ދިހަ އަހަރުވީ ހަނގުރާމަ ކުރިއަށްދާ ސީރިއާގެ ރިޔާސީ އިންތިހާބު އަންނަ މަހު

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ޕޯސްޓަރެއް. އަންނަ މަހުގެ އިންތިހާބުން ވެސް ކުރި ހޯއްދަވާނީ އަސަދު ކަމަށް ބެލެވޭ.-- ފޮޓޯ: ރޮއިޓާޒް

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ޕޯސްޓަރެއް. އަންނަ މަހުގެ އިންތިހާބުން ވެސް ކުރި ހޯއްދަވާނީ އަސަދު ކަމަށް ބެލެވޭ.-- ފޮޓޯ: ރޮއިޓާޒް

ދިހަ އަހަރުވީ ދާހިލީ ހަނގުރާމަ މެދުކެނޑުމެއްނެތި ކުރިއަށްދާ ސީރިއާގައި އަންނަ މަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއުލާނުކޮށްފި އެވެ.

ސީރިއާގައި ސުލްހަ ގާއިމްވެފައި ނުވާއިރު އަދި ބޮޑު އިގްތިސާދީ ކާރިސާއަކާ ކުރިމަތިވެފައި ވާއިރު ވެސް މި ފަހަރުގެ އިންތިހާބުގައި ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް މާ ބޮޑު ވާދަވެރިކަމެއް ފެންނާނެ ކަމަކަށް ނުބެލެވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި 10 އަހަރު ސީރިއާގައި ދިރިއުޅެފައިވުން ހިމެނެ އެވެ. އެހެންކަމުން އަމިއްލަ ފުރާނައަށް އޮތް ނުރައްކަލުގެ ސަބަބުން ގައުމުން ބޭރުގައި ދިރިއުޅޭ އިދިކޮޅު ލީޑަރުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ އެވެ.

Advertisement

މި ވަގުތު ސީރިއާގެ އެންމެ އާބާދީ ބޮޑެތި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ އަސަދުގެ ސަރުކާރުންނެވެ. އެ ހަނގުރާމައިގައި 400،000 އެއްހާ މީހުން މަރުވެ، ސީރިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ރެފިއުޖީންނަށް ވެފަ އެވެ.

އެ ގައުމުގެ މަޖިލީހުގެ ރައީސް ހަމޫދާ ސައްބާގް ވިދާޅުވީ ކުރިއަށް އޮތް ހަތް އަހަރު ވެރިކަން ކުރާނެ ރައީސަކު އިންތިހާބު ކުރުން އޮންނާނީ މޭ 26 ގައި ކަމަށެވެ. ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލާނެ އެވެ. އަދި ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ގައުމެއްގައި ހުންނަ ސީރިއާ އެމްބަސީއަށް ގޮސް މޭ 20 ގައި ވޯޓު ލެވޭނެ އެވެ.

މިއީ ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ބާއްވާ ދެ ވަނަ އިންތިހާބެވެ. މީގެ ކުރިން 2014 ގައި ބޭއްވި އިންތިހާބަކީ ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފު، ގާނޫނަށް ނުފެތޭ އިންތިހާބެއް ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކާއި އެމެރިކާ އައި އީޔޫއިން ބުނެފައި ވެ އެވެ.

ދެހާސް ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސްކަން ކުރައްވަމުން ގެންދަވާ ބައްޝާރުލް އަސަދު އެ އިންތިހާބު ކާމިޔާބު ކުރެއްވީ 92 އިންސައްތަ ވޯޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox