ނޭޕާލް ސަސްޕެންޝަނުގައި، ސާފް ޗެމްޕިއަންޝިޕް ޝެޑިއުލް ފައިނަލްކޮށްފި

Oct 1, 2026, 3:00 PM
2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން: ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން: ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އަންނަ ނޮވެމްބަރު މަހު، 5-17 އަށް ބަންގްލަދޭޝްގައި ބާއްވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމަށް ނޭޕާލަށް ދީފައި އޮތް މުއްދަތުގެ ތެރޭގައި، އެ ގައުމަށް ފީފާ އިން ދީފައި އޮތް ސަސްޕެންޝަނަށް ހައްލެއް ނުލިބުމުން، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މުބާރާތުގެ ޝެޑިއުލް ފައިނަލްކޮށްފި އެވެ. 

ބޫޓާންގެ ތިމްޕޫގައި، މިދިޔަ އޮގަސްޓް މަހު އެއް ވަނަ ދުވަހު ކުރިއަށްދިޔަ، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތުލުމުގައި ނޭޕާލްގެ ނަން ރަސްމީކޮށް ހިމަނާފައިނުވެ އެވެ.

ގްރޫޕް އޭގައި އޮތީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ، ބަންގްލަދޭޝްގެ އިތުރުން، ބޫޓާން އާއި ސްރީ ލަންކާ އެވެ. ގްރޫޕް ބީގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާގެ އިތުރުން ޕާކިސްތާން އަދި ރާއްޖެ އެވެ. އިންޑިއާ އިން ނޮވެމްބަރު މަހު، ނިއު ޒީލެންޑުގެ ފީފާ ބްރޭކުގައި ދެ މެޗު ކުޅޭތީވެ، ސާފް ޗެމްޕިއަންޝިޕަށް އެ ޓީމުން ފޮނުވަނީ، ޒުވާން ކުޅުންތެރިން ހިމެނޭ ސްކޮޑެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން، 2018 އާއި 2009 ގައި އިންޑިއާ އިން ބަންގްލަދޭޝްގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕަށް ފޮނުވީ 23 އަހަރުން ދަށުގެ ޓީމެކެވެ. 

ސާފް އިން ނޭޕާލަށް ފުރުސަތަު ދީފައި އޮތީ، މިދިޔަ މަހުގެ 30 ގެ ކުރިން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމަށެެވެ.   މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު، ފީފާ އިން ނޭޕާލް ސަސްޕެންޑްކުރީ، އޭގެ ކުރިން ހިނގައިދިޔަ ހަމަ މަހުގެ ތެރޭގައި، އެ ގަައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގައި ހުރި މައްސަލަތައް ނޭޕާލް ސަރުކާރާ ގުޅިގެން ހައްލުކުރަން ދިން އެއްވެސް ފުރުސަތެއްގައި ފީފާގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބާފައިނުވާތީ އެވެ. 

ސާފުން ނޭޕަލަށް ދިން މުއްދަތުގެ ތެރޭގައި، އެ ގައުމަށް ސަސްޕެންޝަނުގެ މައްސަލައިގައި ހައްލެއް ނުހޯދި، 15 ވަަނަ ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމުގެ ބައިވެރިވުމެއް ނޯންނާނެ އެވެ. މިއީ، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ނޭޕާލް ނުލައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. 

ފީފާގެ ސަސްޕެންޝަނުގައި އޮތް ނޭޕާލުން ޑޮމެސްޓިކް ފުޓްބޯޅަ ކުރިއަށްގެންދިއުމަށް އެ ގައުމުގެ ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ. 

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުުޅުނު ނޭޕާލް، އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 

ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. 

ސާފް ޗެމްޕިއަންޝިޕް 2026 ޝެޑިއުލް

ގްރޫޕް ބީ: އިންޑިއާ - ޕާކިސްތާން (5 ނޮވެމްބަރު)

ގްރޫޕް އޭ: ބޫޓާން - ބަންގްލަދޭޝް (5 ނޮވެމްބަރު)

ގްރޫޕް ބީ: ރާއްޖެ - ޕާކިސްތާން (8 ނޮވެމްބަރު)

ގްރޫޕް އޭ:  ސްރީ ލަންކާ - ބޫޓާން (8 ނޮވެމްބަރު)

ގްރޫޕް ބީ: އިންޑިއާ - ރާއްޖެ (11 ނޮވެމްބަރު)

ގްރޫޕް އޭ: ބަންގްލަދޭޝް - ސްރީ ލަންކާ (11 ނޮވެމްބަރު)

ސެމީ ފައިނަލް ދެ މެޗު (14 ނޮވެމްބަރު) 

ފައިނަލް މެޗު (17 ނޮވެމްބަރު)


ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox