ޗައިނާ ސަފީރަށް އަމާޒުކޮށް ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަކަށް ބޮމުގެ ހަމަލާއެއް ދީފި

ހަމަލާ ދިން ސެރީނާ ހޮޓެލް. މި ތަނަކީ ސަރުކާރުތަކުގެ އޮފިޝަލުން އާއްމުކޮށް މަޑު ކުރާ ހޮޓަލެއް.-- ފޮޓޯ: އީޕީއޭ

ހަމަލާ ދިން ސެރީނާ ހޮޓެލް. މި ތަނަކީ ސަރުކާރުތަކުގެ އޮފިޝަލުން އާއްމުކޮށް މަޑު ކުރާ ހޮޓަލެއް.-- ފޮޓޯ: އީޕީއޭ

ޕާކިސްތާނުގެ ގެތާ ސިޓީގެ ލަގްޒަރީ ހޮޓަލެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ހަތަރު މީހުން މަރުވެ، 12 މީހުން ޒަހަމްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާއަކީ ޗައިނާއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރަށް އަމާޒު ކުރި ހަމަލާ އެވެ. ބޮން ގޮއްވާލީ ސެރީނާ ހޮޓަލުގެ ކާރު ޕާކު ކުރާ ސަރަހައްދެއްގަ އެވެ.

ޗައިނާ ސަފީރު ނޮންގް ރޮންގް މި ވަގުތު ހުންނެވީ އަފްގާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ބަލޮޗިސްތާން ޕްރޮވިންސްގެ ގެތާ ސިޓީގަ އެވެ. ނަމަވެސް ހާދިސީ ހިނގި ވަގުތު ސަފީރު ހުންނެވީ ހޮޓަލުގައެއް ނޫނެވެ.

ހަމަލާގެ ޒިންމާ ޕާކިސްތާނު ތާލިބާނުން އުފުލި ނަމަވެސް، ސަބަބު ބަޔާންކޮށްފައެއް ނުވެ އެވެ.

ފަހަކަށް އައިސް ޕާކިސްތާނުގެ ތާލިބާނުން ދޭ ހަމަލާތައް ވަނީ ވަނީ އިތުރުވެފަ އެވެ. އެ މީހުން ބޮޑަށް ހަރަކާތްތެރިވަނީ އަފްގާނިސްތާނާ ގުޅޭ ބޯޑަރު ހިސާބުގަ އެވެ.

ރޭ ގެ ހަމަލާގައި އެއްޗެއް ގޮއްވާލާފައިވަނީ ޕާކުކޮށްފައި އޮތް ކާރެއްގަ އެވެ. އެއާއެކު ހުޅުގަނޑު ރޯވެ، ކައިރީގައި ހުރި އެހެން ކާރުތައް ވެސް ގޮވާފައި ވެ އެވެ.

ސެރީނާ ހޮޓަލަކީ ގެތާގައި އެންމެ މަޝްހޫރު ހޮޓަލެވެ. އެ ތަނަކީ ސަރުކާރުތަކުގެ އޮފިޝަލުންނާއި އެހެން ގައުމުތަކުން އިސް ވެރިންނަށް ހާއްސަކޮށް ހިންގާ ލަގްޒަރީ ހޮޓަލެކެވެ.

ނަމަވެސް އެ ތަން ހުންނަ ބަލޮޗިސްތާން ޕްރޮވިންސަކީ ގިނަ އަދަދެއްގެ ހަނގުރާމަވެރި ގްރޫޕުތައް އުޅޭ ޕްރޮވިންސެކެވެ. ހަނގުރާމަވެރިން ބޭނުން ވަނީ ޕާކިސްތާނާ ވަކިވެ، ވަކި ދައުލަތެއް ހިންގާށެވެ.

ބަލޮޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ފަގީރު ޕްރޮވިންސެވެ. ނަމަވެސް ޗައިނާއިން ގެންދަނީ އެ ތަނުގައި ބައެއް ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ. ހަނގުރާމަވެރިން ވަނީ ޗައިނާގެ މަޝްރޫއުތަކާ ދެކޮޅުކަން ކުރިން ވެސް ހާމަކޮށްފަ އެވެ.

ހަނގުރާމަވެރިން ބުނާ ގޮތުގައި ޗައިނާ އާއި ޕާކިސްތާނު ސަރުކާރުން ދަނީ ބަލޮޗިސްތާނުން ލިބެން ހުރި ގޭހާއި މިނެރަލްތަކުގެ ނާޖައިޒު ފައިދާ ނަގަމުންނެވެ. އަދި އޭގެ ފައިދާ އާއްމުންނަށް ނުވާ ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox