އެމްޑީޕީ ކޮންގްރެސް 2026: ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލައިލުމެއް

Oct 3, 2026, 10:04 AM
އެމްޑީޕީ ކޮންގްރެސް އޮކްޓޯބަރު 3، 2026 -- ފޮޓޯ: އަދަދު

އެމްޑީޕީ ކޮންގްރެސް އޮކްޓޯބަރު 3، 2026 -- ފޮޓޯ: އަދަދު

އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަކުރުމަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ވަނީ ހުށަހަޅައިފަ އެވެ. މި އިސްލާހުތަކުގެ މައިގަނޑު އަމާޒަކީ ޕާޓީގެ އެތެރޭގެ ހިންގުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުކޮށް، މެންބަރުންގެ ބައިވެރިވުން އިތުރުކުރުމެވެ.

އެމްޑީޕީ ކޮންގްރެސްގެ މިއަދުގެ ސެޝަންތަކުގައި އަސާސީ ގަވާއިދަށް އިސްލާހުތައް ހުށަހެޅުމާއި ބަހުސް ކުރުމާއި ވޯޓުލުން ކުރިއަށްދާނެ އެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ބަދަލުތަކަށެވެ. 

ފެކްޝަންތައް އުވާލަން

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕާޓީ ތެރޭގައި ރަސްމީކޮށް ފެކްޝަން އުފައްދައިގެން މަސައްކަތް ކުރުން ހުއްޓުވުމެވެ. ފެކްޝަންތަކުގެ ސަބަބުން ޕާޓީ ބައިބައިވެ، ހިންގުމަށް ހުރަސްއެޅި، ޕާޓީ ބިކަވަމުންދާ ކަމަށް މި އިސްލާހުތަކުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ވޭތުވެދިޔަ 21 އަހަރުގެ ތަޖުރިބާއަށް ބަލައި، ޕާޓީގެ ގޮފިތައް އުވާލުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެއީ ގޮފިތަކަކީ ހަމައެކަނި ކޮންގްރެސްއަށް މީހުން ހޮވަން ބޭނުންކުރާ ވަސީލަތަކަށް ވެފައިވާތީ އެވެ.

އިންތިހާބަކާ ނުލައި ގައުމީ މަޖިލީހުގެ ގޮނޑިއެއް ނުލިބޭ ގޮތް ހެދުން 

ޕާޓީގެ އެންމެ މަތީ ގޯތި ކަމަށްވާ ގައުމީ މަޖިލީހުގެ އިންތިހާބީ ސިފަ ވަރުގަދަކުރުމަށް ވެސް މުހިންމު ބަދަލުތަކެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އިންތިހާބަކާ ނުލައި ގައުމީ މަޖިލީހަށް މީހުން އައްޔަންކުރާ އުސޫލު އުވާލުމަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ޗެއާޕާސަންގެ ނާއިބުންނާއި ވަޒީރުން ފަދަ މަގާމުތައް ހިމެނެ އެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރުންނަކީ ޕާޓީގެ އޮފީހުން މުސާރަ ނުވަތަ އިނާޔަތް ލިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ. މިއީ އެ މެންބަރުންގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވޭ ކަމެކެވެ.

އިންތިހާބުތައް އިންސާފުވެރި ކުރުން 

އިންތިހާބުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ އިންތިހާބެއް އިއުލާނުކުރުމުގެ 10 ދުވަސް ކުރިން ގައުމީ މަޖިލީހުން "ހާއްސަ އިންތިހާބީ ކޮމިޓީ" އެއް އެކުލަވާލަން ޖެހޭނެ އެވެ. މި ކޮމިޓީގެ ދައުރަކީ އިންތިހާބުގެ ކަންކަން ބެލެހެއްޓުމެވެ. އަދި ކޮންގްރެސްގައި ބައިވެރިވާ މެންބަރުންގެ ފުރިހަމަ މައުލޫމާތު، ކޮންގްރެސް ބޭއްވުމުގެ 10 ދުވަސް ކުރިން ޕާޓީގެ ވެބްސައިޓުގައި ޝާއިއުކުރަން ޖެހޭ ގޮތަށް ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ޕާޓީގެ މާލިއްޔަތު 

މާލީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ކޮންމެ ގައުމީ އިންތިހާބެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ އިންތިހާބަކަށް ހިނގި ހަރަދުގެ ރިޕޯޓު ގައުމީ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ޕާޓީގެ މުސާރައިގެ އޮނިގަނޑު ކޮންމެ އަހަރެއްގެ ނޮވެމްބަރު 30 ގެ ކުރިން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ އެވެ. ޕާޓީގެ ގާނޫނީ ކަންކަމުގައި ލަފާދޭ އެންމެ އިސް ފަރާތަކަށް ފަސް އަހަރުގެ ދައުރަކަށް ލީގަލް ޑައިރެކްޓަރަކު އައްޔަންކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox