ރަންވޭ މަތީގައި އަގުބޮޑު ކެއުމެއް ތަޖުރިބާކުރަން ޖަޕާނުގައި ބޮޑު ޑިމާންޑެއް

ޖަޕާނުގެ ކުޑަކުއްޖަކު ރަންވޭ ޑައިނިން ތަޖުރިބާކޮށްލަނީ-- ފޮޓޯ: އޭއެންއޭ

ޖަޕާނުގެ ކުޑަކުއްޖަކު ރަންވޭ ޑައިނިން ތަޖުރިބާކޮށްލަނީ-- ފޮޓޯ: އޭއެންއޭ

ޕާކުކޮށްފައިވާ މަތިންދާ ބޯޓެއްގައި 540 އެމެރިކާ ޑޮލަރު ހޭދަކޮށްގެން ފަސްޓް ކްލާސް ފެންވަރުގެ ކެއުމެއް ތަޖުރިބާ ކުރުމުގެ ހިދުމަތް ޖަޕާނުގެ އެންމެ ބޮޑު އެއާލައިނުން ދޭން ފަށައިފި އެވެ.

އޯލް ނިޕޯން އެއާވޭޒް (އޭއެންއޭ) އިން އިއްޔެ ދޭން ފެށި މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން ދާއިރު، ބުކިންތައް ފުރުމުގެ ސަބަބުން އޭޕްރިލް މަހުގެ ތެރޭގައި ސީޓުތައް އިތުރު ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އަސަރުކޮށް ގިނަ ބޯޓުތަކެއް އުދުހުން ހުއްޓާލަން ޖެހުނެވެ. އެފަދަ ބޯޓުތައް ރަންވޭގައި ޕާކުކޮށްފައި ހުރިއިރު، އެ ތަކެއްޗާ މެދު އަމަލު ކުރާނެ ގޮތެއް ހޯދަން އެއާލައިންތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

އެގޮތުން އޮސްޓްރޭލިއާއިން ނިންމާފައިވަނީ އެތެރޭގެ އުދުހުންތައް ކުރިއަރުވަން އެއާލައިންތަކަށް ޖުމްލަ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ލިބޭނެ ޕްރޮގްރާމެއް ފަށައިގެން ބޯޓުތައް ބޭނުން ކުރުމަށެވެ.

ކޮވިޑުގެ ބަލިމަޑުގެކަމުގެ ސަބަބުން ދަތުރު ކުރުމުގައި ހުރި ދަތިތަކާއި ކަރަންޓީން ވާން ޖެހުން ފަދަ ކަންކަމާއެކު ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ކުރިން އަންދާޒާ ނުކުރާ ވަރުގެ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެހެންކަމުން އެއާލައިންތަކުން ވިސްނަމުން ދަނީ އުދުހުން ހުއްޓާލަން ޖެހިފައިވާ ބޯޓުތައް އެހެން ސިފައެއްގައި ބޭނުންކޮށްގެން އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ކުރުމަށެވެ.

އެގޮތުން ބައެއް އެއާލައިންތަކުން ނިންމާފައިވަނީ ޕާކުކޮށްފައިވާ ބޯޓުތަކުގައި ރެސްޓޯރެންޓެއް ފަދައިން "އޮންބޯޑް ޑައިނިން" ހިދުމަތް ތައާރަފު ކުރުމަށެވެ. މިކަން އެންމެ ފުރަތަމަ ފަށާފައި ވަނީ ސިންގަޕޫރު އެއާލައިންސްއިންނެވެ.

މިދިޔަ އޮކްޓޯބަރު މަހު ސިންގަޕޫރު އެއާލައިންސްއިން ވަނީ އެ ގައުމުގެ މައި އެއާޕޯޓުގައި ޕާކުކޮށްފައި އޮތް އެއާބަސް އޭ380 ބޯޓެއްގައި 525 އެމެރިކާ ޑޮލަރު ހޭދަކޮށްގެން މެންދުރުގެ ކެއުމެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފަ އެވެ. އެކަން އިއުލާން ކުރުމާއެކު ފުރަތަމަ ދެ ދުވަހުގެ ސީޓުތައް އެންމެ ގަޑިއިރެއްގެ ތެރޭގައި ވިކި ހުސްވި އެވެ.

ސިންގަޕޫރު އެއާލައިންސްގެ ތަޖުރިބާއަށް ބިނާކޮށް ޖަޕާނުގެ އޭއެންއޭއިން ވެސް ނިންމީ ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓުގައި ޕާކުކޮށްފައި އޮތް ބޮއިންގް 777 ބޯޓެއްގައި ކެއުމުގެ ހިދުމަތް ދިނުމަށެވެ.

އެ ބޯޓުގައި ފަސްޓް ކްލާސް ސީޓެއްގެ އަގު އުޅެނީ 541 އެމެރިކާ ޑޮލަރަށެވެ. އަދި ބިޒްނަސް ކްލާސް ސީޓެއްގެ އަގު އުޅެނީ 269 އެމެރިކާ ޑޮލަރަށެވެ.

މިދިޔަ ހަފްތާގައި ބްރިޓިޝް އެއާވޭޒް އިން ވެސް ވަނީ އެ އެއާލައިނުގެ ފަސްޓް ކްލާސް މެނޫއިން އޯޑަރު ކުރުމުން ގޭގެއަށް ޑެލިވާ ކުރުމުގެ ހިދުމަތް ފަށާފަ އެވެ. އެ މެނޫގައި ހިމެނޭ ކެއުމެއްގެ އަގު ފެށެނީ 110 ޑޮލަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox