ޑްރަގު ވިޔަފާރީގެ ބޮޑުންނަށް ދެން ސަލާމަތެއް ނެތް; މަނީ ލޯންޑްރިންގެ ދައުވާކުރަނީ

ފުލުހުންގެ ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން: ޑްރަގުގެ ވިޔަފާރިކުރާ މީހުންނަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަން ވަނީ ނިންމާފައި - ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން: ޑްރަގުގެ ވިޔަފާރިކުރާ މީހުންނަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަން ވަނީ ނިންމާފައި - ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަނީ ލޯންޑާކުރުމުގެ ދައުވާ އުފުލަން ނިންމައި، އެފަދަ ފުރަތަމަ މައްސަލަ ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން މިދިޔަ ހަފުތާގައި ފޮނުވައިފި އެވެ.

މި ބާވަތުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު އާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފް އަދި މއ. ހަސްލަތު، ޝަނިޔާ އިބްރާހީމްގެ މައްޗަށެވެ. މި ހަތަރު މީހުންނަކީ މާލޭގެ ގެތަކެއް ފާސްކޮށް ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބައެކެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ އެކު މި މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ވެސް އުފުލި އެވެ.

Advertisement
މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރި ނަމަ، އެފިހާރައަކީ ވެސް މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއް. --ޝަމީމް

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ "ވިޔަފާރިވެރިންނާ" ދެކޮޅަށް މިއީ ފެށުމެކެވެ.

އޭނާ ވެސް ދެކެވަޑައިގެންނެވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަ އެވެ. ހައްލުކުރަން ދަތި މިކަމާ އެހެން ހުރިހާ މައްސަލަތަކެއް ގުޅިފައިވާ ކަމަށް އެއްބަސްވެވަޑައިގަންނަވަ އެވެ.

"ޖަލުގެ އާބާދީގެ ބޮޑު ޕަސެންޓަކީ ޓާމިނޭޝަން ހުކުމްގައި ތިބި މީހުން، މަސްތުވާތަކެތި ބޭނުން ކުރާ މީހުން. އެއާދަ ހިފެހެއްޓުމަށް ކުދި ކުދި ވައްކަން ކުރޭ. އެ ހުރިހާ މައްސަލައެއް ކޯޓަށް ހުށަހެޅީމަ ކޯޓުތައް ތާށިވެ ލަސްވޭ،" ޝަމީމް ބްލޮގުގައި އާއްމުކުރެއްވި ލިއުމެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ މައްސަލައަށް ޖުމްލަ ހައްލެއް ގެނެވޭނީ ހުރިހާ މުއައްސަސާތަކުން އެއްކޮށް، ބާރަށް މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ފަރުވާގެ ކަންތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޖިނާއި އަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދޭން ޖެހޭ، އެމަގުން ނުނިކުމެ، ނުވަތަ ނުކުމެ، އަލުން ކުށްކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ދެން އިތުރު ފުރުސަތެއް ނުދިނުން،" ޝަމީމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް އެތައް ބަޔަކު ވައްޓާލައި ބޮޑެތި ވިޔާފަރިތައް ހިންގަމުން އެބަ ދެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ އަތްނުލާ ތިބެ ކުށްވެެރި ނުވާނެ ކަމަށް ހީވާ ބަޔަކު އުޅޭ ކަމަށާއި އެކަކު، ދައުވާ ކުރުމަށް ގެނައި ބަދަލާއެކު އެކަން ނިމިގެން ދިޔައީ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު ފޯކަހަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު 'ވިޔަފާރިވެރިން' ފަހަތުން ދިއުމަށް ހެދުން. ހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާއެއް ނޫން، އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެ ނޫން ވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިންގ ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުން،" ޝަމީމް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާއި މަނީ ލޯންޑްރިންއާ ގުޅޭ ގޮތް

ޕީޖީން ދައުވާ ކުރުމުގައި ބޮޑު ބަދަލެއް ގެނައީ ގާނޫނަށް ގެނައި އިސްލާހަކުން ނޫނެވެ. އެކަމަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ އެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ އޭނާއަށް ލިބި ބޭނުންކުރި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުން. ކަނޑައެޅިގެން އެނގުންވެސް ލާޒިމެއް ނޫން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ އަތްބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭ ކަމަށް ބުނުމަކީ އަޅުގަނޑަށް ގަބޫލުކުރަން ދަތި ކަމެއް. ފައިސާ ލިބޭ ގޮތް ނޭނގޭ ކަމަށް ބުނާއިރު، އެ ފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަހުގީގަށް ފެނޭ،" ޝަމީމް ވިދާޅުވި އެވެ. 

މަނީ ލޯންޑްރިންގެ ކުށަކީ އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. އެކުށް ސާބިތުވުމުގެ ނަތީޖާ ވެސް ވަރަށް ތަފާތެވެ.

އެ ގާނޫނުގެ އަށް ވަނަ މާއްދާގައި، ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައި ވަނީ ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި އެ ފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާ ވެސް ހިމަނައިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ވީމާ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރި ނަމަ، އެފިހާރައަކީ ވެސް މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއް،" ޝަމީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox