ގޭ ބަންދުގައި ހުންނެވި އުރުދުންގެ އަމީރު ހަމްޒާ, ރަސްގެފާނަށް ބައިއަތު ހިއްޕަވައިފި

ރަސްގެފާނު އަބްދުﷲ (ކ) އަދި އަމީރު ހަމްޒާ-- ފޮޓޯ: ރޮއިޓާޒް

ރަސްގެފާނު އަބްދުﷲ (ކ) އަދި އަމީރު ހަމްޒާ-- ފޮޓޯ: ރޮއިޓާޒް

ސަރުކާރާ ދެކޮޅަށް ބަގާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ގޭ ބަންދުގައި ހުރި އުރުދުންގެ ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން ހުސެއިން، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ރަސްގެފާނު އަބްދުﷲ އަށް ބައިއަތު ހިއްޕަވައިފި އެވެ.

އަމީރު ހަމްޒާ މި ވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށް ވިދާޅުވާ ވީޑިއޯއެއް ހޮނިހިރު ދުވަހު ބީބީސީން ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެ އެވެ.

އެ ވީޑިއޯގައި އަމީރު ހަމްޒާ ވަނީ އެމަނިކުފާނާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ނަމަވެސް ސަރުކާރުގެ ވެރިންނަކީ ކޮރަޕްޓު ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

އަމީރު ހަމްޒާ މަސައްކަތް ކުރެއްވީ ގަބީލާތަކުގެ ވެރިންނާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބަގާވާތް ހިންގަން ކަމަށް ބޮޑުވަޒީރުގެ ނައިބު އައިމަން ސަފާދީ އިއްޔެ ތުހުމަތު ކުރައްވާފައި ވެއެވެ.

އަމީރު ހަމްޒާ ގޭ ބަންދުގައި ހުންނެވިއިރު، ބަގާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރަސްގެފާނު އަބްދުﷲ ގެ ކުރީގެ އެޑްވައިޒަރާއި ޝާހީ އާއިލާގެ އިތުރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.

ރަސްގެފާނަށް ބައިއަތު ހިއްޕެވުން

ޝާހީ އާއިލާގެ ތެރޭގައި ޖެހިފައިވާ މައްސަލަ ހައްލު ކުރަން މަޝްވަރާތައް ބޭއްވިތާ ގަޑިއިރުތަކެއް ފަހުން އުމުރުން 41 އަހަރުގެ އަމީރު ހަމްޒާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައުމުގެ ގާނޫނު އަސާސީ ދިފާއު ކުރައްވާނެ ކަމަށެވެ.

ބައެއް އޮފިޝަލުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި މައްސަލަ ހައްލު ކުރުމަށް ރަސްގެފާނުގެ ފަރާތްޕުޅުން އަމީރު ހަމްޒާއާ ވާހަކަފުޅު ދެއްކެވީ ބޮޑުބޭބޭފުޅު އަމީރު ހަސަން އެވެ.

"ރަސްގެފާނަށް އަޅުގަނޑު ބައިއަތު ހިފަން. އަޅުގަނޑު ދެމިހުންނާނީ އުރުދުންގެ ހާޝިމީ ރަސްކަމުގެ ގާނޫނު އަސާސީ ދިފާއު ކުރުމުގައި،" އަމީރު ހަމްޒާގެ ސޮއިއާއެކު ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ވެއެވެ.

އުރުދުންގެ ވަލީއަހުދުގެ ގޮތުގައި 2004 ވަނަ އަހަރާ ހަމައަށް ހުންނެވި އަމީރު ހަމްޒާގެ އަތްޕުޅުން އެ ލަގަބު ނެންގެވުމަށް ފަހު ވަލީއަހުދު ކަމަށް ކަނޑައަޅާފައިވަނީ މިހާރުގެ ރަސްގެފާނުގެ އަބްދުﷲ ގެ ދަރިކަލުންނެވެ. މިހާ ހާމަކަން ބޮޑު ގޮތެއްގައި ޝާހީ އާއިލާގެ ކޯޅުން ހާމަވާނެ ކަމަށް ކުރިން ބެލެވިފައެއް ނުވެ އެވެ.

އަމީރު ހަމްޒާއަކީ ކާކު؟

އަމީރު ހަމްޒާއަކީ ކުރީގެ ރަސްގެފާނު ހުސެން އާއި އެމަނިކުފާނު އެންމެ ލޯބިވެ ވަޑައިގެންނެވި އަނބިކަނބަލުން ރާނީ ނޫރަށް ލިބިވަޑައިގެންނެވި އެންމެ ދޮށީ ދަރިކަލުންނެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ތައުލީމް ހާސިލްކުރެއްވުމަށް ފަހު ހަމްޒާ ވަނީ އުރުދުންގެ އަސްކަރިއްޔާއަށް ހިދުމަތް ކުރައްވާފަ އެވެ.

އަމީރު ހަމްޒާއަކީ ވަލީއަހުދު ކަމަށް ކަނޑައެޅީ 1999 ގައެވެ. ބައްޕާފުޅު އަދި އޭރުގެ ރަސްގެފާނު ހުސެއިން، ހަމްޒާ ސިފަކުރެއްވީ އެމަނިކުފާނުގެ "ލޮލުގެ ނޫރު" ގޮތުގަ އެވެ. ނަމަވެސް ރަސްގެފާނު އަވަހާރަވުމާއެކު އަމީރު ހަމްޒާއަކީ ތަހުތުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރަށް ވުރެ ޒުވާން ބޭފުޅެއް ކަމަށް ކަނޑައެޅި އެވެ.

އެހެންކަމުން ހަމްޒާގެ ބަދަލުގައި ރަސްގެފާނަކަށް ވެވަޑައިގެންނެވީ އަބްދުﷲ އެވެ. ހަމްޒާއަކީ ވަލީއަހުދު ކަމަށް ކަނޑައަޅާފައި އޮތް އޮތުން ރަސްގެފާނު އަބްދުﷲ ބާތިލްކުރެއްވީ 2004 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox