ލުބްނާން ރައްޔިތުންނަށް އުނދަގޫ ރޯދަ މަހެއް، ކާބޯތަކެތީގެ އަގުތައް އަތް ނުފޯރާ ފަށުގައި

ލުބްނާނުގެ ސުޕަމާކެޓެއްގެ ތެރޭގައި މީހަކު ހިނގާފައި ދަނީ. ގިނަ އާއިލާތަކަށް ރޯދަ ވީއްލާނެ ކާ އެއްޗެހި ހޯދަން ވެސް ވަނީ ދަތިވެފައި. -- ފޮޓޯ: ރޮއިޓާޒް

ލުބްނާނުގެ ސުޕަމާކެޓެއްގެ ތެރޭގައި މީހަކު ހިނގާފައި ދަނީ. ގިނަ އާއިލާތަކަށް ރޯދަ ވީއްލާނެ ކާ އެއްޗެހި ހޯދަން ވެސް ވަނީ ދަތިވެފައި. -- ފޮޓޯ: ރޮއިޓާޒް

ގިނަ އަހަރުތަކަކަށް ފަހު ލުބްނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް އަރާ ރޯދަ މަހު ރޯދަ ވީއްލާނެ ގޮތެއް ހޯދަން އާއިލާތަކަށް ގޮންޖެހުމާ ކުރިމަތިވެއްޖެ އެވެ.

"އަގުތައް ވަނީ ހައްދުން ނައްޓާފައި އަދި ރޯދަ މަހު އިތުރަށް އަގުތައް މަތިވީ. ކުޑަ ސެލެޑު ތައްޓެއްގެ އަގު މި އަހަރު އުޅެނީ ހަ ގުނަ މަތީގައި،" ވެރިރަށް ބެއިރޫތުގައި ދިރިއުޅޭ އުމް އަހްމަދު އަލްޖަޒީރާ ނޫހަށް ކިޔައިދިނެވެ.

"އަހަރުމެން ދެން ކިހިނެއް ހަދާނީ؟ ސަލާން ޖަހާނީ ތަ؟ ސަލާން ޖެހުމުގެ އާދަ އަހަރުމެންގެ ގައިގާ ނެތް."

ބެއިރޫތުގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާއާ ހަވާލަދީ އެ ނޫހުން ބުނީ ލުބްނާނުގެ އެތައް މިލިއަން މީހުންނަށް ކާ ތަކެއްޗަކީ "ލަގްޒަރީ" އަށް ވަމުންދާ ކަމަށެވެ.

ލުބްނާނުގެ އިގްތިސާދު އާދަޔާ ހިލާފަށް ގޯސްވެ، އިންފްލޭޝަން ކޮންޓްރޯލުން ނެއްޓުމުން، ތަކެތި ގަތުމުގެ ބާރު ރައްޔިތުންގެ ކިބައިން ވަނީ ގެއްލިފަ އެވެ.

މާޗް މަހުގެ ކުރީކޮޅު ލުބްނާނުގެ 10،000 ޕައުންޑަކީ އެއް އެމެރިކާ ޑޮލަރުގެ ގޮތުގައި އަގު ކުރެވުނު ނަމަވެސް ލުބްނާން ޕައުންޑްގެ އަގު ވަނީ އޭޕްރިލް މަސް ފެށިއިރު 15،000 އަށް ވެއްޓިފަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރަށް ފަހު ލުބްނާން ޕައުންޑުގެ އަގު ވަނީ ގާތްގަނޑަކަށް 90 ޕަސަންޓު ވެއްޓިފަ އެވެ.

"ކުރިން އެއް ކިލޯގެ ތަރުކާރީ ގަންނަ މީހުން މިހާރު ގަންނަނީ ބައި ކިލޯ. އެހެން ބައެއް މީހުން ގަންނަނީ ކިލޯ ނުކިރާ ވަކިވަކި އެތިކޮޅުކޮޅުން.. ބައެއް މީހުން އަގުތައް އެނގުނީމަ ހުސް އަތާ އެނބުރި ގެޔަށް ދަނީ،" ތަރުކާރީ ވިއްކާ އަހްމަދު ކިޔާ މީހަކު ބުނެފައި ވެއެވެ.

އަގުތައް މަތިވެއްޖެ، މުސާރަ މައްޗެއް ނުވޭ

ލުބްނާނަށް ބޭނުންވާ ގިނަ ކާބޯތަކެއްޗަކީ އިމްޕޯޓު ކުރާ ތަކެއްޗެވެ. ނަމަވެސް ސަރުކާރަށް ޑޮލަރު ލިބުން ދަތިވެ، ކާ އެއްޗެހި ލިބުން ވެސް ވަނީ މަދުވެފަ އެވެ.

"އަހަރުމެންގެ މުސާރަ ބަދަލެއް ނުވޭ، އެކަމަކު ތަކެތީގެ އަގުތައް މަތިވެއްޖެ،" ބެއިރޫތުގައި ދިރިއުޅޭ ހަނާ ސަދާރު ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

ސަރުކާރުން ފުށަށް ސަބްސިޑީ ފޯރުކޮށްދިން ނަމަވެސް، ޕާނުގެ އަގު ވެސް ވަނީ މަތިވެފަ އެވެ. މަހެއްގެ ކޮންމެ ދުވަހަކު އެއް ޕާން ގަންނަ ނަމަ އެންމެ ކުޑަ އުޖޫރައިގެ 10 ޕަސަންޓު އިތުރަށް މިހާރު އަރަ އެވެ.

މި ދަނޑިވަޅުގައި އެހީދޭ ޖަމިއްޔާތަކުން އަންނަނީ ހާލުގައި އުޅޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. ތަކެތީގެ އަގުތައް އިތުރުވަމުންދާ ވަރަކަށް، ފަސް މިލިއަންގެ އާބާދީއެއް އޮތް ލުބްނާނުގެ ވަޒީފާ ގެއްލޭ މީހުން ވެސް ދަނީ އިތުރުވަމުންނެވެ.

މާޔާ ޓެރޯ އަކީ ލުބްނާނުގެ 1600 އާއިލާއަށް ކޮންމެ މަހަކު ވެސް ކާ އެއްޗެހި ފޯރުކޮށްދޭ "ފުޑް ބްލެސްޑް" ޖަމިއްޔާގެ ފައުންޑަރެކެވެ.

"އާއިލާތަކުން ބުނޭ މި މަހު ކާ އެއްޗެހީގެ އެހީ ނުލިބިއްޖެ ނަމަ ތިބެން ޖެހޭނީ ރޯދަ ނުވިއްލައޭ ނޫނީ ކުރިން ކާ ވަރަށް ވުރެ މަދުން ކައިގެންނޭ،" އޭނާ އަލްޖަޒީރާއަށް ބުންޏެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި އިގްތިސާދީ އަދި އިޖުތިމާއީ ތަފާތުތައް ބޮޑުވެ، ލުބްނާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި އާއިލާއިން ދިރިއުޅެމުން ދަނީ ފަގީރުކަމުގަ އެވެ.

ގައުމުގެ ހާލަތާ މެދު ހިތްހަމަނުޖެހި މިދިޔަ މަހު ރައްޔިތުން ނިކުމެ މުޒާހަރާކޮށް މަގުތައް ވެސް ބަންދު ކުރި އެވެ.

އެކަމަކު ހާލަތު މިހެން އޮތް އިރު، ސިޔާސީ ވާދަވެރިންގެ ކޯޅުމުގެ ސަބަބުން ކަންކަން ރަނގަޅުވާނެ ކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. ބޮޑުވަޒީރު ސާދް ހަރީރީ އާއި ރައީސް މިޝޭލް އައޫން ކަންބޮޑުވެ ވަޑައިގަންނަވަނީ އާ ސަރުކާރު އެކުލަވާލާނެ ގޮތާއި މިނިސްޓްރީތައް ބަހާނެ ގޮތަކާ މެދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox