އިންޓަ ލީގާ ގާތަށް، ޔުވެންޓަސް އަށް ހާސްކަން

Apr 25, 2021, 9:20 PM
ލަނޑު ޖެހުމަށް ފަހު އިންޓަގެ ޑާމިއަން އުފާާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އިންޓަގެ ޑާމިއަން އުފާާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 26) - އިޓާލިއަން ލީގުގައި މިރޭ 1-0 އިން ހެލަސް ވެރޯނާ ބަލިކޮށް އިންޓަ މިލާނުން ލީގު ހޯދުމާ ގާތަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 1-1 އިން ފިއޮރެންޓީނާއާ އެއްވަރުވެ ގަދަ ހަތަރެއްގައި ލީގު ނިންމާލުމަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އިންޓަ އިން ވަނީ 11 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ލީގުގައި ބާކީ އޮތް ފަސް މެޗުން ލީގު ކަށަަވަރުކުރަން އިންޓަ އަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. އިންޓަ އިން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ.

އިންޓަ މި ވަގުތު އެއް ވަަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓާ އެކު އެވެ. މިރޭ ބޮލޯނިއާ އަތުން 5-0 އިން މޮޅުވެ، އެޓަލަންޓާ ވަނީ 33 މެޗުން 68 ޕޮއިންޓް ހަމަކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނާއި ހަތަރެއްގައި އޮތް ޔުވެންޓަސްގެ އޮތީ 66 ޕޮއިންޓެވެ. މިލާނުން 32 މެޗު ކުޅުނުއިރު، ޔުވެންޓަސް އިން 33 މެޗު ކުޅެފި އެވެ. މިލާން މާދަމާރޭ ލާޒިއޯ އަތުން މޮޅުވެއްޖެނަމަ އަލުން އެ ޓީމަަށް ދެ ވަަނަ އަށް އެރޭނެ އެވެ.

ޔުވެންޓަސްގެ ފަހަތުން ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތްކުރަމުން އަންނަނީ ފަސް ވަނައިގައި އޮތް ނަޕޯލީ އާއި ހަ ވަނައިގައި އޮތް ލާޒިއޯ އެވެ.

އިންޓަ އިން ޖެހިޖެހިގެން ތިން ވަނަ މެޗުން އެއްވަރުވާން ދަނިކޮށް މެޗުގެ 76 ވަނަ މިނިޓްގައި އެ ޓީމު ސަލާމަތްކޮށްދިނީ ފުލްބެކް މަޓެއޯ ޑާމިއަން ޖެހި ގޯލުންނެވެ. މިއީ މި މަސް ތެރޭ އިންޓަ ކޮޅަށް މެޗެއްގެ ނަތީޖާ އަނބުރާލައިދޭން ޑާމިއަން އެހީވި ދެ ވަަނަ ފަހަރެވެ. ކަލިއަރީ އަތުން މި މަހު 11 ވަަނަ ދުވަހު އިންޓަ މޮޅުކޮށްދިން ގޯލު ޖެހީ ވެސް ޑާމިއަން އެވެ.

ފިއޮރެންޓީނާ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސް ކޮޅަށް ފިއޮރެންޓީނާގެ ގޯލު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ޑޫސާން ވްލަހޯވިޗް އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިތަނުން ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ. ފިއޮރެންޓީނާ އާއި ޔުވެންޓަސް އަށް ވެސް މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ވަނީ މި މެޗުގައި ފިއޮރެންޓީނާ އަށް ދިން ޕެނަލްޓީ ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަތުގައި ބޯޅަ ޖެހިގެން ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ޕިރްލޯ ބުނީ ރަބިއޯ އަތުުގައި ބޯޅަ ޖެހުނީ ކައިރީގައި ހުރި ފިއޮރެންޓީނާ ކުޅުންތެރިޔާ އޭނާ ކޮށްޕާލުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox