އިންޓަ އަށް 11 ޕޮއިންޓުގެ ލީޑެއް, ޔުވެންޓަސް ތިން ވަަނަ އަށް

Apr 8, 2021, 2:06 AM
ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

މިލާން (އޭޕްރީލް 8) - އިޓާލިއަން ލީގުގައި ރޭ ސަސުއޯލޯ އަތުން 2-1 އިން މޮޅުވެ އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓަށް ލީޑުފުޅާކުރިއިރު, އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނަޕޯލީ 2-1 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އިންޓަ އެއް ވަަނައިގައި އޮތީ 29 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 29 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. ތިން ވަނައިގައި ޔުވެންޓަސް އޮތީ 29 މެޗުން 59 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗު ފަށައިގެން 10 ވަަނަ މިނިޓްގައި އިންޓަ އަށް ލީޑުނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. އޭނާ މި ގޯލު ޖެހީ އެޝްލީ ޔަންގް ނަގައިދިން ހުރަހަކުން ބޮލުންނެވެ. އިންޓަ އިން ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެ ޓީމުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. ކައުންޓަ އެޓޭކެއްގައި ލުކާކޫ ދިން ބޯޅައަކުން މި ގޯލު ޖެހީ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އެވެ.

Advertisement

ސަސުއޯލޯގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ހާމެދް ޓްރައޯރޭ އެވެ.

އިންޓަ އިން 2010 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތްކުރަމުން އަންނައިރު, އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ބޮޑު ލީޑެއް ލިބުނަސް އަދި ލީގު ޔަގީންނުވާ ކަމަށާއި ދެން ހުރި މެޗުތަކުން ވެސް މޮޅުވާން ޖެހޭ ކަމަށް ބުނެފަ އެވެ.

ނަޕޯލީ ކޮޅަށް ރޭ ޔުވެންޓަސްގެ ގޯލުތައް ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައޮލޯ ޑިބާލާ އެވެ. މިއީ އަނިޔާއިން ރަނގަޅުވި ފަހުން ޑިބާލާ ކުޅުނު ފުރަތަމަ މެޗެވެ. ނަޕޯލީގެ ހަަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ އެވެ.

ލީގުގެ ރޭހުގައި ޔުވެންޓަސް ފަހަތުގައި އޮތްއިރު, އެ ޓީމުގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ މި ސީޒަނުގައި ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި ބޭނުންވަނީ އެ ކަންކަމުން ފިލާވަޅު ނަގައިގެން ދެން ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox