ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

Nov 5, 2026, 4:26 PM
ސާފް ޗެމްޕިއަންޝިޕް 2026 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން: އިންޑިއާގެ ސުހެއިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސާފް ޗެމްޕިއަންޝިޕް 2026 ގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން: އިންޑިއާގެ ސުހެއިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގައި މިއަދު ފެށި، "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" ގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، އިންޑިއާ އިން ޕާކިސްތާންގެ މައްޗަށް 3-2 އިން ކުރިހޯދައިފި އެވެ. 

މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމުގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ ރާއްޖެ އެވެ. ދެން، މި ގްރޫޕްގައި ކުޅޭ މެޗުގައި ޕާކިސްތާނުން ކުޅޭނީ ރާއްޖެއާ އެވެ. މިއަދުގެ މެޗުން މޮޅުވުމުން، އިންޑިއާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއްގެ ފުރުސަތު ބޮޑުވެފަ އެވެ.  

ފީފާ ބްރޭކުގެ ކުރިން ސާފް ޗެމްޕިއަންޝިޕް ފަށާތީ އާއި އިންޑިއާގެ ސީނިއާ ޓީމު މި މަހު ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗަށް އެ ގައުމަށް ދާތީވެ، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕަށް ފޮނުވީ ދެ ވަނަ ފަންތީގެ ޓީމެކެވެ. ތޭވީސް އަހަރުގެ ކުޅުންތެރިން ވެސް ގިނައިން ހިމެނޭ ގޮތަށް އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލިއިރު، ގައުމީ ޓީމާ އެކު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކުޅޭ ކުޅުންތެރިން ވެސް ހިމެނެ އެވެ. 

އަނެއްކޮޅުން، ޕާކިސްތާން ޓީމުގައި ހިމެނޭ ޔޫރަޕް ކްލަބްތަކުގައި ކުޅޭ ކުޅުންތެރިންނަށް އެ ޓީމުތަކުން ރިލީސް ނުދޭތީވެ، އަދި ޓީމާ ނުގުޅެ އެވެ. އެހެންވެ، މިއަދުގެ މެޗުގައި އެ ޓީމަށް ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. 

ބަންގްލަދޭޝްގެ ގައުމީ ސްޓޭޑިއަމް (ކުރީގެ ބަންގުބަންދު ސްޓޭޑިއަމް)ގައި މިއަދުގެ މެޗުގެ ފުރަތަމަ 18 މިިނިޓް ތެރޭ އިންޑިއާ އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި އިންޑިއާގެ ސުހައިލް ބަޓް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެކަމަކު، އެ ބޯޅަ އަށް އެރިއިރު، ސުހެއިލް ހުރީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ. އޭނާ ޖެހި ރަނގަޅު ގޯލެއް ބަލައިނުގަތްތާ، ދެ މިނިޓް ފަހުން ދެން ލިބުނު ފުރުސަތުގައި ގޯލު ޖަހައި ސުހެއިލް ވަނީ އިންޑިއާ އަށް ލީޑުނަގައިދީފަ އެވެ. އޭނާ މި ލަނޑު ޖެހީ މުހައްމަދު ސުހެއިލް ނަގައިދިން ހުރަހަކުންނެވެ. 

މެޗުގެ 18 ވަނަ މިނިޓްގައި އިންޑިއާގެ ދެ ވަނަ ލަނޑު ޖެހީ ވެސް ފުރަތަމަ ގޯލު ޖެހި ސުހެއިލް އެވެ. މިއީ، އިންޑިއާގެ މިޑްފީލްޑަރު، އަބިޝޭކް ސޫރްޔަވަންޝީ ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި ސުހެއިލް، ހަމަޖެހިލައިފައި ޖެހި ގޯލެކެވެ. 

ޕާކިސްތާނުން ވިއްސަކަށް މިނިޓަށް ފަހު މެޗުގެ ތެރެއަށް ވަދެ، ރަނގަޅު ކުޅުމެއް ދައްކަން ފެށި އެވެ. އެކަމަކު، ދެން ވެސް މެޗުގައި ލަނޑު ޖެހީ އިންޑިއާ އިންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި ނައުފަލް ޕީއެން ދިން ރަނގަޅު ބޯޅައަކަށް އޭރިއާތެރެއަށް އަރައި މި ލަނޑު ޖެހީ މަގްލެންގްތަން ކިޕްގެން އެވެ. 

މެޗުގެ ތެރެއަށް އަލުން ވަންނަން ޕާކިސްތާނަށް ލިބުނު ރަނުގެ ފުރުސަތެއް އެ ޓީމުން ނަގާލި އެެވެ. އިންޑިއާގެ އޭރިއާތެރެއިން އަބިޝޭކް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕާކިސްތާންގެ ހައްޔާން ކަޓަކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން ޝާޔަކް ދޯސްތު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

 އިންޑިއާ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން ކިޕްގެން ފޮނުވާލި ޝޮޓް ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ. 

ޕާކިސްތާނުން ލަނޑެއް ޖަހަން ކުރި މަސައްކަތް ފުރަތަމަ ކާމިޔާބުވީ އިތުރު ވަގުތުގެ ފުރަތަަމަ މިިނިޓްގަ އެެވެ. ބަދަލަކަށް ކުޅެން އެރި އާދިލް ނާބީ ވަނީ ލިބުނު ފުރުސަތުގައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ޖެހިގެން އައި މިނިޓްގައި އަލަމްގީރު އަލީ ހާން ވަނީ އެކްރަބެޓިކް ކިކަކުން ޕާކިސްތާންގެ ދެ ވަނަ ގޯލު ޖެހި އެވެ. 

އިންޑިއާ އިން 2023 ވަނަ އަހަރު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި 4-0 އިން ޕާކިސްތާން އަތުން މޮޅުވި އެވެ.

މި ފަހަރުގެ މުބާރާތުގައި މި ގްރޫޕްގައި ކުޅޭ މެޗުގައި ޕާކިސްތާނުން ކުޅޭނީ ރާއްޖެއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox