ކައުންސިލް އިންތިހާބުގައި ނައިބު ރައީސްގެ ތާއީދު އެމްޑީޕީއަށް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ސައިފޮދު ހިއްޕަވަނީ. -- ފޮޓޯ: ރައީސް ނަޝީދުގެ ޓްވިޓާ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ސައިފޮދު ހިއްޕަވަނީ. -- ފޮޓޯ: ރައީސް ނަޝީދުގެ ޓްވިޓާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ތާއީދުކުރަން، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި، ނައިބް ރައީސް ފައިސަލް ނަސީމް ނިންމަވައިފި އެވެ.

އެކަން ހާމަކުރެއްވީ ނައިބް ރައީސާ އެކު އިއްޔެ ހަވީރު ސައިފޮދެއް ހިއްޕެވުމަށް ފަހު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގަ އެވެ.

"ލޯކަލް ކައުންސިލް ގެ ކެމްޕެއިން ގައި ނައިބް ރައީސް ފައިސަލް ނަސީމް އެމްޑީޕީއާ އެކު ހުންނެވި ކަމީ އެ މަނިކުފާނު ރާއްޖެ އަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއް،" ނައިބް ރައީސާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ފޮޓޯއާ އެކު ނަޝީދު ޓްވީޓްކުރެއްވި އެވެ.

Advertisement

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިނަށް ތާއީދުކުރައްވާކަން ކަށަވަރުކޮށްދެއްވައި ނައިބް ރައީސް އެ ޓްވީޓް ރިޓްވީޓްކުރައްވައި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުވެ ހިޔާލު ބަދަލުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނައިބް ރައީސްގެ ޓްވީޓުގައިވެ އެވެ.

ނައިބް ރައީސް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން، ސީދާ މި އިންތިހާބަށް އެމްޑީޕީއާ އެކު އެއްވެސް އެއްބަސްވުމެއް ހެދި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ނައިބް ރައީސްގެ މި ނިންމެވުމާ ގުޅޭ ގޮތުން އެ ޕާޓީން އަދި އެއްޗެއް ނުބުނެ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން އިންތިހާބަށް ތައްޔާރުވަމުން އައި ނަމަވެސް އެކުލެވޭ ގޮތަށް ބޮޑު ކެމްޕެއިނެއް އެ ޕާޓީން ކުރާތަނެއް ނުފެނެ އެވެ. އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އިންތިހާބަށް އެންމެ ބޮޑަށް ކެމްޕެއިން ކުރަމުން އަންނަނީ އެމްޑީޕީންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox