އުތުރުގެ ތިން އަތޮޅު ޒަމާނީ ފެރީން މި އަހަރު ނޮވެމްބަރުގައި ގުޅާލަނީ

ފެރީގެ ހިދުމަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޓީސީސީ

ފެރީގެ ހިދުމަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޓީސީސީ

ޒަމާނީ ފެރީގެ ނިޒާމަކުން ރާއްޖޭގެ އުތުރުގެ ތިން އަތޮޅު ގުޅާލުމުގެ މަޝްރޫއު މި އަހަރުގެ ނޮވެމްބަރު މަހުގައި ފަށާނެ ކަމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް އެކި ބޭނުންތަކަށް ދިއުން ފަސޭހަ ކޮށްދިނުމަށް ސަރުކާރުން ނިންމާފައިވަނީ ވަކި ޝެޑިއުލްއެއްގެ ދަށުން ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ. އެ ހިދުމަތް އެންމެ އުތުރުގެ ތިން އަތޮޅުގައި ފެށުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީއިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދަތުރު ކުރާނެ ލޯންޗް ފެރީގެ އުޅަނދުތައް ބަނުމެވެ. އުތުރުގެ ތިން އަތޮޅުގެ ޕްރޮޖެކްޓަށް 157 މިލިއަން ހަރަދުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

"މި ދެންނެވި ތިން އަތޮޅަށް ހިދުމަތް ދިނުމަށްޓަކައި ޖުމްލަ 17 ވެސަލްއެއް ބޭނުންވޭ. އިރާދަކުރެއްވިއްޔާ މިއަދު ނޫނީ މާދަމާ އެ ބޭފުޅުން މި މަސައްކަތް ކުރުމަށް ބަޔަކަށް އެވޯޑް ކުރައްވާނެ. އަދި އަޅުގަނޑުމެންގެ އަމާޒަކީ އަހަރުގެ މެ ދުތެރޭގައި ސީޓްރައިލެއް ހިންގާފައި އަހަރު ނިމެންވާއިރަށް ނޮވެމްބަރު މަސް ތެރޭގައި ހިދުމަތް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ހިދުމަތް ފެށުމަށްޓަކައި ރަށްރަށުގައި ފެރީ ޓާމިނަލްތައް ހަދަން ޖެހޭ ކަމަށާއި އެ ޓާމިނަލްތަކުގެ ކޮންސެޕްޓް ޑިޒައިނިން ހަދައި ނިންމާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ފެރީތައް ބަނދެ ނިމެންވާއިރަށް ރަށްތަކުގައި ކުރަން ޖެހޭ ކަންކަންކޮށް އެމްޓީސީސީ ނިންމާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ރަނގަޅު ލާމަރުކަޒީ ނިޒާމަކުން ހިންގެން އޮތީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކޮށްގެން ކަމަށެވެ.

"ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި އަޅުގަނޑުމެންނަށް މާވަނީ ގޮތެއްގައި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓެއް ގެނެވެން އަންނަނީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލެވިގެން. ލާމަރުކަޒު ވެސް މާނަވީ ގޮތެއްގައި އަޅުގަނޑުމެންނަށް ކުރެވެން އޮތީ ރަނގަޅު އިތުބާރު ހިފޭ ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ލައިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފެރީން ރަށްތައް ގުޅުވާލަން ނިންމާފައިވަނީ ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2023 އަށް ވާންވާއިރަށް ރާއްޖޭގެ ހުރިހާ ރަށްތަކެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވުމެވެ. އިތުރު ބައެއް ޒޯންތަކުގައި އެ ހިދުމަތް ދިނުމަށް އަންނަ އަހަރު ފަށާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ ދަތުރުތައް ކުރާނެ ރޫޓުތަކާއި އަގުތައް ނިންމާފައިވާ ކަމަށާއި އަގުތައް ފަހުން ހާމަ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ހިދުމަތް ދޭނީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ކަމަށާއި މިހާރު ހަލުވި ސްޕީޑުގައި ދުއްވާ ފެރީތަކަށް ވުރެ މި ހިދުމަތުގެ އަގު ހެޔޮވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިހާރު ހިދުމަތް ދޭ މަޑުން ދުވާ ފެރީގެ އަގަށް ވުރެ އަގު ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ކޮންމެ ރޫޓަކުން ދަތުރު ކުރިނަމަވެސް ދުވާލަކު އެއް ފަހަރު އެ ފުރިތަނަކަށް މީހަކަށް އަނބުރާ ގޮސްފައި އާދެވޭނެ. އަޅުގަނޑުމެން މިކަން ކުރަން މިއުޅެނީ ދޯންޏެއްގައެއް ނޫން. މިކަމަށް ހާއްސަކޮށް ބަނދެވިފައި ހުންނަ އުޅަނދެއްގައި މިކަން ކުރުމަށް ގަސްތުކޮށްގެން ކުރިއަށް މިގެންދަނީ. އަޅުގަނޑުމެން އަމާޒުމިކުރަނީ އޭގެ ސްޕީޑް 30 ނޮޓް އެއީ އުޅަނދުގެ ސްޕީޑުގެ ގޮތުގައި،" އަސްލަމް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެރީގެ ހިދުމަތް ޕްރަވަޓައިޒް ކޮށްގެން ފެށިނަމަވެސް މިސަރުކާރުގެ ވިސްނުމަކީ ބަޖެޓުން ހަރަދުކޮށްގެން ހިދުމަތް ފެށުން ކަމަށް އަސްލަމް ވިދާޅުވި އެވެ. މިހާރު ފަށާ ފެރީގެ ހިދުމަތް ޕްރަވަޓައިޒް ކުރާނީ އިގުތިސާދީގޮތުން ދެކޮޅު ޖެހޭ ވަރަށް ހިންގުމަށް ފަހުގައި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފެރީގެ ހިދުމަތް ދޭން ކުންފުނިތަކާ ހަވާލުކުރީ ބަދަލެއްގެ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ރަށްތަކެއް ދީގެންނެވެ. ބައެއް ކުންފުނިތަކުން ފެރީގެ ހިދުމަތް ނުދިން ނަމަވެސް ރިސޯޓްތައް ދަނީ ހިންގަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ މަސައްކަތަށް ގިނަ މުވައްޒަފުންތަކެއް ބޭނުންވާއިރު އެ ފުރުސަތު ޖުލައި މަހު ހުޅުވާލާނެ ކަމަށެވެ. ވަޒީފާ ދޭއިރު އިސްކަން ދޭނީ އަތޮޅުތެރޭ މުވައްޒަފުންނަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އޮޕަރޭޓަރުންގެ ގޮތުގައި އަޅުގަނޑުމެން ބޭނުންވާނެ 34 މުވައްޒަފުން. ކުރޫއިންގެ ގޮތުގައި 36 މުވައްޒިފުން. އެޑްމިނިސްޓްރޭޓިވް ސްޓާފުންގެ ގޮތުގައި 11 މުވައްޒަފުން. އެހެންވީމައި ޖުމުލަ 81 މުވައްޒަފުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި 41 ރަށެއްގައި ޓާމިނަލްތައް އަޅަން ޖެހޭއިރު ނުވަ ޓީމަކަށް ބަހާލައިގެން އެ މަސައްކަތް ކުރަން ވަނީ ނިންމާފައިފަ އެވެ. އަދި ފެރީތައް ބަނުމުގެ މަސައްކަތަށް ތަޖުރިބާކާރުންނާއި ހަވާލުކޮށް ވީއެންމެ އަވަހަކަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައި ދެމުން އަންނަ ކަމަށާއި މި ފަހަރު އެ ހިދުމަތް ނުދެވިއްޖެ ނަމަ އެކަން އެވަނީ އެމްޓީސީސީގެ މައްސަލައަކުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox