ބަންގްލަދޭޝް އަށް 23 އަހަރުގެ އިންތިޒާރު ނިމުމަކަށް ގެނެވިދާނެ

Nov 5, 2026, 8:15 AM
ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ، ފީފާ އާސިއާން ކަޕްގެ މެޗެއްގެ ތެރެއިން.

ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ، ފީފާ އާސިއާން ކަޕްގެ މެޗެއްގެ ތެރެއިން.

މިއަދު ބަންގްލަދޭޝްގައި ފަށާ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ހޯދައިގެން، ބަންގްލަދޭޝް އިން ސަރަހައްދުގެ ޗެމްޕިއަންކަން ހޯދަން ކުރަމުން އަންނަ އިންތިޒާރަށް ނިމުމެއް ގެނެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު، އެމެރިކާގެ ތޯމަސް ޑޫލޭ ބުނެފި އެވެ. 

މިއަދު 15 ވަނަ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ފަށާއިރު، މި ފަހަރުގެ މުބާރާތުގައި ނޭޕާލް ނޫނީ ސަރަހައްދުގެ ހަ ގައުމުން ވާދަކުރެ އެެވެ. ގްރޫޕް އޭގައި ހިމެނެނީ، ބަންގްލަދޭޝް އާއި ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި އިންޑިއާ، ރާއްޖެ އަދި ޕާކިސްތާން ވާދަކުރާނެ އެވެ. 

މިއީ، ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، 2003، 2009 އަދި 2018 ގައި ހޯސްޓްކުރިިއިރު، 2003 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން، ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންކަން ހޯދިއިރު، މިއީ، މިހާތަނަށް ބަންގްލަދޭޝް އަށް މި މުބާރާތް ކާމިޔާބުކުރެވުނު ހަމައެކަނި ފަހަރެވެ. 

Advertisement

މި އަހަރުގެ މެއި މަހު ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި، ފިލިޕީންސް އަށް ކުރިން ކޯޗުކޮށްދިން ޑޫލޭ އަށް އަންނަނީ ބަންގްލަދޭޝްގެ ވަޒީފާގައި ހުންނަން ޕްރެޝަރު ބޮޑުވަމުންނެވެ. ބަންގްލަދޭޝާ ހަވާލުވެ، އޭނާ އެ ޓީމު ގޮވައިގެން ނުކުތް ހަތަރު މެޗުގެ ތެރެއިން މޮޅުވީ، ފުރަތަމަ މެޗުގައި ސެން މެރީނޯ އަތުންނެވެ. އޭގެ ފަހުން، ފީފާ އާސިއާން ކަޕްގައި ވަނީ 3-0 އިން މެލޭޝިއާ އަތުން، 1-0 އިން ސިންގަޕޫރު އަތުން އަދި 9-2 އިން އިންޑޮނޭޝިއާ އަތުން ބަލިވެފަ އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޫލޭ ގާތުގައި ބަންގްލަދޭޝް އަށް މުބާރާތް ކާމިޔާބު ކުރެވިދާނެތޯ އެހުމުން އޭނާ ބުނީ، އަމާޒާ ހަމައަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

"އަހަރެމެންނަށް މި މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބުކުރުމުގެ ރިއަލިސްޓިކް ޗާންސެއް އެބައޮތް. އެކަން ވުމުގެ ފުރުސަތު އެބައޮތް 23 އަހަރަށް ފަހު،" ޑޫލޭ ބުންޏެވެ. 

"އެކަމަކު، އަހަރެމެން ޖެހޭނެ އެ ވަރަށް މަސައްކަތް ކުރަން. އެންމެ ފަހު މިނިޓާ ހަމަައަށް ހިތްވަރު ދައްކަން،" 

ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ޖެހޭއިރު، ޑޫލޭ ބުނީ މުބާރާތަށް ތައްޔާރުވެ، ޗެމްޕިއަންކަން ހޯދަން ވިސްނާއިރު، އިދިކޮޅަށް ނުކުންނަ ޓީމަކަށް ނުބަލައި ކޮންމެ މެޗަކުން މޮޅުވުމުގެ އަމާޒެއް ކަނޑައަޅަން ޖެހޭނެ ކަމަށެެވެ. 

ބޫޓާންގެ ކޯޗު ގެރީ ފިލިޕްސް ބުނީ، އޭނާގެ ޓީމުގެ ތައްޔާރީތައް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެންމެ ރަނގަޅެއް ނޫން ކަމަށެވެ. ސަބަބަކީ ފީފާ ވިންޑޯ ފެށުމުގެކުރިން މުބާރާތް ފަށާތީވެ، ކުޅުންތެރިން އަވަަހަށް ގެނެސްގެން މެޗުތަކަށް ތައްޔާރުކުރަން ޖެހޭތީކަން ފިލިޕްސް ފާހަގަކުރި އެވެ. 

އެހެން ނަމަވެސް ބޫޓާނުން ކުޅުންތެރިން ޑިވެލޮޕްކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާއި މިދިޔަ އަހަރުތަކުގައި އެ ޓީމުން ސަރަހައްދުގެ ފުޓްބޯޅައިގައި ހޯދަމުން އަންނަ ކުރިއެރުމަށް ބަލާއިރު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ފިލިޕްސް ގަބޫލުކުރެ އެވެ. 

ބަންގްލަދޭޝް އާއި ބޫޓާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 7 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox