ރަނގަޅުވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން

ފަރުބަދައެއް މައްޗަށް އެރުމަށް މީހަކު، އެހެން މީހަކަށް އެހީވަނީ. --ފޮޓޯ: ސައިކޮލޮޖިކަލްސައިންސް.އޯގް

ފަރުބަދައެއް މައްޗަށް އެރުމަށް މީހަކު، އެހެން މީހަކަށް އެހީވަނީ. --ފޮޓޯ: ސައިކޮލޮޖިކަލްސައިންސް.އޯގް

މީހުންނާ ދޭތެރޭ ކަންތައް ކުރަންވާނީ ރަނގަޅަށެވެ. ތިމާއާ ދޭތެރޭ އެހެން މީހުންވެސް ކަންކުރަން އެދޭ ގޮތަށެވެ. ނަމަވެސް މީހުންނަށް ރަނގަޅުވުމުގައި ވަކި ހައްދެއް އުސޫލެއް ނެތްނަމަ މީހުންނަށް ރަނގަޅު މީހެއްގެ ގޮތުގައި ދެމިހުރުމަށް އުނދަގޫވެ އެހެން މީހުންނާ ދޭތެރޭ ނަފުރަތު އުފެދި މާޔޫސް ވުމަކީ ވަރަށް ފަސޭހައިން ވެދާނެކަމެކެވެ. މައިންބަފައިންނާއި ދަރީންގެ ހައްގުތައް އަދާކޮށްދިނުމާއި ދެމަފިރީން އެކެއް އަނެކެއްގެ ހައްގުތައް އަދާކޮށްދިނުމާއި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެ މުސްލިމަކަށް ވާޖިބެކެވެ. މީހުންނަށް ރަނގަޅުވުން މި ލިޔުމުގައި މާނަ މި ކުރަނީ އެކަންކަން އިސްތިސްނާ ކުރުމަށްފަހު އެވެ.

މީހުންނަށް ރަނގަޅުވުމުގެ ނިޔަތުގައި ކޮންމެފަހަރަކުވެސް ތިމާ އަމިއްލަޔަށް ބޭނުން ގޮތަށް ވުރެ ބޮޑަށް އެހެން މީހުން ބޭނުންވާ ގޮތަށް އިސްކަން ދިނުމަކީ ބައެއް މީހުން ކުރާކަމެކެވެ. އަމިއްލަ އިހުސާސްތަކަށް އަޅާނުލައި އެހެން މީހުންގެ އެދުންތައް ކޮންމެ ފަހަރަކު އިސްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މީހަކާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރިޔަސް ކުރަންވާނީ ހިތުން ރުހުމުންނެވެ. ކުޅަދާނަ މިންވަރަކުންނެވެ. އެއީ އަދި އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ. އަމިއްލަ ނަފްސަށް އޯގާތެރިވުމަކީ މުހިންމު ކަމެކެވެ. މި ގޮތާއި ނުރުހޭ ބަޔަކާ ގުޅުން އޮންނަނަމަ އެއީ ކިހާ އަގުހުރި ގުޅުމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.

ކެނެޑާގެ ޓޮރޮންޓޯ ޔުނިވާރސިޓީގެ ސައިކޮލޮޖީ ޕުރޮފެސަރ، ޑރ ޖޯރޑަން ޕީޓަސަން ދެކޭ ގޮތުގައި މީހުންނަށް ހެޔޮވުމުގެ ތެރޭގައި ނުރަނގަޅު ދަރަޖައަކަށް އެކަން ކުރެވޭ ފަހަރު އާދެ އެވެ.

Advertisement

"އަހަރެން ކައިރިއަށް ފަރުވާ ހޯދަން އަންނަ ބައެއް މީހުންގެ މައްސަލައަކީ މާ ބޮޑަށް މީހުންނަށް ހެޔޮވުމާއި ދޫދިނުން، އެފަދަ މީހުންނަށް އަހަރެން ދޭ ނަސޭހަތަކީ ތެދަށް ވާހަކަ ދައްކާށޭ، ހިތުގައި އޮންނަ އެތި ބުނާށޭ "ޑރ ޕީޓަސަން ބުނެފައި ވެއެވެ. "މިފަދަ މީހުން ކައިރީ ދިރިއުޅުމުގައި ބޭނުންވަނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ޖަވާބު ދޭކަށް ނޭނގޭ، އެއީ އެމީހުންވަނީ އެހެން މީހުން ބޭނުންވާ ގޮތަށް ދިރިއުޅެން އާދަ ވެފައި."

ކައުންސިލިން ސައިކޮލޮޖީގެ ތަޖުރިބާކާރެއް ކަމަށްވާ ސައިކޮލޮޖިސްޓް ޖޫލިއާ ކްރިސްޓީނާ ދެކޭ ގޮތުގައި ހިތާއި ދެކޮޅަށް މީހުންނަށް ރަނގަޅުވުމަކީ މީހުންނަށް އޮޅުވާލުންކަމުގައި ވެސް ބެލެވިދާނެ އެވެ.

"އެހެން މީހުންގެ ރުހުން ހޯދުމުގެ ބޭނުމުގައި އަމިއްލަ ވިސްނުމާއި އިހުސާސްތައް އެއްކައިރި ކޮށްފައި އެހެން މީހުން ބޭނުންވާ ގޮތަށް ކަންކުރުމަކީ އޮޅުވާލުމެކޭވެސް ބުނެވިދާނެ، އެއީ އެގޮތަށް ކަންކުރުމުން މީހުންނަށް އެ ދެއްކެނީ ހަގީގީ ސޫރައެއް ނޫން،" ޖޫލިއާ ކްރިސްޓީނާ ބުނެފައި ވެއެވެ.

މީހަކަށް ކަމެއް ކޮށްދޭނަމަ ހިތުން ރުހުމުން ކޮށްދޭ ކަމަކަށް އެކަން ވުމަކީ މުހިންމު ކަމެކެވެ. ނޫނެކޭ ބުނަން ޖެހިއްޖެ ނަމަ ނޫނެކޭ ބުނުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. މީހަކާ މައްސަލަ ޖެހިދާނެތީ ހިތާ ދެކޮޅަށް ވިޔަސް މީހަކު އެދޭ ކޮންމެ ކަމެއް ކޮށްދޭނަމަ އޭގެ ނާޖާއިޒު ފައިދާ ނެގުމަކީ ދިމާވުން ވަރަށް ކައިރި ކަމެކެވެ. ނޫނެކޭ ބުނަން ޖެހިލުންވެ މީހުން އެދޭ ކަންކަން ކޮށްދޭނަމަ އެއީ ހިތުން ރުހުމުން ކޮށްދޭކަމެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދި ތިބާ ކުރެ ކަމަކު ކިޔަން ހިތް ހެޔޮ ރަނގަޅު މީހުން ޖެހިލުންވެދާނެ އެވެ. ނަމަވެސް ނާޖާއިޒު ފައިދާނެގުމާއި އެއްފަރާތަކަށް ފައިދާވާ ގުޅުމަކަށް ރުހޭ މީހަކު އެ ގުޅުމުގެ ފައިދާ ނަގާކަށް ޖެހިލުމެއް ނުވާނެއެވެ.

ފިނޑިކަމާއި ނުކެރުމުގެ ސަބަބުން ނޫނެކޭ ބުނަން ނުކެރި، މީހުން އެދޭހާ ކަންކަން ކޮށްދިނުމަކީ އެއީ އަދި މީހުންނަށް ރަނގަޅުވުން ނޫންކަންވެސް ހަނދާން ކޮއްލަން ޖެހެއެވެ. ފިނޑިކަމާއި ނުކެރުމަކީ އެއްވެސް ވަރަކަށް މީހުން ހިތްކިޔާ އަދި އިހުތިރާމްކުރާ ސިފައެއްވެސް ނޫނެވެ. ނޫނެކޭ ބުނަން ނުކެރިގެން މީހުން އެދޭ ކަންކަމަށް އެއްބަސް ވުމަށް ފަހު ވައުދާ ހިލާފު ވުމަކީ ތިމާ ބުނާބަހުގެ އަގެއް ނެތި އެހެން މީހުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ.

މީހުންނަށް ރަނގަޅުވުމުގެ ނަމުގައި ކުރެވޭ ބައެއް ކަންކަން، އަދި ވަކިން ހާއްސަކޮށް ވިސްނުން ގެންގުޅެވޭ ގޮތް ގޯސް ވާފަހަރު އާދެ އެވެ. އެހެން މީހަކަށް ރަނގަޅުވުމުގައި އަމަލުކުރެވޭ ގޮތާއި އުންމީދުތައް ބެހެއްޓޭ ގޮތް ރަނގަޅު ނޫންނަމަ އެގުޅުމެއްގައި ކޮންމެވެސް އެއްފަރާތަކަށް ނުވަތަ ދެ ފަރާތަށް ވެސް ހިތްދަތިކަމާއި އެނޫންވެސް ގެއްލުން ލިބުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

މީހުންނަށް ރަނގަޅުވުމުގައި ވިސްނުން ގެންގުޅޭ ގޮތް ރަނގަޅުވުން ވަރަށް މުހިންމެވެ. މީހުންނަށް ރަނގަޅުވާންވީ މީހެއްގެ ފަރާތުން ބަދަލުގައި އެއްޗަކަށް އުންމީދު ކޮށްގެންނެއް ނޫނެވެ. މީހުންނަށް ރަނގަޅުވާންވީ އެމީހުން މައްޗަށް ދަރަންޏެއް މަތި ކުރުމުގެ ނިޔަތަކު ވެސް ނޫނެވެ. މީހުންނަށް ރަނގަޅު ވާންވީ ތިމާއީ ރަނގަޅު މީހަކަށް ވީތީ އެވެ. ތިމާ އެހެން މީހަކާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމަކީ އެ މީހަކު ތިމާއަށް ބަދަލުގައި އެއްވެސް އެއްޗެއް ދޭން ލާޒިމު ވާނެ ކަމެއްވެސް ނޫނެވެ. މީހަކާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރަނީ ބަދަލުގައި އެއްޗަކަށް އުންމީދުކޮށްގެން ނަމަ އެއީ މީހުންނަށް ރަނގަޅުވުންތޯ ނޫނީ ބޮލަށް ސަވާރުވުންތޯ ވެސް ސުވާލު އުފެއްދިދާނެ އެވެ.

މީހަކާ ދޭތެރޭ ގޯސްކޮށް ނުވަތަ ބޭއިންސާފުން ކަންތައް ކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނެތެވެ. ނަމަވެސް މީހަކާ ގުޅުން ބާއްވާނެތޯ އަދި ގުޅުން ބާއްވާނީ ކޮން މިންވަރަކަށްތޯ ކަނޑައެޅުމުގެ ފުރިހަމަ އިހްތިޔާރާއި މިނިވަންކަން ތިބާއަށް ވެސް އަދި އެހެން މީހުންނަށްވެސް އޮންނާނެ ކަން ހަނދާން ބަހައްޓަން ވާނެ އެވެ. އަދި މީހަކު ހިތްހަމަނުޖެހިދާނެތީ، ތިމާއަށް ގެއްލުންވާ ކަންކަމުގައިވެސް އަނެކާއަށް ރަނގަޅުވާން ގެއްލުން ލިބިގަތުމަކީ ރަނގަޅުވުމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސާމެދު ވެވޭ ބޭއިންސާފެކެވެ. މީހުންނަށް ރަނގަޅުވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކުންނެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox