އިންފޮމޭޝަން ކޮމިޝަނަރާ ގުޅޭ ހައިކޯޓުގެ ހުކުމް ބަންޑާރަ ނައިބު، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: އިންފޮމޭޝަން ކޮމިޝަނަރާ ގުޅޭ ހުކުމް އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: އިންފޮމޭޝަން ކޮމިޝަނަރާ ގުޅޭ ހުކުމް އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންފޮމޭޝަންސުޕްރީމް ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހި، ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

އެކަން ހާމަ ކުރައްވަމުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުން ނިންމި ނިންމުމުން ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލޭ ކަމަށާއި އެހެންވެ އާންމު މަސްލަހަތަށް ބަލައި، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމީ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސޯސް ހައިކޯޓުގައި ނެތް ކަމަށް ބުނެ އެ ކޯޓުން ހުކުމް ކުރީ އެމްޑަބްލިއުއެސްސީއިން އިސްތިއުނާފު ކުރި މައްސަލައެއްގަ އެވެ. އެއީ، އިންފޮމޭޝަން ކޮމިޝަނަރު، އެ ކުންފުނިން އަމިއްލަ މީހަކަށް މައުލޫމާތެއް ހާމަކުރުމަށް އެންގި ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ހުށަހެޅި މައްސަލައެކެވެ.

Advertisement

ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި އޮތް ގޮތުން، ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާދީ އިހްތިސޯސްއަށް ބަލާއިރު އެ އިހްތިސޯސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ދަށު ކޯޓެއް އަދި ޓްރިބިއުނަލެއް ވެސް ނޫންކަން ހުކުމްގައި ފާހަގަކުރި އެވެ.

ހައިކޯޓުން އިއްވި ހުކުމްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ އިސްތިއުފާނު ކުރުމުގެ ފުރުސަތު ހޯދައިދިނުން ނޫން ކަމަށާއި އެއާ ހިލާފަށް މަގުސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދިނުން ކަމަށެވެ.

މި ހުކުމްގައި މިގޮތަށް ކަނޑައެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުނު ކަމުގައިވީ ނަމަވެނަމަވެސްނަމަވެނަމަވެސްސްކަމަށެވެސް އެ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ "ހ" ގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭ ފަރާތަކަށް އެ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox