އަލުން ގުޅުން ގާއިމް ކުރައްވަން ރައީސް ގަތަރުގައި!

އަލުން ގުޅުން ގާއިމް ކުރައްވަން ރައީސް ގަތަރުގައި!

ގަތަރާއެކު ސިޔާސީ ގުޅުން މެދުކަނޑާލާފައި އޮތުމަށް ފަހު އެ ގުޅުން އަލުން ގާއިމްކޮށް، އެކަން ފާހަގަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ގައުމަށް ވަޑައިގެންފި އެވެ.

ރައީސްއާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވި އެވެ.

ދަތުރުފުޅުގެ ރަސްމީ ހަރަކާތެއްގެ ގޮތުން ރައީސް ސޯލިހު ވަނީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް މަޝްވަރާތައް ދެ ގައުމުގެ ވެރިން ކުރެއްވި އެވެ.

Advertisement

ރައީސް ސޯލިހު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސޯދީ ކަންކަން ކުރިއެރުވުމަށް ގަތަރުގެ ސަރުކާރުން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފަ އެވެ.

ގަތަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކޮވިޑްގެ ހާލަތުގައި ދެ ގައުމަށް ކުރިމަތިވަމުންދާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުގެ ތަރައްގީގެ ވިސްނުން ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތަރައްގީގެ ވައްޓަފާޅި ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ރާއްޖެ ތަރައްގީކުރުމުގެ އަމާޒު މިހާރު ހުރީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ލިބޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ދެ ގައުމުން ވަނީ ވިޔަފާރީގެ ރޮނގުންނާއި އެއް ވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއަރުވަން ވެސް މަޝްވަރާތައް ބާއްވައިފަ އެވެ. ދެ ގައުމުގެ ދޭދޭގުޅުން ބަދަހިކުރަން ރާއްޖެއިން ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިފަހުން ސަރުކާރުން ވަނީ ފަލަސްތީނަށް ވެސް އެފަދަ ސަފީރެއް އައްޔަންކޮށްފަ އެވެ.

ރަސްމީ ބައްދަލުވުންތަކަށް ފަހު ރައީސް, ގަތަރުގެ އަމީރީ ދީވާންއަށް ވަޑައިގަތެވެ. އެތަނުގައި ގަތަރު ސަރުކާރުގެ އިސްބޭފުޅުން ރައީސް ސޯލިހު ތައާރަފްކޮށް ދެއްވި އެވެ. ރައީސް ސޯލިހުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ވެސް ކޮށްދެއްވި އެވެ.

ގަތަރާއި ރާއްޖެ، ގުޅުން ކެނޑުމާއި އަލުން ގުޅުން

ގަތަރާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކުއްލި ގޮތަކަށް ކެނޑުނީ ސައުދި އަރަބިއްޔާ އާއި ގަތަރާ ދެމެދު އޮތް ޒަމަންވީ ހިޔާލު ތަފާތުވުން އެންމެފަހުން ހޫނުވެ އެ ދެ ގައުމުގެ ގުޅުން ކަނޑާލި ހިސާބުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ ވަރަށް ބޮޑަށް ސައުދި އަރަބިއްޔާއަށް ބަރޯސާވެގެންނެވެ. ސައުދި އަރަބިއްޔާއިން ރާއްޖެއާ ދިމާލަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ގެންނަން ވެސް ހުރީ އަމާޒު ހިފާފަ އެވެ.

ގަތަރާ ގުޅުން ގޯސް، ސައުދި އަރަބިއްޔާއިން ވަޔާއި އެއްގަމު އަދި ކަނޑުގެ މަގު ބަންދުކޮށް ސިޔާސީ ގުޅުން ކަނޑާލައި ސައުދީއަށް ވާގިދޭ ގައުމުތަކަށް ވެސް ގަތަރާއެކު ގުޅުން ކަނޑާލުމަށް ޕްރެޝަރުކުރި އެވެ. އެ ޕްރެޝަރުގައި ރާއްޖެއަށް ވެސް ޖެހުނީ ގަތަރާ އެކު ގުޅުން ކަނޑާލުމަށެވެ. ގަތަރުން އޭރު ވަނީ ރާއްޖޭގެ ނިންމުމާމެދު ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އަރަބި ގައުމުތަކުގެ ޒަމާންވީ މައްސަލަގަނޑެއްގެ ތެރެއަށް ރާއްޖެއަށް ވަނުމުން އެހެން ބައެއް ގައުމުތަކުގެ ފާޑުކިޔުން ވެސް ރާއްޖެއަށް އަމާޒުވި އެވެ.

ގަތަރާ އެކު އަލުން ސިޔާސީ ގުޅުން ގާއިމް ކުރުމަކީ ރައީސް ސޯލިހު، ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު ވެސް އެ ވައުދު ފުއްދޭ ގޮތެއް ނުވެ އެކަމާ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ގަތަރާ އެކު އަލުން ގުޅުން ގާއިމް ކުރުމަށް ރައީސް ސޯލިހަށް ވެސް ދިމާވި ދައްޗަކީ އެކަމަށް ސައުދީ އަރަބިއްޔާ ނުރުހުމެވެ.

ނަމަވެސް މިދިޔަ ޖެނުއަރީ މަހު އަރަބި ގައުމުތަކުގެ މެދުގައި އޮތް މަޝްރަހު ބަދަލުވެގެން ދިޔަ އެވެ. ސައުދި އަރަބިއްޔާގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ބައްދަލުވުން ވެގެން ދިޔައީ ވަރަށް ތާރީހީ ބައްދަލުވުމަށެވެ. އެ ބައްދަލުވުމަށް ގަތަރުގެ އަމީރު ވަޑައިގެންނެވި އެވެ. ބޯޑަރުތައް ހުޅުވާލައި ސައުދީ ވަލީއަހްދުގެ ހޫނު މަރުހަބާ ގަތަރަށް ލިބިގެން ދިޔަ އެވެ. ހަމައެއާއެކު، ރާއްޖެއިން ވެސް ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރާނެ އިއުލާން ކުރި އެވެ. އެއީ ގުޅުން ކަނޑާލިތާ ތިން އަހަރާއި ހަ މަސް ފަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox