ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް އަންނަ އަހަަރަށް ފަސްކޮށްފި

Oct 28, 2026, 3:16 PM
ސައުދީ އަރަބިއްޔާގެ ކުޅިވަރު މުބާރާތެއްގެ ތެރެއިން އެ ގައުމުގެ އެތުލީޓެއް.

ސައުދީ އަރަބިއްޔާގެ ކުޅިވަރު މުބާރާތެއްގެ ތެރެއިން އެ ގައުމުގެ އެތުލީޓެއް.

ސައުދީ އަރަބިއްޔާގައި އަންނަ ޑިސެމްބަަރު މަހު ބާއްވަން ނިންމާފައި އޮތް އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް (އައިމެގް) އަންނަ އަހަރަށް ފަސްކުރަން ނިންމައިފި އެވެ. 

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން އިއުލާނުކޮށްފައިވާ ގޮތުގައި، ހަ ވަނަ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް (އައިމެގް) މި އަހަރުގެ ޑިސެމްބަރުން އަންނަ އަހަރުގެ މާޗް 28 އިން އޭޕްރީލް 8 އަށް ފަސްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޭމްސްގައި ރާއްޖޭން ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތީ ޕޫލް ބިލިއާޑް އާއި ޗެސް އެވެ. 

މީގެ ކުރިން، އައިމެގް ބާއްވަން ތާވަލުކޮށްފައި އޮތީ، ޑިސެމްބަރު، 13-21 އަށް ސައުދީގެ ވެރި ރަށް ރިޔާދުގަ އެވެ. 

އޯސީއޭ އިން ބުނެފައިވަނީ، އައިމެގް ލަސްކުރަން ނިންމާފައިވަނީ، ލޯކަލް އޮގަނައިޒިން ކޮމިޓީ އާއި ސައުދީގެ އޮލިމްޕިކް ކޮމިޓީ އަދި އެހެނިހެން މި ކަމުގައި ޝާމިލުވާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށް ފަހު އެވެ. އޮގަނައިޒަރުން މައުލޫމާތު ދޭ ގޮތުގައި މި ގޭމްސް ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މި ވަގުތު ކުރިމަތިވެފައި އޮތް ލޮޖިސްޓިކްސް އާއި އޮޕަރޭޝަނަލް ކަންކަން އުސޫލެއްގެ ތެރެއިން ހަމަޖެއްސުމާއި ގޭމްސްގެ ކޯޑިނޭޝަންގެ ކަންކަން އިތުރަށް ފުރިހަަމަކޮށް ބައިވެރިވާ ހުރިހާ ގައުމަކަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. 

ރިޕޯޓްތައް ބުނާގޮތުން، މިއީ، ހޫތީން، ސައުދީ އަށް ދެމުން އަންނަ ހަަމަލާތަކުގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ވިސްނުމަށް ފަހު ނިންމި ނިންމުމެކެވެ. ސައުދީގައި ނޮވެމްބަރާއި ޑިސެމްބަރު އަދި ޖެނުއަރީގައި ބާއްވާ ބައިނަލްއަގުވާމީ އެކި އިވެންޓްތައް އަންނަނީ ފަސްކުރަމުންނެވެ. 

އައިމެގް އަކީ ސައުދީގައި މި ގޮތަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބާއްވާ މި ފަދަ ފުރަތަމަ މަލްޓިސްޕޯޓްސް އިވެންޓެވެ. އެ ގޮތުން، އައިމެގުގައި 45 ގައުމެއްގެ އޮލިމްޕިކް ކޮމިޓީތަކުން ޖުމްލަ އެކު، 4500 އެއްހާ އެތުލީޓުން މި ފަހަރުގެ ގޭމްސްގައި ފެނިގެންދާނެ ކަމަށް ސައުދީ އޮފިޝަލުން ބުނެފައިވެ އެވެ. 

އެންމެ ފަހުން، އައިމެގް އޮތީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގެ އަޝްގަބަތުގަ އެވެ. 

ސައުދީން އެކި ކުޅިވަރު ހަރަކާތްތައް އެ ގައުމުގައި ބާއްވަމުން އަންނަ ނިސްބަތް އިތުރުވަމުން އަންނަ އެއް ސަބަބަކީ، އެ ގައުމުގެ "ވިޝަން 2030" ތަސައްވުރުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox