ޗައިނާއިން ހަމަލާދީފި ނަމަ އެންމެ ފަހު ވަގުތާ ޖެހެންދެން ރައްދު ދޭނަން: ޓައިވާން

ދުނިޔޭގެ ޗާޓަކުން ޗައިނާ އާއި ޓައިވާން ފެންނަ ސަރަހައްދު. ޓައިވާނު ފާހަގަކުރަން އެ ވަނީ ޓައިވާނާއި އެމެރިކާގެ ކުޑަ ދިދައެއް ޖަހާފައި. -- ފޮޓޯ: އޭޝިއާ ޓައިމްސް

ދުނިޔޭގެ ޗާޓަކުން ޗައިނާ އާއި ޓައިވާން ފެންނަ ސަރަހައްދު. ޓައިވާނު ފާހަގަކުރަން އެ ވަނީ ޓައިވާނާއި އެމެރިކާގެ ކުޑަ ދިދައެއް ޖަހާފައި. -- ފޮޓޯ: އޭޝިއާ ޓައިމްސް

ޗައިނާއިން ހަމަލާދީފި ނަމަ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައްދުގައި ހަމަލާ ދޭނެ ކަމަށް ޓައިވާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޓައިވާން ކައިރީގައި ޗައިނާއިން އަސްކަރީ ޑްރިލްތައް ބާއްވަމުން ދާތީ އެއީ އެ ގައުމުން ޓައިވާނަށް ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބުނެ އެމެރިކާއިން ވަނީ އިންޒާރު ދީފަ އެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ. ނަމަވެސް ޓައިވާނުން ދެކޭ ގޮތުގައި ޓައިވާނަކީ މިނިވަން ދައުލަތެކެވެ. ޗައިނާގެ އަސްކަރީ ޑްރިލްތައް ޓައިވާން ކައިރީގައި އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ބުނެފައި ވައިގެ ތަމްރީންތަކެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

"އަޅުގަނޑު އެނގިފައިވާ ގޮތުގައި މި ސަރަހައްދުގައި ކަންކަން ވަމުންދާ ގޮތް ބަލަމުންދާ އެމެރިކާ އިސްވެރިންނަށް ދަނީ ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދޭން އުޅޭކަން ވަރަށް ބޮޑަށް ފާހަގަވަމުން،" ފޮރިން މިނިސްޓަރު ޖޯސެފް ވޫއާ ހަވާލަދީ ރޮއިޓާޒްގައި ވެއެވެ.

"އަޅުގަނޑުމެން މި ތިބީ އެއްވެއް ސުވާލެއް ކުރުމެއް ނެތި އަމިއްލަ ދިފާއުގައި މަސައްކަތް ކުރަން ތައްޔާރަށް އަދި ހަނގުރާމަ ކުރަން ޖެހިއްޖެ ނަމަ ހަނގުރާމަ ވެސް ކުރާނަން. އެންމެ ފަހު ވަގުތާ ހަމައަށް ދިފާއު ވާން މަސައްކަތް ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނަން."

އެމެރިކާއިން އަންނަނީ ޓައިވާނުގެ އަސްކަރިއްޔާ ޒަމާނީކޮށް ވަރުގަދަ ކުރުމަށް ބާރު އަޅަމުންނެވެ. އެމެރިކާއިން ބޭނުންވަނީ ޗައިނާއިން ދީފާނެ ހަމަލާއަކަށް އެ ގައުމުން ތައްޔާރުވެފައި އޮތުމެވެ. ޓައިވާނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދީ، ބައިނަލްއަގްވާމީ މުޖުތަމައުގައި ޓައިވާނުގެ އެންމެ ބޮޑު ބައިވެރިއަކީ ވެސް އެމެރިކާ އެވެ.

ވޫ ވިދާޅުވީ ދިފާއީ ކަންކަމަށް ކުރާ ހޭދަ އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ޓައިވާނުން އަންނަނީ ޗައިނާއިން ހަމަލާއެއް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމަށް ހާއްސަ އަސްކަރީ ތަމްރީނެއް ބޭއްވުމަށް ރާވަމުންނެވެ. މި ތަމްރީނުގައި އަސްކަރިއްޔާގެ އިތުރުން ސިއްހީ ދާއިރާގެ ބައިވެރިވުން ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox