އެމްޑީޕީ ކޮންގްރެސް: ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި ބޮޑެތި އިސްލާހުތައް ވެސް ފާސްކޮށްފި

Oct 3, 2026, 6:39 PM
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން: އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްވި ނަމަވެސް މުޅި ގަވާއިދު ފާސް ކުރަން މިރޭ އިތުރު ވޯޓެއް ނަގާނެ -- ފޮޓޯ: އަދަދު

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން: އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްވި ނަމަވެސް މުޅި ގަވާއިދު ފާސް ކުރަން މިރޭ އިތުރު ވޯޓެއް ނަގާނެ -- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް އެ ޕާޓީގެ ކޮންގްރެސް އިން މިއަދު ފާސްކޮށްފި އެވެ. 

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްވުމުން، ޕާޓީގެ އަސާސީ ގަވާއިދުގެ މައިގަނޑު ބައިތައް ބަދަލުވީ އެވެ. އެ އިސްލާހުތައް ހުށަހެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. 

މިއަދު ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބަދަލަކީ ޕާޓީގެ ރައީސްގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ޗެއާޕާސަންއަށް ހެދުމެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ވަކި މުއްދަތެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ބަދަލު ކުރުމަކީ ވެސް މިއަދު ގެނައި ބޮޑު ބަދަލެކެވެ. 

Advertisement

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި ބައެއް އިސްލާހުތައް 

  • ޕާޓީގެ ރައީސްގެ މަގާމު އުވާލައި ޗެއާޕަސަންއަކީ އެންމެ އިސް މަގާމަށް ހެދުން
  • ނައިބު ރައީސުންގެ އަދަދު ތިނަކަށް އިތުރުކޮށް އޭގެ ތެރެއިން އެކަކީ އަންހެން މެންބަރަކަށް ހެދުން
  • ޕްރައިމަރީގައި ވޯޓު ލެވޭނީ މެންބަރުންގެ ދަފްތަރުގައި ހިމެނި ތިން މަސްދުވަސް ހަމަވުމުން
  • ކޮންގްރެސް އަސް ޑަބްލިއުޑީސީ މެންބަރުން ، އަންހެނުންގެ ރޫހުގެ ހިންގާ ކޮމެޓީގެ މެންބަރުން އިތުރުންކުރުން
  • ކޮންގްރެސް ޑެލިގޭޓުން ތައާރަފް ކުރުން
  • ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިއްޖެ ނަމަ ސިޔާސަތުތައް ކަނޑައަޅާއިރު ގައުމީ މަޖިލީހުގެ މަޝްވަރާ ހޯދުން ލާޒިމްވުން
  • ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުޝީރަކަށް ޗެއާޕާސަން އައްޔަން ކުރުން މަޖުބޫރުވުން

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސް ކުރި ނަމަވެސް އަދި މުޅި އަސާސީ ގަވާއިދު ފާސްކުރަން މިރޭ އިތުރު ވޯޓެއް ނަގާނެ އެވެ. 

އަސާސީ ގަވާއިދު ފާސް ކުރަން ނަގާ ވޯޓަށްފަހު މިރޭ އޮންނާނީ ކޮންގްރެސް ނިންމުމުގެ ޖަލްސާ އެވެ. އެ ޖަލްސާގައި ހިޔާލުފާޅު ކުރުމުގެ ފުރުސަތު އާންމު މެންބަރުންނަށް އޮންނާނެ ކަމަށް މިއަދު އިއުލާނު ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox