އިންތިހާބަށް ހޯދި ރައްކާތެރިކަމުގެ ސާމާނު ހަދިޔާ ކުރަނީ

ވޯޓުލާ މަރުކަޒަކުން މީހެއްގެ ޓެމްޕަރޭޗަރު ބަލަނީ: އިންތިހާބަށް ހޯދި ބައެއް ސާމާނު ހަދިޔާ ކުރަން އީސީން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ވޯޓުލާ މަރުކަޒަކުން މީހެއްގެ ޓެމްޕަރޭޗަރު ބަލަނީ: އިންތިހާބަށް ހޯދި ބައެއް ސާމާނު ހަދިޔާ ކުރަން އީސީން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރި ހުން ބަލާ ތާމޯމީޓަރު ފަދަ ތަކެތި ދައުލަތުގެ އެކި އިދާރާތަކަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވީ ރައްކާތެރި ކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ކޮމިޝަނުން ވަނީ އަތް ދޮންނަ ސެނަޓައިޒާ އާއި ފޭސް ޝީލްޑާއި ހުންބަލާ ތަމޯމީޓަރު ފަދަ ތަކެއްޗަށް ދެ މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުން ކުރި ބައެއް ތަކެއްޗަކީ ކުރިއަށް އޮތް ތަނުގައި އެ ކޮމިޝަނުން ބޭނުން ކުރަން ޖެހޭނެ ތަކެތި ނޫން ކަމަށެވެ. އެހެންވެ ގާނޫނާ އެއްގޮތަށް އެ މުދާ ދައުލަތުގެ އެކި މުއައްސަސާތަކަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭޏާ ވިދާޅުވި އެވެ.

"ދައުލަތުގެ ފައިސާއިން ހަރަދުކޮށްގެން އެ ގަނެފައި އެބޭނުން ކުރެވޭނެ ގޮތެއް ހަދަން އަޅުގަނޑުމެން ބޭނުންވޭ. އެތަކެތި ވޭސްޓް ވިޔަ ނުދޭނަން. މާލިއްޔަތުގެ ގާނޫނުގެ ތެރެއިން އެކަން ކުރެވެން އޮތް ގޮތަށް ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

ސިއްހީ ގޮތުން ރައްކާތެރިވުމަށް ކޮމިޝަނުން ގަތް ތަކެތި ހަދިޔާ ކުރުމުގެ ކަންކަން ކުރާނީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް ފަހުގައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox