އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި

Oct 3, 2026, 11:38 PM
އެމްޑީޕީ ކޮންގްރެސް އޮކްޓޯބަރު 3، 2026 -- ފޮޓޯ: އަދަދު

އެމްޑީޕީ ކޮންގްރެސް އޮކްޓޯބަރު 3، 2026 -- ފޮޓޯ: އަދަދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ނިންމުންތައް ނިންމާ ގުނަވަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު، މިއަންނަ ނޮވެމްބަރު މަހުގެ ސަތާވީސް ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައި އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

މިކަން އިއުލާނު ކުރެއްވީ މިރޭ ބޭއްވި އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދެވެ.

ކުރިން ރާއްޖޭގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި، ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު ހަތަރު ވަނަ އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 މިއީ ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާއެކު ބޭއްވޭ ފުރަތަމަ އިންތިހާބެކެވެ.

އަލަށް އެކުލަވާލެވޭ ގައުމީ މަޖިލީހުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ނިމިގެންދިޔަ ކޮންގްރެސްއިން ގެނެސްފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޕާޓީގެ ހިންގުމުގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލިސް އަލުން އެކުލަވާލާއިރު، އެ މަޖިލީހުގައި ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލާފައިވުމެވެ. މީގެ ބަދަލުގައި އާ ގައުމީ މަޖިލިސް އެކުލެވިގެންވަނީ ޕާޓީގެ އެކި ދާއިރާތަކާއި ގޮފިތައް ތަމްސީލުވާނެ ފަދަ ފުޅާ ދާއިރާއެއްގަ އެވެ.

އާ ގަވާއިދުގެ ދަށުން ގައުމީ މަޖިލީހުގައި ހިމެނޭނީ ޗެއާޕާސަން އާއި ޗެއާޕާސަންގެ ނައިބުންގެ އިތުރުން، އެކި ދާއިރާތަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންނެވެ.

މީގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް އާއި އެ ރޫހުން އިންތިހާބުކުރާ ފަސް މެންބަރުންނާއި، ޔޫތު ވިންގުގެ ރައީސް އާއި އެ ގޮފިން އިންތިހާބުކުރާ ފަސް މެންބަރުންވެސް މި މަޖިލީހުގައި ހިމެނޭނެ އެވެ.

ޕާޓީގެ އެކި ގުނަވަންތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކައުންސިލާސް އެސެމްބްލީގެ ރައީސް އާއި ތިން ނައިބު ރައީސުންނާއި، ޑަބްލިޔޫޑީސީ ވިންގުގެ ރައީސް އާއި އެ ވިންގުގެ ތިން މެންބަރުންވެސް ގައުމީ މަޖިލީހުގައި ތަމްސީލުވާނެ އެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި، ޕާޓީގެ ސަރުކާރެއް އޮންނަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި މޭޔަރުންނަށްވެސް ގައުމީ މަޖިލީހުގެ މެންބަރުކަން ލިބިގެންދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox