އިންޓަ އިން ފުރުސަތު ނަގާލައިފި، ޔުވެންޓަސް އަށް ހަމަނޭވައެއް

Apr 21, 2021, 10:05 PM
ސްޕެޒިއާ ކީޕަރު އިންޓަގެ ލުކާކޫ ހުއްޓުވަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެޒިއާ ކީޕަރު އިންޓަގެ ލުކާކޫ ހުއްޓުވަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 22) - އިޓާލިއަން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު އިންޓަ މިލާނުން މިރޭ ނަގާލިއިރު، ފަހަތުން އަރައި 3-1 އިން ޕާމާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އިން ހަމަނޭވައެއްލައިފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާން މިއަދު ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ސަސުއޯލޯ އަތުން 2-1 އިން ބަލިވެފަ އެވެ. އެހެންވެ މޮޅުވެގެން އިންޓަ އަށް އެއް ވަނައިގައި 12 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުުރުސަތު އޮތީ ހުޅުވިފަ އެވެ. ލީގުގެ 15 ވަނައިގައި އޮތް ސްޕެެޒިއާ ދަނޑުގައި އިންޓަ އެއްވަރުވީ 1-1 އިންނެވެ. އެހެންވެ ބާކީ ހަ މެޗަށް ނުކުންނައިރު އިންޓަގެ އޮތީ 10 ޕޮއިންޓުގެ ލީޑެކެވެ.

ކުޅުނު 32 މެޗުން ލިބުނު 76 ޕޮއިންޓާ އެކު އިންޓަ އެއް ވަަނައިގައި އޮތްއިރު، ދެ ވަނައިގައި މިލާން އޮތީ 32 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް ތިން ވަަނައިގައި އޮތީ 32 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ މާދަމާ ކުޅޭ މެޗުން ރޯމާ އަތުން މޮޅުވެގެން އަލުން ތިން ވަނަ އަށް އެރޭނެ އެވެ.

Advertisement

މިލާން ސިއްސުވާލުމަށް ފަހު ސްޕެޒިއާ އަށް މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޑިއޭގޯ ފަރިއާސް އެވެ. މެޗުގެ 39 ވަަނަ މިނިޓްގައި އިވާން ޕެރިސިޗް އިންޓަ އަށް އެއްވަރުކޮށްދިންއިރު، އިންޓަ މޮޅުކޮށްދޭން ރޮމެލޫ ލުކާކޫ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި ނަތީޖާއާ އެކު އިންޓަ ވަނީ ބަލިނުވެ 16 މެޗު ހަމަކޮށްފަ އެވެ. ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފަހަރު ލީގު ޗެމްޕިއަންކަން ހޯދާނީ އިންޓަ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އިންޓަ އަކީ ވެސް މިދިޔަ ދުވަސްތަކުގައި މައްސަލަ ބޮޑުވި ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑާ ކްލަބެކެވެ. އެކަމަކު އިންޓަ އިން މިއަދު ވަނީ އެ ލީގުން ވަކިވެފަ އެވެ. އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ސުޕަ ލީގުގެ ވާހަކަ ދައްކަން ވެސް ޖެހޭ ކަމަށާއި އެކަމަކު އޭގެ މާނަ އަކީ ޔުއެފާ އިން ކުރާ ކަންކަން ރަނގަޅުވުން ނޫން ކަމަށެވެ.

"ޔުއެފާ އިން މުބާރާތްތައް އިންތިޒާމްކޮށްފައި ކްލަބްތަކަށް ދެނީ މަދު ފައިސާކޮޅެއް. ހަގީގަތަކީ ފުޓްބޯޅަ އަށް އިންވެސްޓްކުރަނީ ޔުއެފާއެއް ނޫން ކްލަބްތަކުން. އެހެންވީމަ ސުޕަ ލީގާ ދެކޮޅަސް މި ވާހަކަ ވެސް ދެކެވެންޖެހޭ،" ކޮންޓޭ ބުންޏެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ޔުވެންޓަސް ކޮޅަށް ލަނޑު ޖެހީ ޕާމާގެ ގެސްޓޮން ބްރޫގްމަން އެވެ. ޔުވެންޓަސް ފަހަތުން އަރައި މޮޅުވިއިރު އެ ޓީމުގެ ބްރެޒިލް ފުލްބެކް އަލެކްސް ސަންޑްރޯ ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް އެވެ.

ފަހަަކަށް އައިސް ޔުވެންޓަސް އަށް މެޗުތަކުގައި ނަތީޖާ ނެރުން އުނދަގޫވެފައިވަނިކޮށް އެ ޓީމުން މިރޭ އުނދަގޫ ހާލަތެއްގައި ވެސް މެޗުން މޮޅުވުމަކީ ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ އަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox