އެޓިޓިއުޑް ރަނގަޅުނުކުރަންޏާ ސަސް ޖެހޭނީ ރެލިގޭޝަން ކުޅެން: މޯހަން

ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މޯހަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މޯހަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުރިއަށް ހުރި މެޗުތަކުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކުޅުންތެރިންގެ އެޓިޓިއުޑް ބަދަލުނުވެއްޖެނަމަ މި ސީޒަނުގެ ރެލިގޭޝަނުގައި އެ ޓީމު ކުޅެން ޖެހޭނެ ކަމަށް ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ހަ މެޗުގައި ސަސް އަށް ކޯޗުކޮށްދިނީ އަހުމަދު ނާޝިދު (ނާދު) އެވެ. އޭނާ ވަކިވިއިރު ސަސް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. މޯހަން ހަވާލުވެ ސަސް މިހާތަނަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ރޭ ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ވަނީ ސަސް 5-1 އިން ބަލިވެފަ އެވެ.

ޔޫވީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ކުޅުންތެރިންގެ ފަރާތުން ފެންނަ ކަންތައްތަކަށް ބަދަލެއް އަންނަން ޖެހޭ ކަމަށާއި އެކަން އެހެން ނުވެއްޖެނަމަ ސަސް ޖެހޭނީ ރެލިގޭޝަނުގައި ކުޅެން ކަމަށް މޯހަން ބުންޏެވެ.

"ކުޅުންތެރިން (މަސައްކަތްކުރުމާއި ހިތްވަރު ކުރުމުގެ) އެ އެޓިޓިއުޑް ނެތިއްޔާ ހަމަ ރެލިގޭޝަނަށް ތައްޔާރުވާން ޖެހޭނީ. މިހާރުއްސުރެން އެނގުނިއްޔާ ކަންނޭނގެ އެކަމަށް ވިސްނައިގެން ނަގައިގަންނަން އެނގޭނީ. މިހާރު އެ ކުޅުންތެރިންނަށް އެބަޖެހޭ އެނގެން މި އެޓިޓިއުޑުން މޮޅެއް ނުވާނެކަން. އެޓިޓިއުޑް ބަދަލުކުރަންޖެހޭކަން،" ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.

"ބަލިވާތަނުގައި ކުޅުންތެރިން އެ ދައްކަން ޖެހޭ އެ ހިތްވަރު ނުދެއްކުނު. އެޓިޓިއުޑް ވަރަށް ދަށްކޮށް މި ފެނުނީ. ކުރިއަށް އޮތްތަނަށް ވަރަށް މަސައްކަތްކުރަން ޖެހޭ،"

މި ފަހަރު ލީގު ރޭވިފައި އޮތްގޮތުން ލީގުގެ ތިން ބުރު ކުޅުމަށް ފަހު އެންމެ ފުލަށް ދާ ދެ ޓީމެއް ޖެހޭނީ ދެ ވަަނަ ޑިވިޝަނުގެ ޗެމްޕިއަން އަދި ރަނަރަޕާ އެކު ރެލިގޭޝަން ބުރެއް ކުޅޭށެވެ. އެ ތަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށް އަންނަ ސީޒަނުގެ ލީގުން ޖާގަ ލިބޭނެ އެވެ. ސަސް އިން މި އަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ މިދިޔަ އަހަރުގެ ދެ ވަަނަ ޑިވިޝަން ރަނަރަޕްގެ ހައިސިއްޔަތުންނެވެ.

މި ވަގުތު ރެލިގޭޝަން ޒޯނުގައި އޮތީ 13 މެޗުން 12 ޕޮއިންޓާ އެކު އޮތް ސަސް އާއި 13 މެޗުން 9 ޕޮއިންޓް ހޯދާފައިވާ ޔޫވީ އެވެ.

މޯހަން ބުނީ ކުރިން މެޗުތަކުގައި ސަސްގެ ފަރާތުން ފެނުނު ރޫހު ރަނގަޅު ކަމަށާއި ޔުނައިޓެޑް ވިކްޓްރީ މެޗުގައި މި ދިމާވީ ރަނގަޅަކަށް ނޫން ކަމަށެވެ.

"ކުރިން މެޗުތަކުގައި ވަރަށް ރަނގަޅަށް ގޮސްފައި މިއަދު (ރޭ) މިހެން މިވީ. ބައްޔެއްވާއިރު އަދި ކިރިޔާ މި އިނގުނީ ކިހިނެއްތޯ މި ޓީމުގެ ކުޅުންތެރިންގެ ގިނަ ކުޅުންތެރިންގެ އެޓިޓިއުޑް މި ހުންނަނީ. އެއަށް ވަރަށް އަވަހަށް ހައްލެއް އައުން އެއީ މުހިއްމު ކަމެއް،" މި ސީޒަން ފެށިއިރު އީގަލްސްގައި ހުރި މޯހަން ބުންޏެވެ.

މޯހަން ބުނީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ނެތް ކުޅުންތެރިންގެ ވާހަކަ ދެއްކުމަކީ އެއްވެސް މުހިއްމުކަމެއް ނޫން ކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓްރީ މެޗުގައި ފެނުނު ކަންތައްތަކަށް ބަލާއިރު ކުރިއަށް ހުރި މެޗުތަކުގައި ޓީމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތް ކަމަށް މޯހަން ބުންޏެވެ.

ލީގުގެ ދެ ވަނަ ބުުރުގައި ސަސް ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox