އުރުދުންގެ ޝާހީ ކޯޅުންގަނޑުގައި ސައުދީ އަރަބިއްޔާގެ ދައުރެއް ވޭތަ؟

އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި ސައުދީ ވަލީއަހުދު އަމީރު މުހައްމަދު ބިން ފައިސަލް-- ފޮޓޯ: ރޮއިޓާޒް

އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި ސައުދީ ވަލީއަހުދު އަމީރު މުހައްމަދު ބިން ފައިސަލް-- ފޮޓޯ: ރޮއިޓާޒް

އުރުދުންގައި ހިންގަން އުޅުނު ކަމަށް ބުނާ ބަގާވާތުގައި ސައުދީ އަރަބިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އުރުދުންގެ ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން ހުސެއިން ވަނީ ގޭ ބަންދުކުރައްވާފަ އެވެ. އެމަނިކުފާނަށް ކުރެއްވީ ބަގާވާތުގެ ތުހުމަތެވެ.

އެގޮތުން އަމީރު ހަމްޒާގެ ބޭބޭފުޅު އަދި ރަސްގެފާނު އަބްދުﷲ އަށް ފާޑުކިޔުމަށް ގަބީލާތަކުގެ ވެރިން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރި އެވެ.

Advertisement

އެކަމާ ގުޅިގެން ބީބީސީއަށް ފޮނުއްވި ވީޑިއޯއެއްގައި އަމީރު ހަމްޒާ ވަނީ ތުހުމަތުތައް ދޮގު ކުރެއްވުމަށް ފަހު، ސަރުކާރުގެ ވެރިންނަކީ ކޮރަޕްޓް ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ގައުމުގައި ނެތް ކަމަށާއި އެއްޗެއް ބުނެފި ނަމަ ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅާނެ ކަމުގެ ބިރުގައި ރައްޔިތުން އުޅެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހީ އާއިލާގެ އެ ކޯޅުންގަނޑު ހަމައަކަށް އެޅުވުމަށް ކުރި މަޝްވަރާތަކަށް ފަހު އިއްޔެ އަމީރު ހަމްޒާ ވަނީ ރަސްގެފާނު އަބްދުﷲ އަށް ވަފާތެރިވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ މައްސަލަ ހައްލުވަމުންދާ ކަމުގެ ނިޝާނެއް ނަމަވެސް، މި މައްސަލަ ފެށެން މެދުވެރިވުމުގައި ސައުދީ އަރަބިއްޔާއިން ދައުރެއް އަދާކުރި ކަމަށް ދަނީ ބެލެވެމުންނެވެ.

ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ވާހަކަތައް ދޮގު ކުރުމަށް ފަހު ބުނެފައި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އުރުދުންއަށް ވަޑައިގެން ރަސްގެފާނު އަބްދުﷲ އަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށެވެ.

ސައުދީއަށް ތުހުމަތު ކުރެވެނީ ކީއްވެ؟

ބަގާވާތެއްގެ އަޑުތައް ފެތުރުމާއެކު އުރުދުންގެ އޮފިޝަލުން ބުނެފައި ވަނީ އަމީރު ހަމްޒާ އާއި ބައެއް އެހެން އިސް ފަރާތްތަކުގެ އަމަލުތައް ހުރި ގޮތް ސަލާމަތީ ބާރުތަކުން ބަލަމުން ގޮސްފައިވާ ކަމަށެވެ. އަދި ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމުގެ ރޭވުމުގައި "ބޭރުގެ ބަޔަކު" ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގެ ފުނަށް ފީނާއިރު ފާހަގަވަނީ ދެ ކަމެކެވެ. އެއީ ހިތްހަމަނުޖެހިފައި ތިބި ގަބީލާތަކުގެ ވެރިންނާ އަމީރު ހަމްޒާ ބައްދަލުކުރެއްވުމާއި ބޭރުގެ ގައުމަކާ ގުޅުން ހުރި އިސް އޮފިޝަލުންތަކެއްގެ އަމަލުތަކެވެ. އަމީރު ހަމްޒާ ގޭ ބަންދުކުރެއްވި ދުވަހު އިތުރު 16 އޮފިޝަލުން ވެސް ހައްޔަރުކޮށްފައި ވެ އެވެ.

ހޮނިހިރު ދުވަހު ހައްޔަރު ކުރި އެންމެ އިސް އޮފިޝަލަކީ ބައްސާމް އަވާދަﷲ އެވެ. އޭނާއަކީ އުރުދުންގެ ޝާހީ ކޯޓުގެ ކުރީގެ ވެރިޔާ އެވެ. އަދި މިހާރު އެއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ އިގްތިސާދީ އެޑްވައިޒަރެވެ.

އޭނާގެ އަތުގައި އުރުދުން އާއި ސައުދީގެ ޕާސްޕޯޓު އޮވެ އެވެ. ވޮޝިންޓަން ޕޯސްޓުން ހަބަރު ފަތުރާ ގޮތުގައި އުރުދުންއަށް މި ވަގުތު ވަޑައިގެން އުޅުއްވާ ސައުދީ ފޮރިން މިނިސްޓަރުގެ ވަފުދުން އަންނަނީ ހައްޔަރުކޮށްފައި ހުންނެވި ބައްސާމް ނުލާ ފުރުމަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް ސައުދީން އެކަން ދޮގުކުރެ އެވެ.

އިގްތިސާދީ ގޮތުން ތަފާތު ދެ ގައުމު ނަމަވެސް ސައުދީ އާއި އުރުދުން އަކީ ވަރަށް އެއް ގޮތް ދެ ގައުމެވެ. ތާރީހީ ގޮތުން ދެ ގައުމުގެ ގުޅުން ގަރުނުތަކަށް ދެމިގެން ދާއިރު، ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި އުޅޭ ގަބީލާތަކުގެ ގުޅުން ވެސް ބޮޑެވެ.

އެހެންކަމުން އުރުދުން ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށް ސައުދީން މަސައްކަތް ކުރުމަކީ ނާދިރު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި އުރުދުންގެ ރަސްކަން ވެއްޓިއްޖެ ނަމަ މެދުއިރުމަތީގައި ނުރައްކާތެރި ކަންތައްގަނޑެއް ފެށުމުގެ ބިރު އޮތްކަން ވެސް އެ ސަރަހައްދުގެ ގައުމުތަކަށް އެނގެ އެވެ. ބަގާވާތެއްގެ ވާހަކަ ދެކެވުމާއެކު ރަސްގެފާނު އަބްދުﷲ އަށް ތާއީދު އޮތް ކަމަށް ގައުމުތަކުން ބުނަން ފެށީ އެހެންވެ ކަމަށް ބެލެވެ އެވެ.

އުރުދުން ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިއްޖެ ނަމަ އެކަން ވެގެން ދާނީ އަލް ގައިދާ އާއި އިސްލާމިކް ސްޓޭޓް ފަދަ ޓެރަރިސްޓް ގްރޫޕުތަކަށް ވެސް ހިތްވަރަކަށެވެ. އެއީ އުރުދުންއަކީ ހަމަނުޖެހުން ބޮޑު މެދުއިރުމަތީގެ ސުލްހަ ރަމްޒުކޮށްދޭ ގައުމު ކަމަށް ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox