އެސްޓްރަޒެނެކާ ވެކްސިން: ލޭ ގަނޑުވުމުގެ ނުރައްކާ އެބައޮތްތަ؟

ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން. މިއީ އެސްޓްރަޒެނެކާގެ ފޯމިއުލާއަށް ހަދާފައިވާ ވެކްސިނެއް. -- ފޮޓޯ: އީޕީއޭ

ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން. މިއީ އެސްޓްރަޒެނެކާގެ ފޯމިއުލާއަށް ހަދާފައިވާ ވެކްސިނެއް. -- ފޮޓޯ: އީޕީއޭ

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން މަދު އަދަދެއްގެ ބަޔެއްގެ ސިކުނޑީގައި ލޭ ގަނޑުވުން ނުވަތަ ކްލޮޓްވާކަން ވަނީ ފާހަގަވެފަ އެވެ.

"ސެރެބްރަލް ވެނަސް ސައިނަސް ތޮމްބްރޯސަސް (ސީވީއެސްޓީ)" ގެ ނަން ދީފައިވާ މައްސަލައިގެ ސަބަބުން ބައެއް ގައުމުތަކުން ވަނީ މި ވެކްސިން ވަކި އުމުރުގެ މީހުންނަށް ޖެހުން މެދުކަނޑާލާފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު، ފްރާންސް އަދި ކެނެޑާ ހިމެނެ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔޫރަޕިއަން މެޑިސިންސް އެޖެންސީން ބުނެފައި ވަނީ މި ވެކްސިނުން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު ކަމަށެވެ.

ސައިންޓިސްވެރިންނާއި ބޭހުގެ ރައްކާތެރިކަން ކަނޑައަޅާ އިދާރާތަކުން ދަނީ ސިކުނޑީގައި ލޭގަނޑުވެ، ސްޓްރޯކް ޖެހުމަށް މަގުފަހިވަނީ ސީދާ ވެކްސިނާ ގުޅިގެންތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވެކްސިނުގެ ސަބަބުން އެއްވެސް ނުރައްކަލެއް އޮތްތޯ އާއި އޭގެ ސަބަބުން ވެކްސިން ޕްރޮގްރާމުތަކަށް ކުރާނެ އަސަރު ދެނެގަތުމުގެ މަސައްކަތް ވެސް އެ މީހުން ދަނީ ކުރަމުންނެވެ.

ލޭ ގަނޑުވަނީ ވެކްސިނުގެ ސަބަބުންތައް؟

މިއީ މިހާތަނަށް ޖަވާބު ހޯދިފައި ނުވާ ސުވާލެކެވެ. ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން ބުނީ އެކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވިފައި ނުވާ ކަމަށާއި އެކަމަކު އެއީ ވެދާނެ ކަމެއް ކަމަށެވެ.

އެ އިދާރާއިން މަސައްކަތް ކުރަނީ ލޭ ގަނޑުވުމުގެ މައްސަލައަކީ ވެކްސިނުގެ ސައިޑް އިފެކްޓެއްތޯ ނުވަތަ ވެކްސިނާ ގުޅުމެއް ނެތް ކަމެއްތޯ ބެލުމަށެވެ. ނަމަވެސް މި މައްސަލަ ދިމާވަނީ ވަރަށް މަދު ބަޔަކަށް ކަމަށް ވާތީ، އޭގެ ޖަވާބު ހޯދަން ވަނީ ދަތިވެފަ އެވެ.

މި މައްސަލާގައި ބީބީސީއާ ވާހަކަދެއްކި ބައެއް ސައިންސްވެރިން ބުނެފައި ވަނީ ލޭ ގަނޑުވަނީ ލޭގެ ޕްލެޓެލެޓް ކައުންޓް ދަށްވާ ދަނޑިވަޅެއްގައި ކަމަށް ފާހަގަވެފައި ވާތީ އެކަމަށް ސަމަލާވާން ޖެހޭ ކަމަށެވެ.

އެހެން ސައިންސްވެރިން ބުނެފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށާއި ލޭ ގަނޑުވަނީ ކޮވިޑު ޖެހުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ ކަމަށެވެ. ކޮވިޑުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ވެސް ބައެއް ފަހަރު ލޭ ގަނޑުވުމުގެ މައްސަލަ ހިމެނެ އެވެ.

މިކަމުގެ ނުރައްކާ އޮތީ ކިހާ ވަރަކަށް؟

މި ވަގުތަށް ބަލާއިރު، ލޭ ގަނޑުވަނީ ވެކްސިނުގެ ސަބަބުން ކަމަށް ޔަގީންކަމާއެކު ބުނެވެން ނެތުމުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބެލެވިދާނެ އެވެ.

ޖަރުމަނުގެ ޕޯލް އާލިކް އިންސްޓިޓިއުޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެކްސިން ޖެހި 2.7 މިލިއަން މީހުންގެ ތެރެއިން "ސެރެބްރަލް ވެނަސް ސައިނަސް ތޮމްބްރޯސަސް" ދިމާވީ އެންމެ 31 މީހުންނަށެވެ. އޭގެ ތެރެއިން މަރުވީ ނުވަ މީހުންނެވެ.

މި މައްސަލާގައި އެންމެ ފަހުން ތަފާސްހިސާބު އެއް ކުރީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުގައި ވެކްސިން ޖެހި 18 މިލިއަން މީހުންގެ ތެރެއިން ލޭ ގަނޑުވީ 30 މީހެއްގެ އެވެ. އަދި މަރުވީ ހަތް މީހުންނެވެ.

ޔޫރަޕިއަން މެޑިސިންސް އެޖެންސީން ތަފާސްހިސާބު ދިރާސާ ކުރުމަށް ފަހު ބުނީ އުމުރުން 60 އަހަރުން ދަށުގެ އެސްޓްރަޒެނެކާ ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ކޮންމެ 100،000 އިން އެކަކަށް މި މައްސަލަ ދިމާވުމުގެ ނުރައްކާ އޮވެދާނެ ކަމަށެވެ.

ނަމަވެސް މި ތަފާސްހިސާބާ މެދު ވެސް ޔަގީންކަމެއް ނެތީ ކޮވިޑުގެ ބަލިމަޑުކަން ނެތް އިރު ވެސް ބައެއް ފަހަރު ކޮންމެ މިލިއަން މީހުންގެ ތެރެއިން ދެ މީހަކަށް މައްސަލަ ދިމާވެ، އަނެއް ބައި ފަހަރު ކޮންމެ މިލިއަން މީހުންގެ ތެރެއިން 16 މީހަކަށް މި މައްސަލަ ދިމާވެފައިވާ ކަމަށް ކުރީގެ ހިސާބުތަކުން ދައްކާތީ އެވެ.

ޖަރުމަނާއި އިނގިރޭސިވިލާތުގެ ތަފާސްހިސާބު ތަފާތުވީ ކީއްވެ؟

މި މައްސަލައަކީ ހަގީގަތުގައި ވެސް ވެކްސިނުގެ ސަބަބުން ދިމާވާ މައްސަލައެއް ނަމަ ހުރިހާ ގައުމަކުން ވެސް އެއް ރޭޓެއްގައި މިކަން ފެންނާނެ ކަމަށް ހީވެދާނެ އެވެ. އެކަމަކު އިނގިރޭސިވިލާތުން ޖަރުމަނަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީގެން ވެސް މައްސަލަ ފެނުނީ ދާދި އެއް އަދަދެއްގެ މީހުންގެ ފަރާތުންނެވެ.

މި ކަމުގައި ކުރެވޭ އެއް ބަހުސަކީ ވެކްސިން ޖަހާ އުމުރުން ތަފާތުވުމެވެ.

އިނގިރޭސިވިލާތުގައި އެންމެ ގިނައިން ވެކްސިން ދެމުންދަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. އެކަމަކު ޖަރުމަނުން އެންމެ ފުރަތަމަ ބުނެފައި ވަނީ 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ނުދޭނެ ކަމަށެވެ. އެހެންކަމުން ވެކްސިން ޖެހި ޖަރުމަނުގެ 90 އިންސައްތަ މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.

ހުރިހާ ވެކްސިނެއްގައި ވެސް ސައިޑް އިފެކްޓް އެންމެ ގޯސްވަނީ ޒުވާން މީހުންގެ މެދުގަ އެވެ. އެހެންކަމުން އިނގިރޭސި ވިލާތުގައި ވެކްސިން ޖެހި ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނަށް ވުމުން މި މައްސަލަ މަދުވުމަކީ އެއް ސަބަބު ކަމަށް ވެދާނެ އެވެ.

ހަމަ އެގޮތަށް "ސެރެބްރަލް ވެނަސް ސައިނަސް ތޮމްބްރޯސަސް" ފިރިހެނުންނަށް ވުރެ ބޮޑަށް ދިމާވަނީ ޒުވާން އަންހެނުންނަށެވެ. ވަކިން ހާއްސަކޮށް ދޭތެރެ ދޫކުރުމަށް ބޭނުން ކުރާ ބޭސް ކާނަމަ، މީގެ ނުރައްކާ ބޮޑެވެ. އެހެންކަމުން ވެކްސިން ޖެހިޔަސް، ނުޖެހިޔަސް، އާދައިގެ ހާލަތުގައި މި މައްސަލައިގެ ނުރައްކާ އޮންނަ ގޮތް ވެސް ތަފާތެވެ.

މި ހުރިހާ ކަމެއް ޓެސްޓުކޮށް ޔަގީން ކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވެފައި ވާއިރު، ޔޫރަޕިއަން މެޑިސިންސް އެޖެންސީން ބުނީ މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ވަކި އުމުރެއް، ޖިންސެއް އަދި ސިއްހީ ބެކްގްރައުންޑެއްގެ ސަބަބުން ގިނައިން ދިމާވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.

އެސްޓްރަޒެނެކާ ވެކްސިން ރައްކާތެރިތަ؟

ސިއްހީ ދާއިރާގައި ބޭހުގެ ގޮތުގައި ބޭނުން ކުރާ އެއްވެސް އެއްޗަކީ 100 ޕަސަންޓު ރައްކާތެރި އެއްޗެއް ނޫނެވެ. ބައެއް ފަހަރު ހަށިގަނޑު ވިހަވާ ތެރަޕީތައް ވެސް، މަޖުބޫރުވުމުން ކުރަން ޖެހެ އެވެ.

އެގޮތުން ކީމޯތެރަޕީ ބޭހަކީ ނުރައްކާތެރި ސައިޑް އިފެކްޓު ހުންނަ ބޭހެއް ނަމަވެސް، އޭގެ ފައިދާ ވެސް އެހާމެ ބޮޑެވެ. ފަސޭހައިން ލިބެން ހުންނަ ޕެރެސެޓަމޯލް އާއި އައިބުޕްރޮފެން ފަދަ ބޭހުގައި ވެސް ނުރައްކާތެރި ސައިޑް އިފެކްޓު ހުރެ އެވެ. އެކަމަކު ދިމާވާ މިންވަރު މަދު ވަނީ އެވެ.

ވެކްސިންގެ ރައްކާތެރިކަމާ މެދު އެނގެން ޖެހެނީ ކޮން އެއްޗެއް؟

ވެކްސިނާ މެދު ގޮތެއް ނިންމާއިރު، ވިސްނަން ޖެހެނީ އޭގެ ނުރައްކަލަށް ވުރެ ފައިދާ ބޮޑުތޯ އެވެ. މިކަން ވަކިން ހާއްސަކޮށް މުހިއްމު ވަނީ ބަލިމަޑުކަމެއްގެ ތެރޭގަ އެވެ. އާދައިގެ ހާލަތުގައި "ޕްރިކޯޝަނަރީ ޕްރިންސިޕަލް" އަށް އަމަލުކޮށް ފުރިހަމައަށް ތަހުގީގު ނުނިމޭ ބޭހެއް ގިނަ އަދަދެއްގެ ބަޔަކަށް ނުދޭނެ އެވެ.

ނަމަވެސް ބަލިމަޑުކަމެއްގައި ވެކްސިން ދިނުން ލަސްކޮށްފި ނަމަ މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބަލާ އެ ފިޔަވަޅު އަޅަމުން ދެ އެވެ. ޖަރުމަނުގެ ތަފާސްހިސާބުން އެކަނި ވެސް މި މިސާލު ވަރަށް ރަނގަޅަށް ފެންނާނެ އެވެ. އެ ގައުމުގެ މިލިއަން މީހުންނަށް ވެކްސިން ދީގެން، 12 މީހުންނަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވެއްޖެ ނަމަ، މަރުވާނީ އެންމެ ހަތަރު މީހުންނެވެ.

ނަމަވެސް އުމުރުން 60 އަހަރުގެ މިލިއަނެއްހާ މީހުންނަށް ވެކްސިން ނުޖަހާ ތިބެ ކޮވިޑް ޖެހިއްޖެ ނަމަ، އޭގެ ތެރެއިން 20،000 މީހުން މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ތަފާސްހިސާބުން ހެކިދެ އެވެ. އުމުރުން 40 އަހަރުގެ މިލިއަނެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ ނަމަ އޭގެ ތެރެއިން 1،000 މީހުން މަރުވާނެ އެވެ.

ވެކްސިން ޖެހުމުގެ ފައިދާ އުމުރުން ދުވަސްވުމާއެކު ފެންނަމުން ދެއެވެ. އެހެންކަމުން ޖަރުމަނާއި ކެނެޑާ ފަދަ ގައުމުތަކުން ވަނީ "ސެރެބްރަލް ވެނަސް ސައިނަސް ތޮމްބްރޯސަސް" އުޅުނު ނަމަވެސް، އޭގެ ސަބަބުން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު ކަމަށް ނިންމާ، މުސްކުޅި އުމުރުގެ މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ދިނުމުގެ ހުއްދަ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox