ގަނޑު ހުސްވުމެއް ނެތް ހިތްގައިމު "ކުރަހާފޮތްތައް"

ޑިޖިޓަލް ކުރަހާ ފޮތެއް:

ޑިޖިޓަލް ކުރަހާ ފޮތެއް:

ސުކޫލު ދައުރުގައި ބޮޑެތި ކުރަހާފޮތް ގެންގުޅުނު ހަނދާންވޭ ހެއްޔެވެ؟ އޭގެ ގަނޑުތައް ވަކިވާތީ ފަތިކޮޅެއް ލައްވައިގެން ވެސް އުޅުނީމެއް ނޫން ހެއްޔެވެ؟ އެވާހަކަ އެ ހިސާބަށް ބާއްވަމާ ހިނގާށެވެ. މިވަގުތު ބަލައިލަން މިއުޅެނީ މިހާރު އެންމެ ނަގާކިޔާ "ޑިޖިޓަލް ކުރަހާފޮތްތަކަށެވެ". ވަކި ތަރުތީބަކުން ނޫނަސް ކޮންމެވެސް އެއްކޮޅަކުން ފަށަމާ ހިނގާށެވެ.

ވެކޮމް ސިންޓިކް 22

ޑިޖިޓަލް ކުރަހާފޮތަކުން ހިފަންޖެހޭ ބޭނުމާއި ލިބޭ އަގާ އެންމެ އެކަށޭކަމަށް ގިނަ ޑިޒައިނަރުންނާއި އުފެއްދުންތެރި ހުނަރުވެރީން އިއްތިފާގުވެ ބޯޖަހައިލާ އެއް "ކުރަހާފޮތަކީ" މި އެވެ. ފުލް އެޗްޑީ ސްކްރީނެއްގައި 19.5 ، 11.5 އިންޗީގެ ޖާގައެއްގައި ކުރަހައިލަން ލިބުމަކީ އޭގެ އެއް ސަބަބަށް ވެދާނެ އެވެ. ކުރަހާ އިރު ސްކްރީނުން އަޅާ ދަޅައިގެ އަލި ކުޑަކުރުމަށްޓަކައި "އެންޓި ގްލެއާ" ޓެކްނޮލޮޖީ ހިމަނައިގެން ފަރުމާކޮށްފައިވާ މި "ކުރަހާފޮތާއެކު" ލިބޭ ގަލަން، "ވެކޮމް ޕެން 2" އުފައްދައިފައި ވަނީ އޭގެ ތުނޑު ޓެބްލެޓްގައި ޖައްސައިލާ ބާރުމިން ނުވަތަ މަޑުމިން، 8000 އަށް ވުރެ ގިނަ ތަފާތު މިންގަޑަށް ދެނެގަތުމުގެ ކުޅަދާނަކަމާއެކުގަ އެވެ. ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު މިވަގުތު މީގެ "ކުރަހާފޮތެއް" އަތުޖައްސައިލެވޭނީ 2000 އެއްހައި އެމެރިކާ ޑޮލަރަށެވެ.

އައިޕެޑް ޕްރޯ 12.9 (2020)

ކުރަހައިލަން ލިބޭ ޖާގަ (10:73 7.74 އިންޗި) ނިސްބަތުން މާ ބޮޑު ނޫން ނަމަވެސް، ޓެބްލެޓްގެ ރޭހުގައި އެންމެ ކުރީގައި އުޅޭ އެޕަލް އިން ނެރުނު 12.9 އިންޗީގެ އައިޕެޑް ޕްރޯ އަކީ މި ލިސްޓުގައި ނުހިމަނައި ދޫކޮށްލާވަރުގެ "ކުރަހާފޮތެއް" ނޫނެވެ. އެކަމަކު އޭ12ޒީ ބަޔޮކިން ޗިޕްސެޓާއި، ގްރެފިކް މަސައްކަތްތަކުގެ ދުވެލި ހަލުވިކުރުމަށް "8ކޯ ގްރެފިކް އިންޖީނެއް" ހިމަނައިފައިވާ މި ޑިވައިސް ހަގީގީ މާނައިގައި ކުރަހާފޮތަކަށް ވާނީ މިއާ އެކު ބޭނުންކުރަން އީޖާދުކޮށްފައިވާ "ފަންސުރު" ވެސް ހިމަނައިގެންނެވެ. ފަންސުރާއި ފޮތް ވަކިން ގަންނަން ޖެހުނު ނަމަވެސް، ޑިވައިސްގެ ހަލުވިކަމާއި، ފަންސުރުގައި ހިމަނައިފައިވާ ފީޗާތަކަށް ބަލާއިރު، ޑިޖިޓަލް ފަރުމާކުރުންތެރީންނާއި އުފެއްދުންތެރީންގެ މެދުގައި މި "ކުރަހާފޮތް" ވެސް ލައްކަ މަޝްހޫރެވެ. މީގެ ފޮތަކާއި ފަންސުރެއް މިހާރު ލިބޭނޭ ކަމަށް ބެލެވެނީ 1100 އެއްހައި އެމެރިކާ ޑޮލަރު އަތުގައި އޮވެގެންނެވެ.

އެކްސްޕީ ޕެން އާޓިސްޓް 15.6 (ޕެން ޑިސްޕްލޭ)

މި "ކުރަހާފޮތުގެ" އަޖުމަ ބެލި ގިނަބައެއްގެ ބަހުން ނަމަ މާ ގިނަ "މޮޅު" ފީޗާތަކެއް ހިމެނިފައި ނެތަސް މިއީ އަލަށް ކުރަހަން ފަށައިގަންނަ، "މާދަމާގެ ފަންނުވެރީންނަށާއި ހުނަރުވެރީނަށް" މަރެކެވެ. 13.54 7.62 އިންޗީގެ ޖާގައެއް ކުރަހައިލަން ލިބޭއިރު، ވިންޑޯސް ނުވަތަ މެކް އޯއެސް އާ އެކު ވެސް މި ފޮތް "ހުޅުވައިލެވިދާނެ އެވެ". އެއަށް ވުރެ ވެސް ހިތްގައިމު ކަމަކީ އަގެވެ. ކުރިން ފާހަގަކޮށްލި "ފޮތްފޮތާއި" ހިލާފަށް މީގެ "ފޮތެއް" 300 އެއްހައި ޑޮލަރަން ލިބިދާނެ އެވެ.

ހުއިއޮން H420 ކިޓް

ބައެއް މީހުންގެ ހިތަށް އަރައިފާނެ އެވެ. އަދި ހަމަ ފޮތަކާއި ފަންސުރެއް ލިބިގެން ކުރެހޭ ހެއްޔެވެ؟ އެ ސުވާލަށް ޖަވާބު ދޭން ހުއިއޮން އިން އޮތީ ތައްޔާރަށެވެ. މިއީ ގާތްގަނޑަކަށް 30 އެމެރިކާ ޑޮލަރަށް ލިބޭ ކިޓެކެވެ. ކުރަހާފޮތާއި، ފަންސުރާއި، އަތަށް ލައްވާ އަންގިއާއި މިހެން ގޮސް ސެޓު އެއްކޮށް ހަމަކޮށްލައިފަ އެވެ. އީބޭ، އަލީބާބާ، ނިއުއެގް ފަދަ އޮންލައިން ބާޒާރުތަކުން ބުނާ ގޮތުގައި މިއީ މިއަހަރު އެންމެ ގިނައިން މީހުން ގަނެ އެކި މީސްމީހުނަށް ހަދިޔާކުރި "ކުރަހާފޮތް" ކިޓެވެ.

އާބާދީ ކިތަންމެ ކަމީނާކޮށް އޮތް ނަމަވެސް ނިސްބަތުން ރާއްޖޭގައި ވެސް ކުރެހުމުގެ ފަންނުވެރީންނާއި ހުނަރުވެރީން "މަދެއްނޫނޭ" ބުނެވިދާ އެވެ. އަދަދުގެ އުންމީދަކީ މިފަދަ އާޓިކަލްތައް މެދުވެރިކޮށް އެކި ފަންނުތަކާއި ފަންނުވެރީނަށް ބޭނުންތެރި މައުލޫމާތުތައް ހަދިޔާކުރުމެވެ. މިހާރު އާޓިކަލް ކިޔައި ވެސް ނިމުނީ ނޫން ހެއްޔެވެ؟ ވީމާ، ޝައުގުވެރިކަން ހުރިނަމަ އަވަހަށް މިއިން "ފޮތެއް" ހޯދައިގެން ކުރަހަން ފަށާށެވެ. ނޫންނަމަ ކުރަހާހިތްވާ ކުއްޖަކަށް މި މައުލޫމާތު ހިއްސާކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox