އިނގިރޭސި ބޮޑުވަޒީރު، ފިލިޕްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިނުގަންނަވާނެ

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން-- ފޮޓޯ: ސްކައި ނިއުސް

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން-- ފޮޓޯ: ސްކައި ނިއުސް

އިނގިރޭސި ރާނީގެ ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ، އަމީރު ފިލިޕްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން އިއުލާނު ކުރި ގޮތުގައި އެގޮތަށް ނިންމީ ކޮވިޑުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ އުސޫލުގެ ދަށުން ޝާހީ އާއިލާގެ ގިނަ މެމްބަރުންނަށް ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ފުރުސަތު ދިނުމަށެވެ.

މިދިޔަ ހުކުރު ދުވަހު އުމުރުފުޅުން 99 އަހަރުގައި އަވަހާރަވި ފިލިޕްގެ ޖަނާޒާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ޖަނާޒާގައި ބައިވެރިވެވޭނީ އެންމެ 30 މީހުންނަށެވެ. އެހެންކަމުން އެ ފުރުސަތު ލިބޭނީ ރާނީ އެލިޒަބަތު ދެ ވަނަ އާއި ފިލިޕްގެ ހަތަރު ދަރިކަލުން އަދި އަށް ކާފަ ދަރިކަލުންނާއި އެންމެ ގާތް އާއިލީ މެމްބަރުންނަށެވެ.

Advertisement

ފިލިޕް އަވަހާރަވުމުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އަމީރު ޗާލްސް އިއްޔެ ވިދާޅުވީ ބައްޕާފުޅަކީ ވަރަށް ހާއްސަ ބޭފުޅެއް ކަމަށެވެ. އަދި ބައްޕާފުޅު ވަކިވެގެން ދިޔަ މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ހިތްވަރު ލިބެނީ ދޫކުރެއްވި ހަނދާންތަކުން ކަމަށް ޗާލްސް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ފިލިޕްގެ ޖަނާޒާ ޓީވީތަކުން ދައްކާނެ އެވެ. އެ ޖަނާޒާގައި ބައިވެރިވުމަށް ދައުވަތު ލިބޭ މީހުންގެ ލިސްޓު ހާމަކުރާނީ ބުރާސްފަތި ދުވަހު އެވެ.

ކޮވިޑްއާ ގުޅިގެން ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ނެތް އިރު، ޝާހީ އާއިލާއިން އެދިވަޑައިގެންނެވީ ޖަނާޒާ އޮންނަ ސެއިންޓް ޖޯޖް ޗެޕަލް ކައިރިއަށް މީހުން ޖަމާނުވުމަށެވެ.

އޭގެ އިތުރުން ފިލިޕްގެ ހަނދާނުގައި މާބޮނޑި ބެހެއްޓުމުގެ ބަދަލުގައި މީހުންނަށް އެހީވާ ޖަމިއްޔާއަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ވެސް ޝާހީ އާއިލާއިން އެދިވަޑައިގެންފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox