އުރުދުންގެ ޝާހީ ކޯޅުންގަނޑުން ރަސްގެފާނަށް ފުން އަސަރެއް ކުރުވައިފި

ރަސްގެފާނު އަބްދުﷲ -- ފޮޓޯ: ރޮއިޓާޒް

ރަސްގެފާނު އަބްދުﷲ -- ފޮޓޯ: ރޮއިޓާޒް

އުރުދުންގައި ބަގާވަތްކޮށް ހަމަނުޖެހުން ހިންގަން އުޅުމުން ކުރެއްވުނު ފުން އިހުސާސުތައް ރަސްގެފާން އަބްދުﷲ ހާމަކުރައްވައިފި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝާހީ ކޯޅުންގަނޑުގެ ސަބަބުން "ހައިރާންވެ، ދެރަވެ، ރުޅިއައި" ކަމަށެވެ. އަދި އެއީ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ދައުލަތުގެ ޓީވީގެ ޕްރެޒެންޓަރަކު އިއްވި ރަސްގެފާނު އަބްދުﷲ ގެ ބަޔާނުގައިވާ ގޮތުން މި ދިމާވި ގޮންޖެހުމަކީ އެމަނިކުފާނަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ގޮންޖެހުމެކެވެ.

އުރުދުންގައި ބަގާވާތް ކުރަން އުޅުނީ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން ހުސެއިން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މިއީ މި މައްސަލައިގައި ރަސްގެފާނު ވަކި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.

ރަސްގެފާނުގެ ވާހަކަފުޅުގައި މަސައްކަތް ކުރެއްވީ ކޯޅުންގަނޑު ނިމުމަކަށް އައިސްފައިވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

މި ވަކިވެގަތުމުގެ ފަހަތުގައިވާ ފަރާތްތައް އައީ އަޅުގަނޑުމެންގެ ގޭގެ [ޝާހީ ގަނޑުވަރު] ތެރެއިންނާއި ގޭގެ ބޭރުން. މީގެ ކުރިފެޅުމުގެ ކުރިން މި ވަނީ ބުރިކޮށްލާފައި. -- ރަސްގެފާނު އަބްދުﷲ

އެ ބަޔާނުގައިވާ ގޮތުން އަމީރު ހަމްޒާ ވަނީ ރަސްގެފާނަށް ވަފާތެރިވާނެ ކަމަށް ވައުދުވެ ވަޑައިގެން، ގައުމުގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ކުރިއަށް ނެރުއްވާފަ އެވެ.

އަމީރު ހަމްޒާ މިހާރު ހުންނެވީ އާއިލާ އާއެކު ގަނޑުވަރުގައި ކަމަށާއި ބަގާވާތުގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަމީރު ހަމްޒާ ވަނީ އެމަނިކުފާނު ގޭބަންދުގައި ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ ވެރިންނަކީ ކޮރަޕްޓް ބައެއް ކަމަށް ބީބީސީއަށް ފޮނުއްވި ވީޑިއޯއެއްގައި ސިފަކުރެއްވި އެވެ.

ހަމްޒާއަށް ތުހުމަތު ކުރަނީ ގަބީލާތަކުގެ ވެރިންނާ ގުޅިގެން ބަގާވަތް ކުރަން އުޅުނު ކަމަށެވެ. މި ރޭވުމުގައި ހިމެނޭ ކަމަށް ބެލެވޭ އިތުރު 16 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

އުރުދުންގެ ސަރުކާރުން އިއްޔެ ވަނީ ޝާހީ ކޯޅުންގަނޑާ ގުޅޭ ހަބަރު ފެތުރުން މަނާކޮށްފަ އެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ފެތުރުން މަނާ ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox