އަލީބާބާއަށް ކުރި ޖޫރިމަނާ ގަބޫލުކޮށް ހިންގުމަށް ބަދަލު ގެންނާނެ ކަމަށް ބުނެފި

ޗައިނާއިން ވަނީ އަލީބާބާ ކުންފުނި ދެ ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި-- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާއިން ވަނީ އަލީބާބާ ކުންފުނި ދެ ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި-- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ މާކެޓުގައި އެއް ކުންފުންޏަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ފައިދާ ލިބިގަތުމާ ދެކޮޅަށް އެކުލަވާލާފައިވާ "އެންޓި މޮނޮޕޮލީ" ގަވާއިދާ ހިލާފުވުމުން އަލީބާބާ ކުންފުންޏަށް ކުރި 2.75 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ގަބޫލުކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއީ އެފަދަ ގަވާއިދަކާ ހިލާފުވެގެން ޗައިނާގައި ކުންފުންޏަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ. އެ އަދަދަކީ 2019 ވަނަ އަހަރު އަލީބާބާއަށް ލިބުނު އާމްދަނީގެ ހަތަރު ޕަސެންޓަށް ވާ މިންވަރެވެ.

އަލީބާބާ ޖޫރިމަނާކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ފެށި ތަހުގީގަކަށް ފަހު އެވެ. އެ ތަހުގީގުން އެނގުނު ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން މާކެޓުގައި ލިބިފައިވާ ކުރިއެރުމުގެ ބޭނުން ހިފާ އަލީބާބާއިން ދިޔައީ އެ ކުންފުނީގެ ޕްލެޓްފޯމް ބޭނުންކުރާ ވިޔަފާރިވެރިންނަށް އެހެން އީކޮމާސް ޕްލެޓްފޯމުތައް ބޭނުން ކުރުމަށް ހުރަސްއަޅަމުންނެވެ.

އަލީބާބާ ގްރޫޕުގެ އެގްޒެކްޓިވް ވައިސް ޗެއާމަން ޖޯ ޒައި ވިދާޅުވީ ތަހުގީގު ނިމުމުން ހިތްހަމަޖެހޭ ކަމަށާއި އަލީބާބާ ފަދަ ޕްލެޓްފޯމުތަކުގެ މުހިއްމުކަން އިތުރުވާ ވަރަކަށް ރެގިއުލޭޓަރުންގެ ސަމާލުކަން އެ ޕްލެޓްފޯމުތަކަށް ލިބެމުންދާނެ ކަމަށެވެ.

އޭގެ އިތުރުން އަލީބާބާއާ ގުޅޭ މިފަދަ އިތުރު ތަހުގީގެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އަލީބާބާ އާއި ވާދަވެރި އެހެން ކުންފުނިތަކުން ވިޔަފާރި ފުޅާ ކުރާ ގޮތް ރެގިއުލޭޓަރުން ގާތުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

އަލީބާބާއިން ބުނީ އެހެން އީކޮމާސް ޕްލެޓްފޯމުތައް ބޭނުން ކުރަން ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލަން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިކޯޑު އަދަދަކުން އަލީބާބާ ޖޫރިމަނާކޮށްފައި ވާއިރު، މިދިޔަ އޮކްޓޯބަރު މަހު ކުންފުނީގެ ފައުންޑަރު އަދި ބިލިއަނަރު ޖެކް މާ ވިދާޅުވީ ރެގިއުލޭޓަރީ އިދާރާތަކުގެ ސަބަބުން ވިޔަފާރިތައް ފުޅާ ކުރުމަށާއި އާ އީޖާދުތައް ނެރުމަށް ހުރަސް އެޅެމުންދާ ކަމަށެވެ.

ޖެކް މާ އެގޮތަށް ފާޑުވިދާޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރެގިއުލޭޓަރުން ވަނީ އަލީބާބާއާ ގުޅިފައިވާ އޭންޓް ގްރޫޕުން ހިއްސާ ބާޒާރަށް ވަންނަން ކުރި މަސައްކަތް ހުއްޓުވާފަ އެވެ.

އަލީބާބާގެ އިތުރުން އެހެން ބޮޑެތި ކުންފުނިތަކަށް ވެސް އަންނަނީ ރެގިއުލޭޓަރުންގެ ފިއްތުންތަކާ ކުރިމަތިވަމުންނެވެ. ޗައިނާ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަނުން މިދިޔަ މަހު ބުނީ އެންޓި މޮނޮޕޮލީ ގަވާއިދުތަކާ ހިލާފުވި 12 ކުންފުންޏެއް ޖޫރިމަނާ ކުރި ކަމަށެވެ.

އެ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓެންސެންޓް، ބައިދޫ އަދި ޑީޑީ ޗުޝިން އަކީ ޗައިނާގެ އެންމެ ބޮޑު ޓެކް ކުންފުނިތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox