ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީން ބަޔަކު ވަކިކުރިކަމަށް ކުރި ތުހުމަތާ ހެދި: ނާޒިލް

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް: އޭނާ ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ތިން އިސްލާހެއް ހުށަހަޅުއްވާފައި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް: އޭނާ ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ތިން އިސްލާހެއް ހުށަހަޅުއްވާފައި -- ފޮޓޯ: އަދަދު ފައިލް

ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ރިޔާސީ ޕްރައިމަރީއާ ގާތްވެފައިވަނިކޮށް އެ ޕާޓީން ބަޔަކު ވަކިކުރިކަމަށް ކުރި ތުހުމަތު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ އެފަދަ ކަންކަން ދިމާވަނީ، ޕާޓީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ކަން ކުރާންޖެހޭ އުސޫލު ލިޔެވިފައި ނެތުމުން ކަމަށެވެ.

"2023 ވަނަ އަހަރު އަޅުގަނޑުމެންނަށް ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ވަރަށް ބޮޑު އިލްޒާމެއް، ބަދުނާމެއް ނޫނިއްޔާމުން ވައްކަމެއް އަޅުވާލެވުނު އޭރުގެ ޗެއާޕާސަންގެ ބޮލުގައި. ގާތްގަނޑަކަށް 29،000 މެންބަރުން ވަކިކުރި ވާހަކަ ވޯޓާދިމާކޮށް،" ނާޒިލް ވިދާޅުވި އެވެ.

Advertisement

"އެ ވާހަކަ އެއީ ހަގީގަތުގައި އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބުކަމަށް އަޅުގަނޑު ދަންނަވަނީ ވެސް ހަމަ ކެރި ހުރެ."

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ނާޒިލް ވަނީ އަސާސީ ގަވާއިދަށް ތިން އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓު ލެވޭނީ އެ އިންތިހާބެއް ބާއްވާ ތާރީހުގެ ތިން މަސްދުވަސް ކުރިން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށާއި ކޮންމެ އިންތިހާބެއް ވެސް ބޭއްވުމުގެ ހަތަރު މަސްދުވަސް ކުރިން އިންތިހާބު އިއުލާނު ކުރަން އޭނާ ހުށަހަޅުއްވާފައިވެ އެވެ.

ނަމަވެސް، ދެން އެންމެ އަވަހަށް އޮންނަ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭނެގޮތަށް ވެސް މާއްދާއެއް ނާޒިލް ހުށަހަޅުއްވާފައިވެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ގައުމީ މަޖިލީހުގެ އުމުރު މިހާރު ވެސް ހަމަވެފައިވުމެވެ. އެހެންކަމުން، ވީހައިވެސް އަވަހަކަށް އައު ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލްގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ސަމީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox