ހަތަރު ދުވަހުން 97 މީހުން ޕޮޒިޓިވް: މަތިވެރި ނުރައްކާ ހާލަތެއްގައި!

މަތިވެރި: އެ ރަށުގެ ކައުންސިލުން ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައި. -- ފޮޓޯ : މަތިވެރި ކައުންސިލް ފޭސްބުކް

މަތިވެރި: އެ ރަށުގެ ކައުންސިލުން ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައި. -- ފޮޓޯ : މަތިވެރި ކައުންސިލް ފޭސްބުކް

އއ. މަތިވެރީގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރި ހަތަރު ދުވަސް ތެރޭގައި 97 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން ބަލި ފެނުމާ އެކު ކޮންޓެކްޓް ޓްރޭސިން ހަދައި އިއްޔެ ވެސް ގިނަ ސާމްޕަލްތައް ނެގި އެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންނާ ވެސް ގާތުން ބައްދަލުވި ބަޔަކު ތިބުމާއި ޓެސްޓްކުރި މީހުންގެ ތެރޭގައި އަލާމާތްތައް ފެނުނު މީހުން ހިމެނޭތީ އޭގެތެރެއިން ވެސް ގިނަ ބަޔަކު ޕޮޒިޓިވްވުން ގާތެވެ.

މަތިވެރީ ކައުންސިލުން ބުނީ އެ ރަށުގައި ބަލި ފެތުރުނު ސަބަބެއް ކަމަށް ބެލެވެނީ ކަރަންޓީނާ ނުލައި ރަށުގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންތަކެއްގެ ފަރާތުން ކަމަށެވެ. އެޗްޕީއޭ އިން ކުރިން ކަނޑައަޅާފައި އޮތް ގޮތުން ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ކަރަންޓީނުވާކަށް ނުޖެހެ އެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "އަދަދު" އަށް ވިދާޅުވި ގޮތުގައި މަތިވެރިން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ އެ ރަށުގައި ޗުއްޓީހޭދަ ކުރުމަށް ފަހު އިންޑިއާގެ ޓޫރިސްޓުންތަކެއް ފުރިތާ ދެ ދުވަސް ފަހުންނެވެ.

އޭނާ ލަފާކުރައްވަނީ ރަށަށް ބަލި ފެތުރުނީ ޓޫރިސްޓުންގެ ފަރާތުން ކަމަށެވެ.

އާތިފް ވިދާޅުވީ ކޭސްތައް އިތުރުވަމުން ދާތީ، ކޮންޓްރޯލް ކުރުމަށް ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް އަޅައި ރަށުތެރެއަށް މީހުން ނިކުމެ އުޅުން މަނާކޮށް، ގޭގެއަށް ބޭނުންވާ ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

"މަގުމަތީގައި މާސްކް ނާޅައި އުޅުމަކީ ވެސް މިހާރު މަނާ ކަމެއް. މާސްކް ނާޅައި އުޅޭ ނަމަ ނަސޭހަތް ދިނުމެއް ނެތި ޖޫރިމަނާ ކުރުމުގެ ކަންކަން ފުލުހުން ކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަތިވެރިން އިއްޔެ 250 އަށް ވުރެ ގިނަ ރެންޑަމް ސާމްޕަލް ނެގިއިރު އޭގެ ތެރޭގައި އަލާމާތްތައް ފެނިގެން ޓެސްޓު ކުރި މީހުން ހިމެނެ އެވެ.

އާތިފް ވިދާޅުވީ ބަލި ފެތުރިފައި އޮތަސް ރަށުގައި އާންމު ހާލަތު އަދި އެހާ ގޯސް ނޫން ކަމަށެވެ. ހާލު ބޮޑު ބަލި މީހަކު ވެސް މިވަގުތު އެ ރަށުގައި ނެތެވެ. އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެފައިވާ ނަމަ އެ މީހަކަށް ހާއްސަކޮށް ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލެއަށް ވުރެން ރަށްރަށުގެ ކޮވިޑުގެ ހާލަތު މި ދުވަސްކޮޅު ގޯހެވެ. ގިނަ ރަށްތަކެއްގައި އޮތީ ބަލި ފެތުރިފަ އެވެ.

އެހެންވިޔަސް އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ގައިޑްލައިންގައި ވަނީ ރަށްރަށަށް ދަތުރުކުރުމުގައި ލުއިތަކެއް ދީފަ އެވެ. އެގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާ ނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

އެކަމަކު މިހާތަނަށް އެއްވެސް ރަށެއްގައި އާބާދީގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިނެއް ނުދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox