އެމްޑީޕީ ކޮންގްރެސް: ރާއްޖޭގެ ހިންގުމުގެ ނިޒާމް ބަދަލު ކުރަން ތަސައްވުރު ކުރާ ބޮޑު ބަދަލު ގަރާރު އެމްޑީޕީއިން އެންޑޯޒްކޮށްފި

Oct 3, 2026, 5:52 PM
ފައްޔާޒް އިސްމާއިލް: ބޮޑު ބަދަލު ކަރުދާސް ހުށަހެޅުއްވީ ފައްޔާޒް -- ފޮޓޯ: އަދަދު

ފައްޔާޒް އިސްމާއިލް: ބޮޑު ބަދަލު ކަރުދާސް ހުށަހެޅުއްވީ ފައްޔާޒް -- ފޮޓޯ: އަދަދު

ރާއްޖޭގެ ހިންގުމުގެ ނިޒާމް ބަދަލު ކުރަން އިދިކޮޅު އެމްޑީޕީ އިން މަސައްކަތް ކުރުމަށްޓަކައި، ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް ހުށަހެޅުއްވި "ބޮޑު ބަދަލު" ކަރުދާސް އެ ޕާޓީ އިން މިއަދު އެންޑޯޒްކޮށްފި އެވެ. 

އެމްޑީޕީ އިން މިވަގުތު ކުރިއަށްގެންދާ ކޮންގްރެސްގައި އެ ކަރުދާސް ފާސްވެފައި ވަނީ 520 ވޯޓުންނެވެ. އެހެންކަމުން ބޮޑު ބަދަލު ކަރުދާހަކީ މިހާރު އެމްޑީޕީ އިން ގަބޫލު ކުރާ ސިޔާސަތެވެ. 

ބޮޑު ބަދަލު ކަރުދާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ، ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު އިންތިހާބު ކުރުމެވެ. އެ ކަރުދާހުގައިވާ ގޮތުން، ސަރުކާރުގެ ވެރިޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ކައުންސިލްތަކުން ނަގާ ވޯޓަކުންނެވެ. 

ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ވެސް "ބޮޑު ބަދަލު" ގެ ތެރޭގައި ހިމެނެ އެވެ. 

ފައްޔާގެ ށަހެޅުއްވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 

އޭގެ އިތުރުން، މަޖިލީހުގެ މެންބަރުން ޕާފޯމް ނުކުރެވޭނެ ނަމަ ރިކޯލް ކުރެވޭނެ ގޮތަށް ރައްޔިތުންނަށް ބާރު ދިނުމާއި ރައްޔިތުންނަށް ލިބިދޭ ބާރުތައް ގާނޫނުއަސާސީގައި ތަފުސީލު ކުރުން ވެސް ބޮޑު ބަދަލުގެ ތެރޭގައި ހިމެނެ އެވެ. 

ބޮޑު ބަދަލުގެ ކަރުދާސް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވަމުން ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކަށްވުރެ ވެރި މީހާގެ ބާރުތައް ގިނަވުމުން ހިންގުމުގެ ނިޒާމާމެދު ވިސްނާލަންޖެހޭ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީގެ ސަރުކާރުން ނަގައި ގާނޫނުއަސާސީގައި އެހެރަ ހުރިހާ ޗެކްސް އެންޑް ބެލެންސެސްގެ މަހްފޫމްތައް ދުއްވާލާ ވެރިމީހާގެ ހައްގުތައް މި އޮންނަނީ. ރައްޔިތުންގެ ހައްގުތަކެއް ނޫން. އެހެންވީމަ މި ނިޒާމާމެދު އަޅުގަނޑުމެން ވިސްނަން ޖެހެނީ،" ފައްޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox