އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކުގެ އިސްތިއުނާފު ނުބެލޭނެ: ހައިކޯޓު

 އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކުގެ އިސްތިއުނާފު ނުބެލޭނެ: ހައިކޯޓު

މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމުންތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ނެތް ކަމަށް ކަނޑައަޅައިފި އެވެ. އެގޮތަށް ކަނޑައަޅާފައިވަނީ އެ ކޯޓުން މިއަދު ނެރުނު ހުކުމެއްގަ އެވެ.

އެމްޑަބްލިއުއެސްސީއިން ވަޒީފާއިން މީހަކު ވަކި ކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް އޭނާ އެ ކުންފުނީގައި އެދުމުން ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ އޭނާ އެ މައުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި އެވެ. އިންފޮމޭޝަން ކޮމިޝަނަރު އެމްޑަބްލިއުއެއްސީއަށް އެންގެވީ އެ މައުލޫމާތު ދޫކުރުމަށެވެ. އެކަމާ ހިތްހަމަނުޖެހި އެމްޑަބްލިއުއެސްސީއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ. މައްސަލަ ހުށަހެޅީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައިވަނީ މިހެނެވެ؛ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލައެއް ނިންމާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަން ޖެހޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބުދެ އެވެ.

އެމްޑަބްލިއުއެއްސީއިން ހުށަހެޅި މައްސަލާގައި ހައިކޯޓުން ހުކުމް އިއްވާފައިވާއިރު ހުކުމަށް ވާސިލްވުމުގައި ކޯޓުގައި އިހްތިސޯސްއާ ގުޅޭ ގޮތުން ވަނީ ބަހުސްކޮށްފަ އެވެ. ހުކުމްގައި ބުނީ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ)އިން ހައިކޯޓަށް ލިބިދޭ އިހްތިސޯސްއެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"އެ މާއްދާއިން ލިބިދީފައިވާ އިލްތިމާސް ކުރުމުގެ ފުރުސަތަކީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެއް، އެހެންކަމުން ދެން ކޯޓުން ރުޖޫއަވާން ޖެހޭނީ ކޯޓުތަކުގެ ގާނޫނަށް،" ހުކުމްގައިވެ އެވެ.

ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާދީ އިހްތިސޯސްއަށް ބަލާއިރު އެ އިހްތިސޯސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އެހެންކަމުން އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ އެފަދަ ތަނެއްގެ ނިންމުމެއްތޯ ބަލަން ޖެހޭކަން ހުކުމްގައި ފާހަގަކުރި އެވެ.

"ޝައްކެއް ނެތް ގޮތުގައި އިސްތިއުނާފު ކުރެވިފައިވާ ނިންމުމަކީ ދަށު ކޯޓަކުން ނިންމި ނިންމުމެއް ނޫން، އެހެންކަމުން އެކަން އިތުރަށް ބަލައި ގޮތެއް ނިންމާނެ ތަނެއް ނެތް، ދެން ބަލަންޖެހެނީ އެ ނިންމުން ނިންމީ ޓްރައިބިއުނަލަކުންތޯ، މި ސުވާލާ ގުޅިގެން ބަލަން ޖެހެނީ ޓްރައިބިއުނަލަކީ ކޮބާތޯ،" ހުކުމްގައި ބުންޏެވެ.

ގާނޫނު އަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި ޓްރައިބިއުނަލުގެ މާނަ ބުނެދީފައިވެ އެވެ؛ ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ހިލާފު އުފެދިފައިވާ ހާލަތްތަކުގައި، އެކަމަކާމެދު ވަކި ގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިދީފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކެވެ.

މި މާނަކުރުމުގެ އަލީގައި އިންފޮމޭޝަން ކޮމިޝަނަރަކީ ޓްރައިބިއުނަލެއް ތޯ ބަލާއިރު އެގޮތަށް މާނަ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމްގައި ބުންޏެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީއިން އިސްތިއުފާނަށް ހުށަހެޅި މައްސަލައަކީ ހައިކޯޓަށް އިހްތިސޯސް ނެތް މައްސަލައެއް ކަމަށް ކަނޑައެޅި އެވެ.

ނަމަވެސް ނިންމުމަކީ "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް"އިން ނިންމާފައިވާ ނިންމުމެއްކަމަށް ގާނޫނުގެ ނައްސުގައި އޮތްނަމަ، އެ އޮފީހަކީ މުއައްސަސާއެއް ކަމުގައި ބަލައިގެން ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްގެ ގޮތުގައި އިސްތިއުނާފީ އިހްތިސޯސްގެ ތެރެއިން ހައިކޯޓަށް އެ ނިންމުން ބެލުމުގެ ގާނޫނީ ބާރު އޮތް ކަމަށް ބެލެވިދާނެ ކަމަށް ވެސް ބުންޏެވެ.

ހައިކޯޓުން މިއަދު އިއްވެވި ހުކުމްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ އިސްތިއުފާނު ކުރުމުގެ ފުރުސަތު ހޯދައިދިނުން ނޫން ކަމަށާއި އެއާ ހިލާފަށް މަގުސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދިނުން ކަމަށެވެ. އެހެންކަމުން ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން އޭގެން ވަކި މާނައެއް ދޭހަވާ ކަމަށްވާނަމަ އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ވީމާ، ގާނޫނުގައި ސާފުކޮށް ފެންނަން އޮތް ކަންތައްތަކެއް މާނަކޮށްގެން "އިންފޮމޭޝަން ކޮމިޝަނަރު" އެއީ މުއައްސަސާއެއް ކަމަށް ބަލައި، އަދި އެ މާއްދާގެ ދަށުން އިސްތިއުނާފީ އިހްތިސޯސް ވެސް ދީފައި އޮތް ކަމަށް ދެކިގެން ގާނޫނު ކިޔަން ވެއްޖެނަމަ ފަނޑިޔާރުގެ ދައުރު ގާނޫނު އަސާސީ އާއި ގާނޫނުން ބޭރުވެގެންދޭ،" ހުކުމްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox