އެމްޑީޕީ ކޮންގްރެސް: އަލީ ނިޔާޒް ހުށަހެޅުއްވި ލާމަރުކަޒީ ކަރުދާސް ފާސްވެއްޖެ

Oct 3, 2026, 7:01 PM
އެމްޑީޕީގެ ކޮންގްރެސްގައި އަލީ ނިޔާޒް: ކައުންސިލްތަކަށް ޓެކްސް ލިބޭނެ ގޮތަށް ނިޒާމު ބަދަލު ކުރަން ހުށަހެޅުއްވި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ކޮންގްރެސްގައި އަލީ ނިޔާޒް: ކައުންސިލްތަކަށް ޓެކްސް ލިބޭނެ ގޮތަށް ނިޒާމު ބަދަލު ކުރަން ހުށަހެޅުއްވި -- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ޗެއާޕާސަން އަލީ ނިޔާޒް ހުށަހެޅުއްވި ލާމަރުކަޒީ ސިޔާސަތު ކަރުދާސް އެ ޕާޓީގެ ކޮންގްރެސްގައި މިއަދު ފާސްކޮށްފި އެވެ. 

ނިޔާޒްގެ ލާމަރުކަޒީ ކަރުދާހުގައި ކައުންސިލްތަކަށް މިހާރު ކުރިމަތިވަމުންދާ ވަރަށް ގިނަ މައްސަލަތަކަށް އަލިއަޅުވާލާފައިވެ އެވެ. އޭނާ ވިދާޅުވީ އެ ކަރުދާސް ތައްޔާރު ކުރީ ކައުންސިލްތަކުގެ ޖަމިއްޔާގެ ފަންނީ ލަފާގެ މަތިން ކަމަށެވެ. 

ލާމަރުކަޒީ ކަރުދާހުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ކައުންސިލްތަކަށް ދޫކުރާ ފައިސާގެ އަދަދު އިތުރު ކުރުމާއި ޓެކްސްތަކުން ބައެއް ދިނުމާއި ގާނޫނުއަސާސީ އިން އިހްތިސާސް ކަނޑައެޅުމެވެ. 

އޭގެ އިތުރުން، އަތޮޅު ކައުންސިލްތައް އިއާދަ ކުރުމާއި އެމީހަކު ދިރިއުޅޭ ތަނަކަށް ވޯޓުލެވޭ ގޮތް ހެދުމަކީ ވެސް އެ ކަރުދާހުގައި ހިމެނޭ ކަމެކެވެ. 

ލާމަރުކަޒީ ކަރުދާހުގައި ހިމެނޭ ބައެއް ބަދަލުތައް 

  • ދައުލަތަށް ލިބޭ އާމްދަނީގެ 15 ޕަސެންޓު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދިނުން (މިހާރު ލިބެނީ 5 ޕަސެންޓު)
  • ލާމަރުކަޒީ ގާނޫނުގައި ބުނާ ސެކްޓޯރަލް ގްރާންޓް ދޫކުރަން ފެށުން
  • ގްރީން ފަންޑަށް ނަގާ އަދަދުގެ 20 ޕަސެންޓުގެ، ބިމު ކުލީގެ 50 ޕަސެންޓު އަދި މަރުކަޒީ ޓެކްސްތަކުގެ ފަސް ޕަސެންޓު ކައުންސިލްތަކަށް ދޫކުރުން
  • ސަރަހައްދީ ކޮމިއުނިޓީ ބޭންކުތައް އުފެއްދުމުގެ ފުރުސަތު ދިނުން، ސޮވިރިން ގެރަންޓީ ދިނުން
  • ރަށާއި އަތޮޅުގެ އިހްތިސާސް ގާނޫނުއަސާސީގައި ކަނޑައެޅުން އަދި އެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ކައުންސިލްތަކަށް ދިނުން
  • އަތޮޅު ކައުންސިލްތައް އިއާދަކުރުން
  • މުވައްޒަފުން އައްޔަން ކުރުމާއި ޕްރޮމޯޝަން ދިނުމުގެ ބާރު ކައުންސިލަށް ދިނުން
  • ކައުންސިލެއްގެ ރައީސް އާއި ނައިބުރައީސް ފިޔަވައި އެހެން މެންބަރުން ޕާޓް ޓައިމް މުވައްޒަފުންނަށް ބަދަލު ކުރުން
  • އަންހެނުންގެ ކޮމިޓީ އުވާލައި، ޕާޓީގެ ރައީސް ފިޔަވައި އެހެން ގޮނޑިތައް ދެ ޖިންސަށް ހަމަހަމައަށް ބެހުން
  • ދިރިއުޅޭ ތަނަށް ވޯޓުދިނުން

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ލާމަރުކަޒީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެެނެސްފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި ކުރުމަށް ކައުންސިލްތަކަށް ލިބުނު ފުރުސަތު ހަނި ކުރުމާއި މުވައްޒަފުން ނެގުމުގެ ބާރު އަތުލުމާއި އަތޮޅު ކައުންސިލް އުވާލުން ހިމެނެ އެވެ. 

އެ ބަދަލުތަކަށްފަހު އޭޕްރީލް ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ. ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އެމްޑީޕީއިންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ވެސް ނެގީ އެމްޑީޕީ އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox