ވެންޓިލޭޓަރަށް ދެއްކި ފައިސާ ހޯދަން އާބިޓްރޭޝަނަށް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސްއާ 30.91 މިލިއަން ރުފިޔާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. މީގެތެރެއިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ތަކުރާރުކޮށް މުއްދަތުތައް ދިނުމުން ވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ އެޓާނީ ޖެނެރަލް ތައްޔާރުވަމުން މިހާރު އަންނަނީ ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހަޅަން ކަމަށެވެ. އެއްބަސްވުމުގައި ބުނާގޮތުން އެ މައްސަލަ ހުށަހަޅަން ޖެހެނީ އިންޓަނޭޝަނަލް ޓްރޭޑް ލޯއާ އެއްގޮތަށް ކަމަށާއި އެ އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އެ މައްސަލާގައި ޖިނާއީ ކުށެއް ވާނަމަ އެކަން ބަލައި ފިޔަވަޅު އަޅަން ވެސް ސަރުކާރުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އެ ފައިސާ އަނބުރާ ރާއްޖެއަށް ހޯދުން. އަދިހަމަ އެއާއެކީގައި މީގައި ކްރިމިނަލް އެލިމެންޓެއް ހިމެނޭނަމަ ޖިނާއީ ތަހުގީގެއް ކުރަން. އެ ކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ވާނެ. މިކަމުގައި އެއްވެސް މީހަކު ޝާމިލް ވެފައިވާނަމަ އެއީ ދިވެއްސެއް ވިޔަސް ނޫން ވިޔަސް އެ މީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ބޭނުން،" މަބްރޫކް ވިދާޅުވި އެވެ.

އަނބުރާ ފައިސާ ހޯދުމުގެ މައްސަލަ ދިވެހި ސަރުކާރާ އެއްކޮޅަށް ނިމިއްޖެނަމަ ބައިނަލްއަގުވާމީ ޓްރީޓީތަކުން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދުނީ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލުމަށެވެ. އެ މީހުންގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެންމެ ފުރަތަމަ ވެސް ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާލިއިރު މައްސަލަ ރިވިއުކޮށް ދިނުމަށް އޭސީސީއިން އެދުނު ނަމަވެސް ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް އުންސުރުތައް ނެތް ކަމަށް ބުނެ މައްސަލަ އަނެއްކާވެސް ވަނީ އޭސީސީއަށް އަނބުރާ ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން އޭސީސީގެ ހިތްހަމަނުޖެހުން އަނެއްކާވެސް އައުމާއި ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ޕީޖީން ވަނީ އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ނިންމާފަ އެވެ.

ތިންވަނަ ފަހަރަށް އޭސީސީއިން މައްސަލަ ރިވިއު ކުރަން ހުށަހެޅީ އާ ހެކިތަކެއް ނެތި އެވެ. ނަމަވެސް ޕީޖީއިން ބުނީ ފުލުހުންގެ އެހީތެރިކަން ހޯދުމަށް އޭސީސީއަށް އަންގައި ދެން ހިންގާ ތަހުގީގަށްފަހު، މައްސަލަ އަލުން ޕީޖީއިން ރިވިއު ކުރާނީ އަލަށް ހޯދޭ ހެކިތަކުގެ މައްޗަށް ކަމަށެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox