ޔޫކޭގައި މާބަނޑު މީހުން ފައިޒާ އަދި މޮޑާނާގެ ވެކްސިން ޖަހަން ލަފާ ދީފި

ޔޫކޭގެ ހޮސްޕިޓަލެއްގައި މޮޑާނާ ވެކްސިނުގެ ޑޯޒެއް ދިނުމަށް ނަރުހަކު ތައްޔާރު ވަނީ. މިހާތަނަށް ހެދި ދިރާސާތަކުން ދައްކަނީ މި ވެކްސިން މާބަނޑު މީހުންނަށް ރައްކާތެރި ކަމަށް.-- ފޮޓޯ: ރޮއިޓާޒް

ޔޫކޭގެ ހޮސްޕިޓަލެއްގައި މޮޑާނާ ވެކްސިނުގެ ޑޯޒެއް ދިނުމަށް ނަރުހަކު ތައްޔާރު ވަނީ. މިހާތަނަށް ހެދި ދިރާސާތަކުން ދައްކަނީ މި ވެކްސިން މާބަނޑު މީހުންނަށް ރައްކާތެރި ކަމަށް.-- ފޮޓޯ: ރޮއިޓާޒް

އިނގިރޭސިވިލާތުގައި އުޅޭ މާބަނޑު މީހުންނަށް ކޮވިޑުން ރައްކާތެރިވުމަށް ފައިޒާ ނުވަތަ މޮޑާނާއިން އުފެއްދި ވެކްސިން ދޭން އެ ގައުމުގައި ވެކްސިންތަކާ ގުޅޭ ލަދާފޭ އިދާރާއިން އަންގައިފި އެވެ.

ޖޮއިންޓް ކޮމިޓީ އޮން ވެކްސިނޭޝަން އެންޑް އިމިއުނައިޒޭޝަން (ޖޭސީވީއައި) އިން ބުނީ މާބަނޑު މީހުންނަށް އެ ދެ ވެކްސިން ދީގެން ރައްކާތެރި ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.

އެގޮތުން އެމެރިކާގައި 90،000 އެއްހާ މާބަނޑު މީހުންނަށް އެ ދެ ވެކްސިން ދިން ކަމަށާއި އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭ ކަމެއް ފެނިފައި ނުވާ ކަމަށެވެ.

Advertisement

"މި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، ޖޭސީވީއައި އިން ލަފާދެނީ ފައިޒާ-ބަޔޯއެންޓެކް އަދި މޮޑާނާ ވެކްސިން ލިބެން ހުރި ހާލަތްތަކުގައި އިނގިރޭސިވިލާތުގައި އުޅޭ މާބަނޑު މީހުންނަށް ވެކްސިން ދިނުމަށް،" އެ ތަނުން ބުންޏެވެ.

"އެހެން ވެކްސިންތަކަކީ މާބަނޑު މީހުންނަށް ނުރައްކާތެރި އެއްޗެއް ކަމަށް ދައްކައިދޭ އެއްވެސް ހެއްކެއް މިހާތަނަކަށް ނެތް. ނަމަވެސް އިތުރު ދިރާސާ ބޭނުންވޭ".

މީގެ ކުރިން އިނގިރޭސިވިލާތުން މާބަނޑު މީހުންނަށް ލަފާދިނީ ކޮވިޑާ ދެކޮޅަށް ވެކްސިން ނުޖެހުމަށެވެ. އެއީ މިހާރު ބޭނުން ކުރާ ވެކްސިންތައް މާބަނޑު މީހުންނަށް ދީގެން ރައްކާތެރިތޯ ބެލުމަށް ކުރިން އެއްވެސް ދިރާސާއެއް ހަދާފައި ނުވާތީ އެވެ.

"އަޅުގަނޑު ހުރިހާ މާބަނޑު އަންހެނުންނަށް ގޮވާލަނީ ވެކްސިން ޖެހުމަށް ކަމާ ބެހޭ އިދާރާއިން ގުޅުމުން އެކަމަށް އިޖާބަދީ، ވެކްސިނުގެ ސަބަބުން ލިބިދާނެ ފައިދާ އާއި ގެއްލުން ޑޮކްޓަރަކާއެކު މަޝްވަރާ ކުރުމަށް،" އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހޭންކޮކް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ދާދި ފަހުން ވަނީ އުމުރުން 30 އަހަރުގެ އެންމެންނަށް އޮކްސްފޯޑް ވެކްސިނުގެ ބަދަލުގައި އެހެން ވެކްސިނެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުމަށް ލަފާދީފަ އެވެ. އެގޮތަށް އެންގީ އެ ވެކްސިން ޖެހި ވަރަށް މަދު މީހުންގެ ސިކުނޑީގައި ލޭގަނޑުވުމުގެ މައްސަލަ ދިމާވެފައ ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox