ގައުމީ މަޖިލީހުގެ އިންތިހާބު އިއުލާނު ކުރުމަށްފަހު އެމްޑީޕީގެ ކޮންގްރެސް ނިންމާލައިފި

Oct 4, 2026, 12:21 AM
އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ ނޮވެމްބަރު 27، ގައި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ ނޮވެމްބަރު 27، ގައި -- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތް ނޮވެމްބަރު މަހު ބާއްވަން އިއުލާނު ކުރުމަށްފަހު އެ ޕާޓީގެ ފަސް ވަނަ ކޮންގްރެސް މިރޭ ނިންމާލައިފި އެވެ. 

އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގިނަ އިސްލާހުތަކެއް ގެނެސް، މުޅި ގަވާއިދު ވަނީ އަލުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމެނެ އެވެ.

ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޕާޓީގެ ވެރިކަމެއްގައި ނަމަ ކެބިނެޓު މެންބަރުން ގައުމީ މަޖިލީހުގައި ހިމެނޭނެ އެވެ. އަދި ޗެއާޕާސަންގެ ނައިބު ވެސް ކުރިން އޮތް ގޮތުން ހިމެނެ އެވެ. 

Advertisement

ނަމަވެސް ކެބިނެޓު މެންބަރުންނާއި ޗެއާޕާސަންގެ ނައިބުންނަކީ އިންތިހާބަކާ ނުލާ މަޖިލީހުގައި ތިބޭ މެންބަރުން ކަމަށްވާތީ އެ މަގާމުތައް ގައުމީ މަޖިލީހުން ވަނީ އުނިކޮށްފަ އެވެ. ގައުމީ މަޖިލީހުގެ އާ އުސޫލާ އެއްގޮތަށް އިންތިހާބު އޮންނާނީ ނޮވެމްބަރު 27، ގަ އެވެ. 

"އަސާސީ ގަވާއިދަށް ގެންނެވި ހަތަރު ވަނަ އިސްލާހާ އެއްގޮތަށް ގައުމީ މަޖިލީހުގެ އިންތިހާބު 27 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހު އޮންނާނެ ވާހަކަ އާންމުކޮށް އަންގާ އިއުލާނު ކުރިން،" ކޮންގްރެސް ނިންމާލައްވަމުން ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ވަނީ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަން ފާސްކޮށްފަ އެވެ. އަދި ލާމަރުކަޒީ ސިޔާސަތު އެކުލެވޭ ކަރުދާހެއް ވެސް ވަނީ ފާސްކޮށްފަ އެވެ. 

އެ ކަރުދާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ، ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު އިންތިހާބު ކުރުމެވެ. އެ ކަރުދާހުގައިވާ ގޮތުން، ސަރުކާރުގެ ވެރިޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ކައުންސިލްތަކުން ނަގާ ވޯޓަކުންނެވެ. 

ލާމަރުކަޒީ ކަރުދާހުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ކައުންސިލްތަކަށް ދޫކުރާ ފައިސާގެ އަދަދު އިތުރު ކުރުމާއި ޓެކްސްތަކުން ބައެއް ދިނުމާއި ގާނޫނުއަސާސީ އިން އިހްތިސާސް ކަނޑައެޅުމެވެ. 

އޭގެ އިތުރުން، އަތޮޅު ކައުންސިލްތައް އިއާދަ ކުރުމާއި އެމީހަކު ދިރިއުޅޭ ތަނަކަށް ވޯޓުލެވޭ ގޮތް ހެދުމަކީ ވެސް އެ ކަރުދާހުގައި ހިމެނޭ ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox