ދޫނިދޫގައި އަނިޔާކުރި ކަމަށް އާއިލާގެ ބޮޑު ތުހުމަތެއް، މައްސަލަ ބަލަނީ

ފުލުހުންތަކެއް މަގެއްގެ މަތީގައި: ދޫނިދޫގައި ބަންދުކޮށްފައި ހުރި މީހަކަށް އަނިޔާކުރި ކަމަށް އާއިލާ އިން ވަނީ ތުހުމަތުކޮށްފައި. -- ފޮޓޯ / މޯލްޑިވްސްއިންޑިޕެންޑެންޓް

ފުލުހުންތަކެއް މަގެއްގެ މަތީގައި: ދޫނިދޫގައި ބަންދުކޮށްފައި ހުރި މީހަކަށް އަނިޔާކުރި ކަމަށް އާއިލާ އިން ވަނީ ތުހުމަތުކޮށްފައި. -- ފޮޓޯ / މޯލްޑިވްސްއިންޑިޕެންޑެންޓް

ދޫނިދޫގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ގޮޅިން ނެރެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށް، ވީތަނެއް ނާންގައި "ގެއްލުވާލާފައިވާ" ކަމަށް އާއިލާ އިން ތުހުމަތުކުރުމުން މައްސަލަ ބަލަން ފަށައިފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ތ. ތިމަރަފުށީ، އަސްރަފީވިލާ އަހްސަން މުހައްމަދު، 34 އަށް ލާއިންސާނީ އަނިޔާކޮށްފައިވާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަނިޔާއަށް ފަހު އޭނާއަށް ވީގޮތެއް އަންގައިދޭން ފުލުހުންގެ ކިބައިން އެދުމުން ވެސް އެއްވެސް ޖަވާބެއް ނުދިން ކަމަށް އާއިލާ އިން ބުނެ އެވެ.

އަހްސަން ހައްޔަރުކުރީ، އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ހިތްވަރުދީ ރާވަމުން ދިޔަ ކަމުގެ ތުހުމަތަށެވެ. އޭނާއާ އެކު ހައްޔަރުކުރި ހަތް މީހެއްގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.

ޖަލުގައި އަހްސަންއާ ދޭތެރޭގައި އަމަލުކުރި ގޮތާއި ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުންކުރުމުން އާއިލާ އިން ކުރި ޝަކުވާ ސާފުކޮށްދެމުން ފުލުހުން މިރޭ ބުނީ އަހްސަން ގޮޅިން ބޭރަށް ނެރެން ޖެހުނީ ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި މަސައްކަތްތައް ކުރަމުން ދިއުމުންނެވެ. ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އޭނާ ގޮޅިން ބޭރަށް ނެރުނީ ފުލުހުން ބުނިގޮތުގައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ އަށެއް ޖެހި އިރެވެ. އޭނާ އަށް ފުލުހުން އެންގީ ކެމެރާގައި އުނގުޅާފައި ހުރި ދަތް އުނގުޅާ ބޭސް ސާފުކުރުމަށާއި ކެމެރާ ބްލައިންޑް ކުރަން ބޭނުންކުރާ ތަކެތި ގޮޅިން ނެރުމަށެވެ.

ފުލުހުން ބުނިގޮތުގައި އޭގެ ފަހުން އޭނާ ގޮޅިއަށް ވަނުމަށް އެދުނެވެ.

އެކަމަކު ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ގޮޅިއަށް ވަންނަން އަހްސަން ދެކޮޅު ހަދައި އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރު ދިން ކަމަށެވެ. ސުލްހަވެރިކަމާ އެކު އޭނާ ގޮޅިއަށް ވައްދަން ކުރި މަސައްކަތުގައި ވެސް ދެއްކީ، ފުލުހުން ބުނިގޮތުގައި، ނުކިޔަމަންތެރިކަމެވެ.

"އަހްސަން މުހައްމަދު ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުންވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އަހުސަން މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވައިފަ އެވެ،" ކަން ހިނގި ގޮތް ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

އޭނާ ގޮޅިއަށް ވެއްދީ ބާރުގެ ބޭނުންކޮށްގެން ކަަމަށް ފުލުހުން އެއްބަސްވެ އެވެ. އެކަމަކު އަނިޔާއެއް ލިބުނުތޯ ސާފުކޮށެއް ނުދެ އެވެ. އެކަމުގައި ފުލުހުން އަމަލުކުރީ ގާނޫނާއި ގަވާއިދުތަކާއި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން އަންނަނީ ބަލަމުންނެވެ.

އިޖުރާތުތަކާއި ޚިލާފަށް އަމަލުކޮށްފައިވާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދިނެވެ.

އަހްސަން ހިމެނޭ ގޮތުން ތިމަރަފުށިން ހައްޔަރުކުރި މީހުންގެ މަގްސަދަކީ އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުން ކަަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ދޯންޏެއްގެ ތެރޭގައި އައިއީޑީއެއް ގޮއްވާލަން އުޅުމުގެ އިތުރުން ތިމަރަފުށީ ސްކޫލްގައި އިމްތިހާނެއް ހަދަނިކޮށް ލެބޯޓްރީ ގޮއްވާލަން ރޭވި ކަމުުުގެ ތުހުމަތު އެ މީހުންގެ މައްޗަށް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox