މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީ ކޮންގްރެސް 2026 -- ފޮޓޯ: އަދަދު

އެމްޑީޕީ ކޮންގްރެސް 2026 -- ފޮޓޯ: އަދަދު

މި ވަގުތު ވެސް ވެރިކަމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި ނަޝީދު އެހެން ވިދާޅުވީ އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު، އަހުމަދު ސަލީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

"މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވުމަށް އަޅުގަނޑު މި ހުރީ ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުގެ ކުރިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ އެ ޕާޓީގެ އިދާރީ އޮނިގަނޑު އޮންނާންވާނީ ކޮންމެ ވަގުތެއްގައި ވެސް ސަރުކާރާ ހަވާލުވެވޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑު ވިސްނާ ގޮތުގައި މި ޕާޓީގެ އިދާރީ އޮނިގަނޑު އޮންނާން ޖެހޭނީ އެ ވަގުތު ދައުލަތް އޮތް ގޮތަށް އިންތިޒާމު ކުރެވިފައި، އޭރުން މާދަމާ ވެސް ހަވާލުވާން ފަސޭހަވާނީ،" ސަލީމް ވިދާޅުވި އެވެ.

މިހާރު މި ހިނގާ ޕީއެންސީގެ ސަރުކާރު ފަދަ ނޭއްގާނީ ސަރުކާރުތައް ހިނގަމުންދާ ވަގުތެއްގައި ކޮންމެ ވަގުތެއްގައި ވެސް ވެރިކަމާ ހަވާލުވާން ރައްޔިތުން އަންގަފާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ސުވާލަކީ، އަޅުގަނޑުމެން ގޮތަކަށް އިންތިޒާމު ވާނީތޯ ފަހުން ދައުލަތް ބަދަލުކުރާނީތޯ؟ ނޫނީ އަޅުގަނޑުމެން އިހަށް މަޑުކޮށްފައި ދައުލަތަށް ބަދަލުގެނެސްފައި ދެން އަޅުގަނޑުމެން ބަދަލުަވާނީތޯ؟" ސަލީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox