީހަކު ބުންޏެވެ.

ރޯދަމަހާ ދިމާކޮށް ގިނަ ބަޔަކު ވެކްސިން ޖަހަން ގޮސް ކިޔޫތައް ބޮޑުވުމުން އެޗްޕީއޭ އިން ވަނީ އޮންލައިންކޮށް ނަމްބަރު ނެގޭނެ ގޮތް ހަދައިފަ އެވެ. މިގޮތަށް ހަމަޖެއްސުމުން ގިނައިރުތަކެއް ވަންދެން ކިޔޫގައި މަޑުކުރަން ނުޖެހި ވެކްސިން ޖެހެ އެވެ. ގޭގައި ތިބެ ނަމްބަރު ނެގުމަށް ފަހު ނަމްބަރު ޖެހެން ކައިރިވުމުން މަރުކަޒަށް ގޮސް ވެކްސިން ޖެހެ އެވެ.

އެކަމަކު ރޭ ކިއުބީން އޮންލައިންކޮށް ވެކްސިން ނަމްބަރު ދުލެއް ނުކުރެ އެވެ. އެޗްޕީއޭއިން ބުނީ އޮންލައިންކޮށް ނަމްބަރު ދޫކުރުން ހުއްޓައިލީ އެކަމަށް ތަރުހީބު ކުޑަކަމުން ކަމަށެވެ.

ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީން ހަމަޖައްސާފައިވާ އިންތިޒާމުތައް ގޯސްވެގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ފާޑުކިޔުންތައް އަމާޒު ވެފައިވަނިކޮށް އޮންލައިންކޮށް ޓޯކަން ދޫކުރުން ހުއްޓާލުމުން އިތުރަށް ފާޑު ކިޔުން އަމާޒުވި އެވެ.

މާލޭގައި ވެކްސިން ދެމުން އަންނަނީ ސޯޝަލް ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

ރާއްޖޭގައި މިހާތަނަށް 294،265 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އަދި 92،612 މީހުން މިހާތަނަށް ދެ ވަނަ ޑޯޒު ޖަހައިފި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox