އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް، އޭގެ އަގުވަޒަންކުރެވެން ޖެހޭ: ފައްޔާޒު

އައްޑޫ ސިޓީގައި ފައްޔާޒު ދޮރުން ދޮރަށް ހިންގަވަނީ. ބޮޑު ބަދަލުގައި ވަނީ އަންހެނުން އިތުރު ފުރުސަތުތައް ފަހިކުރުމަށް ގިނަ ސިޔާސަތުތަކެއް ހިމަނާފައި ---

އައްޑޫ ސިޓީގައި ފައްޔާޒު ދޮރުން ދޮރަށް ހިންގަވަނީ. ބޮޑު ބަދަލުގައި ވަނީ އަންހެނުން އިތުރު ފުރުސަތުތައް ފަހިކުރުމަށް ގިނަ ސިޔާސަތުތަކެއް ހިމަނާފައި ---

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި އެކަމުގެ އަގު ކޮންމެވެސް ގޮތަކުން ވަޒަންކުރަން ޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މިވަގުތު ހުންނެވީ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދުމަށް އައްޑޫގަ އެވެ. އެ ދަތުރުގެ ތެރެއިން ފައްޔާޒު ވަނީ އެ އަތޮޅު ހުޅުދޫ އަދި މީދޫގެ އެމްޑީޕީ މެންބަރުންނާއެކު ސިޔާސަތު އެކަށައެޅުމަށް އެ މީހުންގެ ހިޔާލު ހޯދުމަށް ވޯކްޝޮޕެއް ބާއްވާފަ އެވެ. 

އެ ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން  ގޭގައި މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ފިރިމީހާ ނުވަތަ ދައުލަތުން ފައިސާ ދޭންޖެހޭ ކަމަށެވެ.

"ގޭތެރޭގައި މަސައްކަތްކުރުމުގެ ވާހަކަ މިތާ ދެކެވުނީމާ، އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަސްލުގައި ފިރިމީހާ ނުވަތަ ދައުލަތުން އެމީހުންނަށް ލާރި ދޭންޖެހޭ ކަމެއް. އެ ކުދިން ބަލާ ބޮޑުކުރަނީ މުޖުތަމައުއަށް އެ ނެރެނީ މުޅި މުޖުތަމައުގައި އެ ކުދިންނަށް މިސާލަކަށް 18 އަހަރުވަންދެން މައިމީހާ އެބަލަނީ. ފިރިމީހާއެއް ނޫން ގޭގައި އެ ހުންނަނީ. ފިރިމީހާގެ ރޯލު ކުޑަކުރަނީއެއް ނޫން އެއްގޮތަކަށްވެސް،" ފައްޔާޒް ވިދާޅުވި އެވެ. 

އޭނާއަށް ވެރިކަން ކުރަން ފުރުސަތު ފަހިވެއްޖެނަމަ ވަޒީފާއަކަށް ނުގޮސް ގޭތެރެ ބެލެހެއްޓުމަށް ތިބޭ އަންހެނުންނަށް ޕެންޝަނެއް ދީގެންވިޔަސް އެފަދަ މީހުންގެ އަގުވަޒަން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

"އެހެންނަމަވެސް އަންހެނުން ގޭތެރޭގައި ތިބެ ރަނގަޅަށް އެ ދަރިން ބެލުމަކީ އަޅުގަނޑުމެން ފިރިހެނުންނަށްވެސް އޮތް މުހިންމު ކަމެއް. އަންހެނުން އެކަން ނުކުރާ ކަމަށްވަންޏާމުން މުޖުތަމައު ހަލާކުވީ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އިކޮނޮމިކަލް ވެލިއުއެއް ހުރި އެއްޗެއް. އިގުތިސާދީ އަގެއް ހުރި ކަމެއް އަންހެނުން ގޭގައި ކުރާ މަސައްކަތް އެއީ. ކޮންމެވެސް ގޮތަކަށް އަޅުގަނޑުމެން ހޯދަން އެބަޖެހޭ އެމީހުންނަށް ޕެންޝަނެއް ނަމަވެސް ދޭން." 

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އަންހެނުންގެ ހާލަތު ރަނގަޅުކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ މުޖުތަމައުގައި ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންނަށް ލިބޭ ފުރުސަތުތައް ވެސް ނިސްބަތުން މަދު ކަމަކީ ހަގީގަތް ކަމަށެވެ. 

"އަޅުގަނޑުމެންގެ މުޖުތަމައުގައި ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުން. އެހެންވީމަ މުޖުތަމައުއެއް ރަނގަޅަށް އޮތުމަކީ އަޅުގަނޑަށްވެސް ލިބޭ ފައިދާއެއް ފިރިހެނަކަށްވީތީވެސް. އެހެންވީމަ އަންހެނުންގެ ހާލަތު ރަނގަޅުކުރަން މަޖުބޫރުމިވަނީ. އެކަމަކު އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ފިރިހެނުން ޑޮމިނޭޓެޑް ސޮސައިޓީތަކަށްވާތީ އަޅުގަނޑުމެން މި ހުށަހަޅަނީ ބައެއް ކަންކަމުގައި އަންހެނުންނަށް ފިރިހެންުންނަށްވުރެ އިތުރު ފުރުސަތު ދޭން،" ފައްޔާޒް ވިދާޅުވި އެވެ. 

މީގެއިތުރުން ފައްޔާޒް ވިދާޅުވީ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެމްޑީޕީން ހުށަހަޅައިގެން ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމުން އޭގެ ފައިދާ ފެންނަމުންދާ ކަމަށާއި ބައެއް އަންހެން ކައުންސިލަރުން ފިރިހެން ކައުންސިލަރުންނަށްވުރެ ވެސް މާ ވަރުގަދަ ކަމަށެވެ. 

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒް އަންނަނީ އޭނާ ރައްޔިތުންނަށް ހުށަހަޅުއްވާ "ބޮޑު ބަދަލު" ސިޔާސަތާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތުތައް ފޯރުކޮށްދީ ހިޔާލު ހޯދަމުންނެވެ. އޭގައި ވަރަށް ބޮޑަށް އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތުތަކެއް ވަނީ ހިމަނާފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒްގެ އިތުރުން ދެން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox