އިސްލާމްދީނަށް ކުރާ ފުރައްސާރައަކީ ކުށަކަށް ހަދަން ހުޅަނގުގެ ގައުމުތަކަށް ގޮވާލައިފި

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން. ފްރާންސްގައި ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މައްސަލައެއްގައި ޕާކިސްތާނުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައި.-- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން. ފްރާންސްގައި ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މައްސަލައެއްގައި ޕާކިސްތާނުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައި.-- ފޮޓޯ: ރޮއިޓާޒް

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ކުށަކަށް ހެދުމަށް ހުޅަނގުގެ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން މުސްލިމުންގެ އާބާދީ ގިނަ ގައުމުތަކުން ޕާކިސްތާނާ އެކު މަސައްކަތް ކުރުމަށް އެ ގައުމުގެ ބޮޑު ވަޒީރު އިމްރާން ހާން ގޮވާލައްވައިފި އެވެ.

ފްރާންސްގައި ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މައްސަލައެއްގައި ޕާކިސްތާނުގައި މިހާރު ދަނީ ހަމަނުޖެހުމުން ހިންގަމުންނެވެ. ތެހްރީކޭ ލައްބައިކް ޕާޓީއިން ޑިމާންޑު ކުރީ އޭޕްރިލް 20 ގެ ކުރިން ފްރާންސްގެ ސަފީރު ގައުމުން ބޭރު ކުރުމަށެވެ.

އެ ޑިމާންޑާ ގުޅިގެން ތެހްރީކޭ ލައްބައިކްގެ ލީޑަރު ހައްޔަރު ކުރުމާއެކު މުޅި ޕާކިސްތާނުގައި ހަމަނުޖެހުން ފެށުނެވެ. އެއާއެކު ޕާކިސްތާނުގައި ދިރިއުޅޭ ފްރާންސްގެ ރައްޔިތުން އެ ގައުމުން ފޭބުމަށް ފްރާންސުން ވަނީ އަންގާފަ އެވެ.

އިއްޔެ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން އިމްރާން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހުޅަނގުގެ ގައުމުތަކުގައި ކުށަކަށް ހެދުމަށް ބާރު އެޅުމުގެ މަސައްކަތް މުސްލިމް ގައުމުތަކާ އެކު ފައްޓަވާނެ ކަމަށެވެ.

އަޅުގަނޑުމެން އެބަ ޖެހޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އެކަން [ކީރިތި ރަސޫލާއަށް ފުރައްސާރަ] ކުރުމުން މުސްލިމުންނަށް އަސަރު ކުރަނީ ކީއްވެގެން ކަން ބުނެދޭން. -- އިމްރާން ހާން

އިމްރާން ހާން ވިދާޅުވީ ހުޅަނގުގެ ގައުމެއްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފި ނަމަ ވިޔަފާރީގެ ގުޅުން ހުއްޓާލާނެ ކަމަށް ނުވަތަ އެ ގައުމުގެ އުފެއްދުންތައް ބޮއިކްޓް ކުރާނެ ކަމަށް 50 މުސްލިމް ގައުމުން އެއް ފަހަރާ ބުނެފި އޭގެ އެދެވޭ އަސަރެއް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ބޮޑު ހަނގުރާމައިގެ ތެރޭގައި ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު ހިންގި ގަތުލުއާއްމާ މެދު ސުވާލު އުފައްދައިފި ނަމަ ޔަހޫދީންނަށް އަސަރު ކުރާ ފަދައިން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުން މުސްލިމުންނަށް ވެސް އަސަރު ކުރާ ކަމަށެވެ.

އިމްރާން ހާން މިފަދަ ގޮތަކަށް ވާހަކަދައްކަވާފައި ވާއިރު، ތެހްރީކޭ ލައްބައިކުން ގިނަ ފުލުހުންތަކެއް ރަހީނު ކުރި މައްސަލާގައި ސަރުކާރާއި ހިންގުން މަނާކޮށްފައިވާ އެ ޕާޓީއާ ދެމެދު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox