ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

Nov 4, 2026, 9:45 AM
ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި)

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި)

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ވާދަކުރާއިރު، އިންޑޯ ދަނޑެއްގައި ޕްރެކްޓިސް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމަކު އެ އަށް ނުބަލައި ރަނގަޅު ވިސްނުމެއްގައި ތިބެގެން މުބާރާތަށް ނުކުންނާނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ. 

ޗައިނާ އިން ދިން ދައުވަތެއްގައި ރާއްޖޭން ވާދަކުރާ މި މުބާރާތުގައި މި ދެ ގައުމުގެ އިތުރުން، ދެން ހިމެނެނީ، ދެކުނު ކޮރެއާ އާއި ހޮންގް ކޮންގް އެވެ. 

ގައުމީ ފުޓްސަލް ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މާލޭގައި ޕްރެކްޓިސް ކުރިއިރު ވެސް އިންޑޯ އެއް ނުލިބެ އެވެ. އެކަމަކު، ތައިލެންޑަށް މުބާރާތަށް ދިއުމުގެ ކުރިން، 10 ވަރަކަށް ދުވަސް ޗައިނާގައި އިންޑޯއެއްގައި ޓްރެއިނިން ކުރިއަށްގެންދަން ފުރުސަތު ލިބި އޭގެ ތަފާތު ދެއްކި އެވެ. މި ފަހަރު، ޗައިނާ މުބާރާތަށް މާލޭގައި އިންޑޯއެއްގައި ޓްރެއިނިން ކުރިއަށްގެންދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މުބާރާތުގެ ކުރިން ޗައިނާ އަށް ދިއުމަށް ފަހު، ރާއްޖެ އަށް މުބާރާތުގެ ކުރިން އިންޑޯގައި ކުރަން ލިބެނީ ދެ ޕްރެކްޓިހެވެ. 

ގައުމީ ފުޓްސަލް ޓީމަށް ޗައިނާ އާއި ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

"އޭގެ އުނދަގޫ އޭޒް ޔޫޝުއަލް (އިންޑޯއެއް ނެތުމުގެ އުނދަގޫ ކުރިއެކޭ އެއްގޮތަށް) ކުރާނެ ކަމަށް މި ބަލަނީ. ގިނަ ކުޅުންތެރިންތަކެއް އިންޑޯގައި ކުޅެފައި ހުރިކަން އެއީ ލިބޭ އެޑްވާންޓޭޖެއް މި ސިޓުއޭޝަން އަށް ބަލާއިރު، އެކަމަކު ވެސް ކުދިކުދި އުނދަގޫތަކެއް އަންނާނެ. އެ އަށް ނުބަލައި ހަމަ ޓީމު ޕްރެޕެއާ ވެފައި މިހާރު މި އޮތީ،" ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެ ފަހު ޓްރެއިނިން ސެޝަން އަށް ފަހު، "އަދަދު ސްޕޯޓްސް" އަށް އިންމި ބުންޏެވެ. 

ޗައިނާ އިންޓަނޭޝަނަލް މުބާާރާތުގައި، ރާއްޖޭން ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ކުޅޭނީ ދެކުނު ކޮރެއާއާ އެވެ. ދެ ވަނަ މެޗުގައި މި މަހު ހަތް ވަނަ ދުވަހު ހޮންގް ކޮންގްއާ އެވެ. އަދި، ފަހު މެޗުގައި މި މަހު ނުވަ ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާނެ އެވެ. 

އެފްއޭއެމް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިއަކަށް ހޮވުުނު އިންމި ބުނީ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވި މިންވަރާ އަޅާކިޔާއިރު އެ ވަރަށް މި ފަހަރުގެ ޗައިނާ މުބާރާތަށް ފަރިތަނުކުރެވޭ ކަމަށާއި އެހެން ނަމަވެސް އުންމީދު އެބައޮތް ކަަމަށެވެ. 

"ދެން، މިހާރު ސާފް ޗެމްޕިއަންޝިޕްގެ ޕްރެޕަރޭޝަން އާ އަޅާބަލާއިރު އެ ވަރަކަށް ރެޑީއެއް ނުވެވޭ. ދެން، އެކަމު ވެސް މިހާރު ހުރިވަރުން، ދެން ކޯޗު ވެސް މި ކޮޅުގައި (މާލޭގައި ޓްރެއިނިން ކުރިއަށްގެންދަން) ނެތީމައާ އެއްކޮށް، ކުދިކުދި އުނދަގޫތައް އެބަހުރި. ދެން، ހުރިހާ ގޮތަކުން ބަލާއިރު ވެވުނު އެންމެ ބޮޑަށް ރެޑީވެފައި މި އޮތީ،" އިންމި ބުންޏެވެ. 

މިއީ، މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ފަހުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ސަރަހައްދުގެ ހަ ގައުމު ވެސް ބަލިކޮށްފަ އެވެ. އިންމި ބުނީ، ޗައިނާ މުބާރާތުގައި ކުޅެން ޖެހޭ ޓީމުތައް ސާފްގައި ކުޅުނު ޓީމުތަކަށް ވުރެން ވަރުގަދަވާނެކަން ގަބޫލުކުރާ ކަމަށެވެ.

"ވަރަށް ސްޓްރޯންގް ޓީމުތަކެއްކަން ގަބޫލުކުރެވޭ. އެކަމަކު ވެސް ތި ބުނިހެން، ޗައިނާ ކޭމްޕްގައި ޗައިނާއާ ކުޅެލިއިރުގައި ރަނގަޅު ފައިޓެއް ދީފައި އޮތީ. އެހެންވީމަ އެ ޔަގީންކަން އެބައޮތް މި ޓީމު ތެރޭގައި. އެހެންވީމަ މި ބަލަނީ ރަނގަޅު ފައިޓެއް މި ޓީމުތަކާ އެއްކޮށް ދެވޭނެ ކަމަށް،" އިންމި ބުންޏެވެ. 

ގައުމީ ޓީމުން ޗައިނާ މުބާރާތަށް ތައްޔާރީތައް ކުރިއަށްގެންދިޔައީ، އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވްގެ ޕްލޭނަށް، އެސިސްޓަންޓް ކޯޗުން ކަމަށްވާ މުހައްމަދު ފުހެއިދު (ޓޯޑް) އާއި އަހުމަދު ނިޔާޒް (ނިޔާ)ގެ  ބެލުމުގެ ދަށުންނެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox